Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާގެ ސަރުކާރުން ވައްޓާލަން ޓްރަމްޕް މަސައްކަތް ކުރައްވާ ކަަމަށް، އެ ޤައުމުގެ އެޓާނީ ވިދާޅުވެއްޖެ

ވެނެޒުއެލާ ގެ އެޓާނީ ޖެނަރަލް ސާބް ވިދާޅުވީ ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ އިން މަސައްކަތް ކުރާ ކަމީ، މިހާރު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

ވެނެޒުއެލާގެ ވެރިކަން ބަދަލުކުރުމަކީ އެ ޤައުމުގެ ރަނާއި ތެޔޮ ފަދަ ޤުދުރަތީ ވަސީލަތްތައް އަތުލުމަށް ކުރެވޭ މަސައްކަތެއްކަމަށް ވެނެޒުއެލާގެ އެޓާރނީ ޖެނެރަލް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 08:13
ވެނެޒެއެލާގެ އެޓާނީ ޖެނަރަލް ޓަރެކް ވިލިއަމް ސާބް

ވެނެޒެއެލާގެ އެޓާނީ ޖެނަރަލް ޓަރެކް ވިލިއަމް ސާބް

ވެނެޒުއެލާ ގެ ސަރުކާރު ވައްޓާލައި، ވެނެޒުއެލާ އަކީ އެމެރިކާގެ އަޅުވެތި ކަމުގެ ދަށުގައި އޮންނަ ޤައުމަކަށް ހެދުމަށް އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވާ ކަމަށް، ވެނެޒެއެލާ ގެ އެޓާނީ ޖެނަރަލް ޓަރެކް ވިލިއަމް ސާބް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ބީބީސީގެ "ނިއުސްއަވާ" އަށް ދެއްވި ޚާއްސަ އިންޓަވިޔު ގައި ސާބް ވިދާޅުވެފައި ވަނީ، ވެނެޒުއެލާ ގެ ވެރިކަން ބަދަލު ކުރުމަށް ގޮވާލުމަކީ، އެ ޤައުމުގެ ރަނާއި، ތެޔޮ ފަދަ ޤުދުރަތީ ވަސީލަތްތައް އަތުލުމަށް ކުރެވޭ މަސައްކަތެއް ކަަމަށެވެ.

ވެނެޒުއެލާގެ އެޓާނީ ޖެނަރަލް ސާބް އަކީ، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް ހުންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ އިން މަސައްކަތް ކުރާ ކަމީ، މިހާރު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއީ މީގެ ކުރިން ނާކާމިޔާބު ވެފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ވެނެޒުއެލާ ގެ ރައީސް ކަމުގެ މަޤާމަށް މަދޫރޯ ވަޑައިގެންނެވީ 2024 ވަނަ އަހަރު އޮތް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް އެއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ބުނެ، އެމެރިކާ އާއި ބައެއް އެހެން ޤައުމު ތަކުން މަދޫރޯ އަކީ ވެނެޒުއެލާ ގެ ޝަރުއީ ވެރިއެއް ގެ ގޮތުގައި ބަލައެއް ނުގަނެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާާ އިން މަސްތުވާ ތަކެއްޗާ ދެކޮޅު ހަނގުރާމައިގެ ތެރެއިން، ދެކުނު އެމެރިކާ ގެ ކަނޑު ސަރަހައްދުގައި މަސްތުވާ ތަކެތި އުފުލާ ކަމަށް ބެލެވޭ އުޅަނދު ތަކަށް ދެވުނު ހަމަލާގައި 43 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ވެނެޒުއެލާ ގެ ސަރުކާރުން ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގައި އެމެރިކާގެ ހަނގުރާމަ އުޅަނދު، ޔޫއެސްއެސް ގްރޭވްލީ ބޭއްްވުމާ ގުޅިގެން، އެއީ ސީއައިއޭ އާ ގުޅިގެން ޓްރިނިޑާޑް އެންޑް ޓޮބޭގޯ އިން ކުރާ އަސްކަރީ ޕްރޮވޮކޭޝަނެއް ކަމަށް ބުނެ، އެކަން ކުށްވެރި ކޮށްފަ އެވެ.

މީގެ އިތުރުން ވެނެޒުއެލާ އިން ބުނެފައި ވަނީ އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ އޮން ސީދާ މަޢުލޫމާތު ލިބިގެން އުޅޭ ކުލީ ސިފައިން ގެ ގްރޫޕެއް ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި ވެނެޒުއެލާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާ ދެމެދުގެ ކަނޑު ސަރަޙައްދުގައި "ފޯލްސް ފްލޭގް" ހަމަލާ އެއް ރޭވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: ބީބީސީ

އެމެރިކާ-ވެނެޒުއެލާޑޮނަލްޑް ޓްރަމްޕްޓަރެކް ވިލިއަމް ސާބްމަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު