Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވެފައި ވަނީ އެ މަސައްކަތުގައި ބައިވެރިވުމަށް ގިނަ ޤައުމު ތަކަކުން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށާއި، ޤާނޫނީ ގޮތުން ބައެއް ކަންކަން ކުރަން ހުރި ކަމަށެވެ. އެހެން ކަމުން، އެކަމުގައި އދ ގެ ޤަރާރެއް ނުވަތަ ބައިނަލްއަޤުވާމީ އެއްބަސްވުމެއް ވަރަށް މުހިންމުވާ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލާއި ޤަތަރު ދެމެދު ދަތުރުކުރައްވަމުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރުބިއޯ ވިދާޅުވީ، ބައިނަލްއަގުވާމީ އެއްބަސްވުމެއް މުހިންމުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 05:15
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ކާރު ކޮޅުން ފައިބައި ވަޑައިގަންނަވަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ކާރު ކޮޅުން ފައިބައި ވަޑައިގަންނަވަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ރޫބިއޯ ވިދާޅުވެފައި ވަނީ ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމަށް އދ ގެ ޤަރާރެއް ނުވަތަ ބައިނަލްއަޤުވާމީ އެއްބަސްވުމަކާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާ ކުރުންތައް ޤަތަރުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވެފައި ވަނީ އެ މަސައްކަތުގައި ބައިވެރިވުމަށް ގިނަ ޤައުމު ތަކަކުން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށާއި، ޤާނޫނީ ގޮތުން ބައެއް ކަންކަން ކުރަން ހުރި ކަމަށެވެ. އެހެން ކަމުން، އެކަމުގައި އދ ގެ ޤަރާރެއް ނުވަތަ ބައިނަލްއަޤުވާމީ އެއްބަސްވުމެއް ވަރަށް މުހިންމުވާ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް އޭނާ ވިދާޅުވީ އެކަމުގައި ގިނަ މަސައްކަތް ތަކެއް ކުރެވެމުން އަންނަ ކަމަށާއި، މާލީ ގޮތުން އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުން ވެސް ގިނަ ޤައުމުތަކުން ޝައުޤުވެރިކަން ފާޅު ކޮށްފައިވާއިރު، އެފަދަ އެއްބަސްވުމެއް އޮތުން މުހިންމުވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ރޫބިއޯ ވިދާޅުވީ، މިހާރު ވެސް އެކަމުގައި އެމެރިކާގެ ޓީމު ތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިވަގުތު ކުރަމުން އަންނަނީ އަސާސްތައް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭންގެ ދަށުން ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކޮށްފައިވާއިރު، އެމެރިކާ އިން ވަނީ އެއްބަސްވުން ދެމި އޮތް ކަމަށް ހާމަ ކޮށްފަ އެވެ. އަދި ދެ ފަރާތުން ވެސް އެއްބަސްވުމަަށް ފުރިހަމަ އަށް އަމަލު ކުރަމުން ގެންދޭތޯ ޔަގީން ކުރާނެ ކަމަށް ވެސް އެމެރިކާ އިން ވަނީ ހާމަ ކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން ނިންމާފައި ވަނީ، ޣައްޒާގައި ސުލްޙަވެރިކަން ޤާއިމު ކުރުމަށް ބައިނަލްއަޤުވާމީ ބާރެއް ޤާއިމި ކުރުމަށެވެ. އެކަމުގައި ޢަރަބި ޤައުމު ތަކުން މާލީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމެރިކާ އިން ބޭނުންވެ އެވެ. ނަމަވެސް، އެ މަސައްކަތުގައި ތުރުކީގެ ސިފައިން ބައިވެރި ކުރުމަށް އިސްރާއީލް އިން ވަނީ އިންކާރު ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

މާކޯ ރޫބިއޯ އިސްރާއީލް-ހަމާސްއދޣައްޒާ ހަނގުރާމަޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު