Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލައިފް ފެން ފެކްޓްރީ

ލައިފް ފެން އުފައްދާ ފެކްޓްރީގައި ބިދޭސީއަކު މަރުވި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ފުރަތަމަ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 08:49
ލައިފް ފެން އުފައްދާ ފެކްޓްރީ ހުންނަ ހިންމަފުށި

ލައިފް ފެން އުފައްދާ ފެކްޓްރީ ހުންނަ ހިންމަފުށި

ކ. ހިންމަފުށީ ގައި ހުންނަ ލައިފް ފެން އުފައްދާ ފެކްޓްރީގައި ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ލައިފް ފެން އުފައްދާ ފެކްޓްރީ ގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވީ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އޯގަސްޓް 22 ވަނަ ދުވަހު ހިންމަފުށިން މީހަކު ހައްޔަރު ކޮށްފަ އެވެ.

އެ މީހާއަކީ ފެން ޕްލާންޓުގެ މެނޭޖަރާ ގާތްގުޅުމެއް އޮންނަ މީހެއް ކަމަށާއި އަދި އޭނާ އަކީ ކުރިން ފުލުހުންގެ ވަޒީފާ ވެސް އަދާކުރި މީހެއް ކަމަށް އެ ރަށުން މައުލޫމާތު ލިބެ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ދެވަނަ މީހަކު ހައްޔަރުކޮށްފައިވަނީ އޯގަސްޓް 30 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 12 ދުވަސް ވަނީ ޖަހާފަ އެވެ.

މުވައްޒަފަކު މަރުވި މައްސަލައާ ގުޅިގެން ލައިފް ކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ އެއީ ކުއްލި މަރަކަށް ވުމުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދުނީ ކުންފުނިން ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ މީހާގެ ހަށިގަނޑު ފުރަތަމަ ގެންދެވުނީ ހިންމަފުށީ ސިއްހީ މަރުކަޒަށް ކަމަށާއި އޭގެ ފަހުން މާލެ ގެނެސް އައިޖީއެމްއެޗާއި އޭޑީކޭއަށް ގެންގޮސް ޓެސްޓްތައް ހެދި ކަމަށެވެ. ހޮސްޕިޓާތަކާ ހަވާލާދީ އޭނާ ވިދާޅުވީ ބިދޭސީ މުވައްޒަފު މަރުވީ ހިތްހުއްޓިގެން ކަމަށެވެ.

އިހުސާން ވިދާޅުވީ އެ މީހާގެ ހަށިގަނޑުން ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު