Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

ޖޭއެސްސީ އިން ގާޒީ ފާއިޒް ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 05:31
ޖުޑީޝަލް ސާވިސް އިން ސަސްޕެންޑް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު

ޖުޑީޝަލް ސާވިސް އިން ސަސްޕެންޑް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފި އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ފާއިޒް ސަސްޕެންޑް ކުރީ ބުދަ ދުވަހުގައި އެވެ.

ބުދަ ދުވަހު ފާއިޒް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ ސަސްޕެންޑް ކުރީ ކޮން ސަބަބަކާއި ހުރެކަމެއް އަދި ސާފެއް ނުވެއެވެ. ސަސްޕެންޝަނަށް ކުރި ސަބަބާ މެދު ޖޭއެސްސީން މިހާތަނަށް އަދި އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކޮށްފައިވާކަން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީ އަށް ވަނީ ކަށަވަރުކޮށްދީފައި އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުން ފާއިޒް ސަސްޕެންޑް ކުރީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވުނު ސ. ހިތަދޫ، ކޯޒީކޯނަރ، އަލީ އަންވަރު މުހައްމަދު (41) ބަންދުން ދޫކޮށްލުމަށް އަމުރުނެރުނު މައްސަލާގައި އެވެ. އެހެން ނަމަވެސް ޖޭއެސްސީން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައި ވަނިކޮށް ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލައިފައި ވަނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގަ އެވެ. އޭނާ ދޫކޮށްލަން އަމުރު ނެރުނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް އެވެ.

އަންވަރު ދޫކޮށްލުމަށްފަހު ސްރީލަންކާއަށް ފުރައިގެން ދިޔަ ނަމަވެސް، އެ ގައުމުން އޭނާ ޑީޕޯޓްކޮށްލުމާ ގުޅިގެން ރާއްޖެ އައުމުން، އިތުރު ކޯޓު އަމުރަކާ ގުޅިގެން އަލުން ވަނީ ހައްޔަރުކޮށްފައެވެ.

ގާޒީ ފާއިޒް މިވަގުތު ބައްލަވަމުން ގެންދަވާ އެހެން މުހިންމު މައްސަލަތަކުގެ ތެރޭގައި، އައިޖީއެމްއެޗްގެ ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތުކުރެވޭ ހަލީމަތު ލަމްހާގެ މައްސަލަ ހިމެނެއެވެ.

މިއީ ގާޒީ ފާއިޒް ސަސްޕެންޑް ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ފާއިޒް ސަސްޕެންޑް ކުރިއެވެ.

އޭރު އޭނާ ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ފަނޑިޔާރުން "ރަހީނު" ކުރެވުނު ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކުރެވުނު ނަމަވެސް، މަހެއްހާ ދުވަސް ފަހުން ޖޭއެސްސީން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ގާޒީ ފާއިޒްގެ މި ސަސްޕެންޝަނާ ގުޅޭ އިތުރު ތަފްސީލުތައް ލިބުމުން އާންމުކުރެވޭނެ ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއެވެ.

ގާޒީ ފާއިޒްކްރިމިނަލް ކޯޓްޖުޑީޝަލް ސަރވިސް ކޮމިޝަންމަސްތުވާތަކެތީގެ މައްސަލަ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު