Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޕުޓިންއާ އެކު ބޭކާރު ބައްދަލުވުމެއް ބާއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ދެ ވަނަ ސަމިޓު ޓްރަމްޕް ކެންސަލް ކުރައްވައިފި

ޓްރަމްޕް އާއި ޕުޓިން އަވަސް މުސްތަޤުބަލެއްގައި ބައްދަލު ނުކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ޓްރަމްޕް ވިދާޅުވީ، ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގައި ބޭއްވުމަށް ރޭވިފައިވާ ބައްދަލުވުން މިވަގުތަށް ފަސް ކުރެވިފައިވާ ކަމަށެވެ. އަދި އެއީ ބޭކާރު ބައްދަލުވުމެއް ބާއްވަން ބޭނުންފުޅު ނުވާތީ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ރަޝިޔާގެ ރައީސް ޕިއުޓިންއާއެކު ބުޑަޕެސްޓްގައި ބޭއްވުމަށް ރޭވިފައިވާ ބައްދަލުވުން މިވަގުތަށް ފަސްކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 05:15
އެމެރިކާގެ ރައީސް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް، އެލަސްކާގައި ބޭއްވި ސަމިޓުގެ ތެރެއިން

އެމެރިކާގެ ރައީސް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް، އެލަސްކާގައި ބޭއްވި ސަމިޓުގެ ތެރެއިން

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ އެކު، ބޭކާރު ބައްދަލުވުމެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އާއި ޕުޓިން އަވަސް މުސްތަޤުބަލެއްގައި ބައްދަލު ނުކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ޓްރަމްޕް ވިދާޅުވީ، ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގައި ބޭއްވުމަށް ރޭވިފައިވާ ބައްދަލުވުން މިވަގުތަށް ފަސް ކުރެވިފައިވާ ކަމަށެވެ. އަދި އެއީ ބޭކާރު ބައްދަލުވުމެއް ބާއްވަން ބޭނުންފުޅު ނުވާތީ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ޕުޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ވަނީ، ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުމަށް ތައްޔާރުވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ފަސްކޮށްފައިވާ ކަމަށް ވިދާޅުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ، ރަޝިޔާ އިން އެދިފައިވާ ގޮތަށް ޔުކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމަށް ވެސް ޒެލެންސްކީ އަށް ބާރު އަޅުއްވައިފަ އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު އިނގޭ މަސްދަރު ތަކުން އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރަޝިޔާއާ އެކު އެއްބަސްވުމަކަށް ނުގޮސްފި ނަމަ، ގަދަ އަލިފާނުގައި ޔުކްރެއިން ހަލާކު ވެގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ޒެލެންސްކީ އަށް ދަންނަވައިފަ އެވެ. ނަމަވެސް، ޔުކްރެއިން އިން އޮތީ އެ ޤައުމުގެ ބިމުން ބައެއް ދޫކޮށްލަން ތައްޔާރަށް ނޫނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަނގުރާމައިގެ ރޮނގުން ގިނަ ކަންތައްތަކެއް ވަމުން އަންނަ ކަމަަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި، މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ އޯގަސްޓު މަހު ވަނީ ޓްރަމްޕް އާއި ޕުޓިންގެ ސަމިޓުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފަ އެވެ. އެ ސަމިޓު ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާާގެ އެލަސްކާގަ އެވެ. އެއީ 2022 ވަނަ އަހަރު ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުންް، ޕުޓިން އެ ފަދަ ޒިޔާރަތެއް ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ސަމިޓުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވުނު ނަމަވެސް، އެ ފަދަ އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ.

ދެ ވަނަ ސަމިޓެއް ބާއްވާ ވާހަކަ ދެކެވުމާ އެކު، ޕުޓިން ވަނީ ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯބަންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާ ތަކުގައި، ސަމިޓު ބާއްވަން ހަންގޭރީ އިން ތައްޔާރަށް އޮތް ކަމަށް އޯބަން ވިދާޅުވެފައިވާ ކަމަށް، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވަނީ ހާމަކޮށްފަ އެވެ.

ނަަމަވެސް، އޭރު ކްރެމްލިން އިން ވެސް ބުނެފައި ވަނީ ދެ ވަނަ ސަމިޓެއް ބޭއްވުމުގެ ކުރިން ބައެއް އެހެން ކަހަލަ ކަންކަން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އެގޮތުން މަޝްވަރާ ތަކުގައި ވާހަކަ ދައްކާނެ ޓީމެއް ކަނޑައެޅުމާ އެކު، ފަހަރަކު ކަމެއް ހަމަޖައްސަން ޖެހޭ ކަމަށް ކްރެމްލިން އިން ހާމަ ކޮށްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ޓްރަމްޕް-ޕުޓިންވްލަޑިމިއަރ ޕުޓިންޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު