Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް އާއި ޕުޓިން، އަވަސް މުސްތަޤުބަލެއްގައި ބައްދަލު ނުކުރައްވާނެ ކަމަށް އިސް އޮފިޝަލަކު ބުނެފި

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ބާއްވާނެ ސީދާ ވަކި ތާރީޚެއް މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކްރެމްލިން އިން އިތުރު އެއްޗެއް ބުނެފައި ނުވެ އެވެ.

ޓްރަމްޕް އަދި ޕިއުޓިން އާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާކަން ކްރެމްލިންއިން ބުނެފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 07:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ބައްދަލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވީ ނަމަވެސް، އަވަސް މުސްތަޤުބަލެއްގައި އެފަދަ ބައްދަލުވުމެއް ނޯންނާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނެފި އެވެ.

ޓްރަމްޕް އިއުލާން ކުރައްވާފައި ވަނީ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕުޓިންއާ އެކު ދެ ވަނަ ސަމިޓެއް އޮންނާނެ ކަަމަށެވެ. އެ ފަދަ ސަމިޓަކަށް ޕުޓިން ވެސް ހުންނެވީ ތައްޔާރަށް ކަމަށް ރަޝިޔާ އިން ވެސް އޮތީ ހާމަ ކޮށްފަ އެވެ. ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި އޮތީ، ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގަ އެވެ.

ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓުގެ ބައްދަލުވުމާ ގުޅޭ ގޮތުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވަނީ ހޯމަ ދުވަހު މަޝްވަރާ ކުރައްވައިފަ އެވެ. ފޯނުން ގުޅުއްވައިގެން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ދެ ވަނަ ސަމިޓުގެ ކުރިން ބައެއް ކަންކަން ފަހި ކުރުމަށެވެ.

އެހެން ނަމަވެސް، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، މިވަގުތު އެ ފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޓްރަމްޕް އާއި ޕުޓިން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބައްދަލު ނުކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ ފަހުން، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ބާއްވާނެ ސީދާ ވަކި ތާރީޚެއް މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކްރެމްލިން އިން އިތުރު އެއްޗެއް ބުނެފައި ނުވެ އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޓްރަމްޕް އާއި ޕުޓިން ވަނީ ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ އެއް ދުވަސް ފަހުން، ހުކުރު ދުވަހު ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ވަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މިއަހަރުގެ އޯގަސްޓު މަހު ވަނީ ޓްރަމްޕް އާއި ޕުޓިންގެ ސަމިޓުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފަ އެވެ. އެ ސަމިޓު ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާާގެ އެލަސްކާގަ އެވެ. އެއީ 2022 ވަނަ އަހަރު ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުންް، ޕުޓިން އެ ފަދަ ޒިޔާރަތެއް ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ސަމިޓުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވުނު ނަމަވެސް، އެ ފަދަ އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ.

ޓްރަމްޕް އާއި ޕުޓިން އަކީ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ރައީސުންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ، އޭނާ އާއި ޕުޓިންއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމާ އެކު، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް، ދޭތެރެއިން ޓްރަމްޕް ގެންދަވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ވެސް ދައްކަވަމުންނެވެ. ޚާއްސަކޮށް ހަނގުރާމަ ހުއްޓާލުމަށް ޕުޓިން އެއްބަސްވެ ވަޑައި ނުގަންނަވާތީ، ޓްރަމްޕް ވަނީ އެކި ފަހަރު މަތިން ޕުޓިން އަށް ރުޅިވެރިކަން ރައްދު ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ގެންދަވަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންޔޫއެސް-ރަޝިޔާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު