Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ މަޝްރޫއު

ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ މަޝްރޫއު އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމާނަން: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2025 | ހުކުރު 07:08

ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރިއަށް އޮތް 6 މަސްދުވަހުން ނިންމައި، މަގުހެދުމުގެ މަސައްކަތް ފަށާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2025 | ހުކުރު 07:08
ތ.ދިޔަމިގިލި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތ.ދިޔަމިގިލި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ ގާއިމުކުރުމުގެ މަޝްރޫއު އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މިޔަގީންކަން ދެއްވީ، ބުރާސްފަތި ދުވަހުގެ ހަވީރު ތ. ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރަށުގެ އާންމު އުމްރާނީ ތަރައްގީއަށް ކުރަންހުރި މަސައްކަތްތައް ނިންމަވައި، ރައްޔިތުންނަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އެގޮތުން ދިޔަމިގިލީގެ ތަރައްގީއަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ މުހިންމު 3 މަޝްރޫއު ކުރިއަށްގެންދަވާނެ ގޮތުގެ ބައެއް ތަފްސީލުތައް، ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ދިޔަމިގިލި - މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ ގާއިމުކުރުމުގެ މަޝްރޫއެވެ. އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ، މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެކަމަކަށް ވާނެ ކަމުގައި ފާހަގަކުރައްވާފައެވެ.

އިރާދަކުރެއްވީތީ މިއަދު މި ފެށިގެންދަނީ މި ރަށުގެ ތަރައްޤީގެ އެންމެ މުހިންމު މަސައްކަތްތައް. ރައްޔިތުން އަޅުގަނޑު ގާތު އިންތިޚާބުގެ ތެރޭގައި އަދި ފަހުންވެސް ވިދާޅުވެދެއްވި އެންމެ މުހިންމު ކަންކަން، އަޅުގަނޑު ވަޢުދުވީ މަސައްކަތްތައް ފެށުމުގެ އެއްބަސްވުންތަކުގައި މިއަދު މި ސޮއިކުރެވުނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސޮއިކުރި ކޯޒްވޭގެ މަޝްރޫއު، މި ސޮއިކުރެވިގެންދިޔަ ގޮތަށް، އާދެ، މި ރަށުން ގޮސް މަޑިފުށިން، މަޑިފުށިން އުފުރިޔާއާ ހަމަޔަށް މި ގުޅިގެންދާ ހުރިހާ ރަށެއް ގުޅޭގޮތަށް މި ހެދޭ ކޯޒްވޭގެ މަސައްކަތް ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި، ދޮޅުއަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން. އިރާދަކުރެއްވިއްޔާ އެއްފަސްވެގެން، ގުޅިގެންދިޔުމުން، މި ގުޅޭ ރަށްތަކަށް، ހަމަ މަޑިފުށްޓަށާއި ދިޔަމިގިއްޔަށް މި ލިބިގެންދަނީ ވަރަށްބޮޑު ކުރިއެރުމެއް. ޢުމްރާނީ، އިޤްތިޞާދީ، އިޖުތިމާޢީ ގޮތުން ކުރިއަރައިގެން ދިޔުމުގައި އެޅިގެންދާ ވަރަށް މުހިންމު ފާލަމެއް. ހުޅުވިގެންދާ ވަރަށްބޮޑު ދޮރެއް. އަޅުގަނޑު ޔަޤީންކުރަނީ އިރާދަކުރެއްވިއްޔާ މިއަދު މި ފެށޭ މަޝްރޫއު، މިއަދު މި ސޮއިކުރެވުނު މަޝްރޫއުނިމިގެންދާއިރުގައި، މި ދެންނެވި ގޮތަށް މި ހުރިހާ ރައްޔިތުންނަށް މީގެ އުފާފާގަތިކަން ލިބިގެންދާނެ ކަމަށް.
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރަށުގައި މިވަގުތު ނުނިމިއޮތް ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިމިގެންދާއިރު، މަގުހެދުމުގެ މަސައްކަތްވެސް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީވެސް ރަށުގެ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭނެ މަޝްރޫއަކަށް ވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ދިޔަމިގިލީ ސްކޫލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތެވެ. ހުއްޓިފައި އޮތް މިމަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާ، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، އިމާރާތުގެ ބޭނުން ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން، މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް އެކި ދާއިރާތަކުން ރަށަށް ތަރައްގީ ގެނެސްދެއްވާނެކަމުގެ އުންމީދީ ވާހަކަތައް، އެމަނިކުފާނު ވަނީ ދިޔަމިގިލީގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށްގިރުމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވައި، ރައްޔިތުންނަށް މިހާރު ހުރި އުނދަގޫތަކަށް ލުއި ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް 24 ގަޑިއިރު ދިނުމަށް ބޭނުންވާ އުމްރާނީ-އިންސާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް، މިއަހަރު ފައްޓަވައިގެން، 2026 ވަނަ އަހަރުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާގެ ތަރައްގީއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސް ވަނީ ރަށުގެ ކުޅިވަރު ދަނޑުތައް ތަރައްގީކޮށްދެއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމުކޮށްދެއްވައި، އަދި ވޮލީކޯޓެއްވެސް ތަރައްގީކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ރަށުގައި ފުލުހުންގެ ޚިދުމަތް އަޕްގްރޭޑް ކުރެވިގެންދިޔަކަން ފާހަގަކުރައްވައި، ފުލުހުންގެ އަމިއްލަ އިމާރާތެއް ރަށުގައި ތަރައްގީކުރެވިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ފަޔަރ ސްޓޭޝަނެއްވެސް ރަށުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކައުންސިލް އިމާރާތް ތަރައްގީކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިޔަމިގިލީގެ ރައްޔިތުންނަށް ތަރައްގީ މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއިރު، 6 ފެބުރުވަރީ 2024 ގައި ވެސް އެރަށަށް ވަޑައިގަންނަވައި، ދިޔަމިގިލީގެ ތަރައްގީއަށް ރާވާފައިހުރި ހުރިހާ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުއްޓިފައިހުރި ހުރިހާ މަޝްރޫއެއްވެސް މި ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެއެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އެރަށަށް ކުރެއްވި ދަތުރުފުޅުގައި ބައެއް މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އެރަށުގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.

ރައީސް މުއިއްޒުދިޔަމިގިލިމަޑިފުށިއުފުރިޔާދިޔަމިގިލި-މަޑިފުށި-އުފުރިޔާ ކޯޒްވޭއުމްރާނީ ތަރައްގީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް