Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތ.ތިމަރަފުށީގެ ތަރައްގީ

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

ލެވަލް 4 ގެ ސިއްހީ މަރުކަޒަކަށް ތިމަރަފުށީ ސިއްހީ މަރުކަޒު 3 މަސްދުވަހުގެ ތެރޭގައި ބަދަލުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:27
ތ.ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތ.ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތ. ތިމަރަފުށީގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ފުރިހަމަ ހޮސްޕިޓަލެއް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މިޔަގީންކަން ދެއްވީ ހުކުރު ދުވަހު ތިމަރަފުއްޓަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ތިމަރަފުށީގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހޮސްޕިޓަލެއް، ބާރު ދުވެލީގައި ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، ރަށުގެ ސިއްހީ ނިޒާމަށް ތަރައްގީ ބޭނުންވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުތަކުގެ އެންމެ މަތީ ފެންވަރުކަމުގައިވާ ލެވަލް 4 ގެ ސިއްހީ މަރުކަޒަކަށް ތިމަރަފުށީ ސިއްހީ މރުކަޒު ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް، 3 މަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ.

ތިމަރަފުށީގެ އާންމު އުމްރާނީ ތަރައްގީގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ތެރެއިން ބަނދަރު ބޮޑުކުރެވިގެންދާނެ ކަމަށާ، މިކަމުގެ ސަބަބުން އެތައް ކަމަކަށް ކުރިއެރުން ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ. އަދި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު ނިމިގެންދިއުމުން ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ތިމަރަފުށީގައި މަސައްކަތްތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ނިމިފައިވާ ހައުސިންގް ޔުނިޓްތަކަށް ފެނާއި، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދާދި އަވަހަށް ކުރިއަށްގެންގޮސް ނިންމަވައިދެއްވައި، އަންނަ ރަމަޟާން މަހުގެ ކުރިން އެ ޔުނިޓްތަކަށް ވަދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ތަރައްގީކުރައްވާ ހައުސިންގް ޔުނިޓްތަކަށް ދައްކަންޖެހޭ ކުލީގެ އަގު ހެޔޮކޮށްދެއްވާފައިވާއިރު، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރު، 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އިތުރު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

ހަމަމިއާއެކު ކުޅިވަރުގެ ދާއިރާއިންވެސް ތިމަރަފުއްޓަށް ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން ފުޓުބޯޅަ ދަނޑު ތަރައްގީކޮށްދެއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ ހެދުމަށް ހަމަޖެހިފައިވާ ބަޖެޓުގެ ތެރެއިން، ރަށުގައި މިހާރު ހުރި ޒުވާނުންގެ މަރުކަޒު ތަރައްގީކޮށްދެއްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރަށުގެ ތަރައްގީއަށްޓަކައި އަދިވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާ، އެގޮތުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު، އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި ހަމަޖެހިގެންދާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ކުނިމެނޭޖު ކުރުމުގެ މަސައްކަތް، ވެމްކޯއާ ހަވާލުކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމަރަފުށީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، 7 ފެބްރުއަރީ 2024 ގައި ވެސް އެރަށަށް ވަޑައިގަންނަވައި، ހޮސްޕިޓަލްގެ މަޝްރޫއު އަވަސް ކޮށްދެއްވާނެ ކަމާއި، ނިމިފައިހުރި ހައުސިންގ ޔުނިޓްތައް ހުންނަ ސަރަހައްދުގައި އަސާސީ ޚިދުމަތް ލިބޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު މިމަސައްކަތްތައް ކުރެވިފައިނުވެއެވެ.

ރައީސް މުއިއްޒުތ. ތިމަރަފުށިތިމަރަފުށި ހޮސްޕިޓަލްބޯހިޔާވަހިކަންއުމްރާނީ ތަރައްގީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު