Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަތީ ހާދިސާ

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކަނޑު އަޑިން ނެގި ދެވަނަ މީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ މީހެއް އަދި ގެއްލިގެން ހޯދާ ތިންވަނަ މީހާއަކީ ސްރީ ލަންކާގެ ރައްޔިތެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 13:15
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ކޯސްޓް ގާޑު

ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ކޯސްޓް ގާޑު | ޕޮލިސް

މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނެގީ ކަނޑު އަޑިން ކަމަށެވެ.

Advertisement - newsAdvertisement

"ބަންޑުން ޖަހާލި އަލްމާކް-ފިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި،" އެމްއެންޑިއެފް އިން ބުންޏެވެ.

ޖުމުލަ ހަތް މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓިން ހަތަރު މީހުން ސަލާމަތްކޮށްފައި ވާއިރު، ތިން މީހުން ގެއްލިގެން ފުލުހުންނާއި ސިފައިން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ސިފައިން ވަނީ އޭގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ބުނެފައެވެ. ސިފައިން ބުނީ ފެނުނު މީހާއަކީ ގއ. ދާންދޫ، ސަރުސޫނުގެ، އުމުރުން 38 އަހަރުގެ އަހުމަދު ޝިފާނެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ. އެ މީހާ ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:04 ހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ވަނީ ބުނެފަ އެވެ.

ކަނޑު އަޑިން ނެގި ދެވަނަ މީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. ގެއްލިގެން ހޯދާ ތިންވަނަ މީހާއަކީ ސްރީ ލަންކާގެ ރައްޔިތެކެވެ.

މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މި ދުވަސްކޮޅު ރާއްޖޭގެ މޫސުން ވަރަށް ބޮަޑަށް ގޯސްވެ، ވިއްސާރަވެ، ކަނޑު ގަދަވެފައިވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އިރުޝާދު ދީފަ އެވެ

އަލްމާކް ފިޔައެމްއެންޑީއެފްކޯސްޓް ގާޑްމޫސުން ގޯސްވުންމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

09 މެއި 2026

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާ ދީފި

09 މެއި 2026
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާ ދީފި
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
08 މެއި 2026

ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުން އެއީ އެއީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު މައްސަލައެއް ދިމާވި ސަބަބު ތަރުޖަމާނަކަށް ވިދާޅެއް ނުވެވުނު

08 މެއި 2026
ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުން އެއީ އެއީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު މައްސަލައެއް ދިމާވި ސަބަބު ތަރުޖަމާނަކަށް ވިދާޅެއް ނުވެވުނު
07 މެއި 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ

07 މެއި 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ
06 މެއި 2026

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

06 މެއި 2026
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު