Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ޚިދުމަތް

ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ

އެތައް ބަޔަކު ބުނެފައިވަނީ މިއީ ތަފާތު ކުރުން އިންތިހާ އަށް ބޮޑު ސަރުކާރެއް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 07:59
ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި ހުރިހާ ޓެސްޓުތަކެއް ހެދޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ. ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިިޔަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ހަދައި ނިންމާނެ ކަމަށެވެ.

އެގޮތުން ނޫމަރާގެ ލެބޯޓަރީ އަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ފުރިހަމަ ކޮށްދެއްވާނެ ކަމަށާއި، ލެބޯޓަރީތަކުން އެ ރަށެއްގެ ފެންވަރުގައި ހެދޭ ހުރިހާ ޓެސްޓެއް މި އަންނަ އަހަރު ނިމުމުގެ ކުރިން ހެދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާތީ، ގިނަ ބަޔަކު ވަނީ ރަށު ފެންވަރާއި، މާލެ ފެންވަރު އޮޅުން ފިލުވައިދިނުމަށް އެދިފައެވެ.

އަދި ބައެއް މީހުން ވަނީ ރަށު ފެންވަރުގެ ޓެސްޓްތައް ހުންނަންޏާ ރަށުފެންވަރުގެ ބަލިތައް ވެސް ހުންނާނެ ކަމަށް ބުނެ ފާޑު ކިޔާފައެވެ.

ރަށު ފެންވަރުގައި ސިއްހީ ޚިދުމަތް ނުލިބޭ ކަމަށާއި، މިސަރުކާރުގައި މީގެ ކުރިން އާސަންދައިން ފަސޭހައިން ލިބުނު ބޭސް ވެސް ނުލިބޭ ކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކޮށްފައިވެއެވެ.

މީގެ އިތުރުން މިސަރުކާރަކީ ރައްޔިތުންގެ މެދުގައި ތަފާތުކުރުން އިންތިހާއަށް ގެންގުޅޭ ސަރުކާރެއް ކަމަށާއި، ރަށްރަށުގެ ކައުންސިލްތައް ނިކަމެތިކޮށް ރަށްރަށުގެ ތަރައްގީ އަށް ހުރަސްއަޅަމުންދާ ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެފައިވެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ނޫމަރާ ރައްޔިތުންނާ ބައްދަލުކުރެއްވުން
ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ނޫމަރާ ރައްޔިތުންނާ ބައްދަލުކުރެއްވުން

ގިނަ ބައެއްގެ ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުވެފައިވާއިރު، ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާ އަށް އެކަށައަޅުއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައި ވިދާޅުވެފައެވެ. އަދި މި ދެ ދާއިރާގެ ތަރައްގީ ކަށަވަރު ކުރެއްވުމަށް، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވާނޭ އައު މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނުއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާލެ އާއި، ސަރަހައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ޚިދުމަތް ފުޅާ ކުރެއްވުމަށް މަސައްކަތްތައް ކުރިއަށް ގެންދަވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިސަރުކާރުގައި ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާ އަށް އިސްކަން ދެއްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިސަރުކާރުގައި މިހާތަނަށް މިދެ ދާއިރާގެ ކުރިއެރުމަށް ބަދަލެއް ގެނެސްދެވިފައިނުވެއެވެ. ސިއްހީ ދާއިރާ އިންނާއި ތައުލީމީ ދާއިރާ އިން ކުރީ ސަރުކާރުން ފަށާފައި ގިނަ މަޝްރޫއުތައް ވެސް ހުރީ ހުއްޓިފައެވެ. ކުރިއަށް ދާ މަޝްރޫއުތައް ވެސް ދަނީ ވަރަށް މަޑުމަޑުންކަން ފާހަގަ ކުރެވެއެވެ.

ރައީސް މުއިއްޒުލެބޯޓްރީ ޚިދުމަތްސިއްހީ ދާއިރާތައުލީމީ ދާއިރާ2026 ބަޖެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު