Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަަ

ހަމާސް އިން އެއްބަސްވުމާ ޚިލާފު ވެއްޖެ ނަމަ، ހަނގުރާމަ ފެށުމަށް ހުއްދަ ދޭން ޓްރަމްޕް ވިސްނަވަނީ

ޓްރަމްޕް ވިދާޅުވީ، އޭނާ އަންގަވާ ގޮތަކަށް އިސްރާއީލް އިން އަމަލު ކުރާނެ ކަމަށެވެ. އަދި އިސްރާއީލް އަށް ހަމާސްގެ ހަތިޔާރުތައް ނައްތާލެވޭ ނަމަ، އިސްރާއީލް އިން އެކަން ކުރާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ހަމާސްއިން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރާނަމަ ގާޒާގައި ހަނގުރާމަ އަލުން ފެށުމަށް އިޒްރޭލަށް ހުއްދަ ދެއްވަފާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 08:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ، ހަމާސް ޖަމާއަތުން ޚިޔާފު ވާ ނަމަ، އަލުން ހަނގުރާމަ ފެށުމުގެ ހުއްދަ ދޭން ވިސްނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީއެންއެން އަށް ދެއްވި ފޯނު އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ހަމާސް އިން އަމަލު ނުކުރާ ނަމަ، ޣައްޒާގައި އަލުން ހަނގުރާމަ ފެށުމުގެ ހުއްދަ އިސްރާއީލްގެ ސިފައިންނަށް ދީފާނެ ކަމަށެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމުގައި ހަމާސް ޖަމާއަތުން ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށް ހިމަނާފައި ވީ ނަމަވެސް، ހަމާސް އިން ވަނީ އެކަމާ އިންކާރު ކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެކަމާ މެދު އޭނާ ވިސްނަވާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ އަންގަވާ ގޮތަކަށް އިސްރާއީލް އިން އަމަލު ކުރާނެ ކަމަށެވެ. އަދި އިސްރާއީލް އަށް ހަމާސްގެ ހަތިޔާރުތައް ނައްތާލެވޭ ނަމަ، އިސްރާއީލް އިން އެކަން ކުރާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އިސްރާއީލްގެ ސިފައިންނާއި، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ "ހިފަހައްޓަން ޖެހުނު" ކަމަށެވެ. އަދި ވިދާޅުވީ ނަތަންޔާހޫއާ ގުޅިގެން އޭނާ އެކަން ކޮށްފައި ވާނެ ކަމަށެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލް އިން އެއްބަސްވެފައި ވަނީ، އެކަމަށް ޓްރަމްޕް ވަރަށް ބޮޑަށް ބާރު އެޅުއްވުމުންނެވެ.

ޓްރަމްޕްގެ ފޯނު ކޯލާ ގުޅޭ ގޮތުން ސީއެންއެން އިން ބުނެފައި ވަނީ، އެ ކުރު ފޯނު ކޯލުގައި ހަމާސް ޖަމާއަތާ މެދު ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލު ވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ.

ބުދަ ދުވަހު ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ހުރިހާ ހަށިގަނޑެއް އިސްރާއީލްއާ ހަވާލުކޮށްފައިވަ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ހަމާސްޣައްޒާޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު