Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންނަށް މިކަމުގައި އެކަށީގެންވާ މައުލޫމާތު ނުލިބޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 14:23
އައްޑޫ ސިޓީ ހުޅުދޫ

އައްޑޫ ސިޓީ ހުޅުދޫ

ރައީސް މުއިއްޒުގެ މަގްސަދަކީ ނިޒާމުގެ ތެރެއިން، ދިމާވާ ދަތިތައް ހައްލުކޮށްދެއްވުން ކަމަށް ވާނަމަ އެންމެ ފުރަތަމަ ބައްދަލު ކުރާނީ އައްޑޫ ސިޓީ ކައުންސިލް އާއި ކަމަށާއި ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ ކަމަށް އައްޑޫ ސިޓީ ހުޅުދޫ ކައުންސިލަރ ހުސެއިން ފައިޒުއްރަޙްމާނު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން، ފައިޒު ވިދާޅުވީ ހުޅުދޫ އަދި މީދޫ ވަކިން އޮންނަ ދެރަށަށް ވެފައި، ހިންގުމުގައި އިދާރީ ގޮތުން ދިމާވާ ބައެއް ކުދިކުދި ކަންކަން ހުރި ނަމަވެސް، މިހާރު މިދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންނަށް މިކަމުގައި އެކަށީގެންވާ މައުލޫމާތު ނުލިބި، ވާން މިއުޅެނީ ކޮން ކަމެއްކަން ނޭނގި، އަވަސް އަރުވާލައިގެން މިދަފަ ވޯޓެއް ނަގަން ކުރަމުންދާ މަސައްކަތް ކަމަށް ވެސް ފައިޒު ވިދާޅުވި އެވެ.

އެކަށީގެންވާ ވަގުތު ދިނުމަކާއި ނުލައި މިފަދަ ވޯޓެއް ނަގަން މަސައްކަތް ކުރަމުން ދާއިރު، މިވޯޓްގައި ގިނަ ބަޔަކު ބައިވެރިނުވެ، މައިނޯރިޓީގެ ވޯޓް އަކުން ކަންކަން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިކަމުގައި އިންތިހާ އަށް ކަންބޮޑުވުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިހާތަނަށް އައި އިރުވެސް ހުޅުދޫގެ ރައްޔިތުންގެ ކަމެއްގައި، ސިޓީ ކައުންސިލް ތަމްސީލްކުރާ އެއްވެސް ކައުންސިލަރަކު އެކަމުގައި ދެކޮޅު ހަދާފައި ނުވާކަން ފާހަގަ ކުރަމުން، ވަކިން ހާއްސަކޮށް ހިތަދޫ އަށް ނިސްބަތްވާ އެއްވެސް ކައުންސިލަރު ދެކޮޅަށް ބަހެއް ކިޔާފައި ވެސް ނުވާ ކަމަށް ފައިޒު ވިދާޅުވި އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމުގައި އުނދަގޫ ކަންކަން ހުރިއިރު، ރައީސް މުއިއްޒުގެ ހަގީގީ މަގްސަދަކީ ކަންކަން ހައްލު ކޮށްދިނުން ކަމަށްވާ ނަމަ އެންމެ ފުރަތަމަ ވެސް ބައްދަލު ކުރާނީ ސިޓީ ކައުންސިލްގެ މެމްބަރުންނަށް ކަމަށާއި އަދި ވަކިން ހާއްސަކޮށް ހުޅުމީދޫގެ ރައްޔިތުންނަށް ހުރި ދަތިތަކަކީ ކޮބައިކަމެއް ވެސް ރައީސް އައްސަވާފައި ނުވާ ކަމަށް ފައިޒު ވިދާޅުވި އެވެ.

އެހެންކަމުން މިކަން ކުރަން އުޅުމުގެ ނިޔަތް ސާފު ނުވާ ކަމަށާއި ރަށު ކައުންސިލް އޮތް ނަމަވެސް ކުލީ ބިމެއް ދޭން އެދޭ އިރަށް އެކަމެއް ނުވާނެ ކަން ފާހަގަ ކުރަމުން ފައިޒު ވިދާޅުވީ، ވަކި ކައުންސިލެއް އޮތް ނަމަވެސް ސިޓީ ކައުންސިލެއް އޮތް ނަމަވެސް ކަންކަން ހިނގާނީ ވަކި އިޖުރާއަތްތަކެއްގެ މަތިން ކަމަށެވެ.

މީގެ އިތުރުން ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުން އެޒިންމާތައް އަދާނުކޮށް އެހެން މީހުންގެ ބޮލުގައި ކަންކަން އެޅުވުމަށްފަހު، އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފައިޒު ވިދާޅުވި އެވެ.

ހުސެއިން ފައިޒުއްރަޙްމާންއައްޑޫ ސިޓީ ކައުންސިލްލާމަރުކަޒީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު