Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް ވަކިކުރުމަށް ވޯޓެއް ނަގަން ނިންމާފައި ވާއިރު، އެކަމާމެދު ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 17:40
އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރ

އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރ

އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ވަކިކޮށްލުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަނީ ނުބައި ޖަރީމާ އެއްގެ ތެރެއިން ކަމަށާއި، އެކަމުގެ ހަގީގީ ބޭނުމަކީ "އައްޑޫ" އަށް މިހާރު ލިބިފައިވާ ސިޓީ އެއްގެ ދަރަޖަ ގެއްލުވާލުން ކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމާއި މެދު ސުވާލު އުފައްދާ ސަރުކާރުން ދަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންނެވެ. އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް އޮތުމުގެ ބަދަލުގައި ވަކިވަކި ބައެއް ރަށްރަށުގައި ކައުންސިލްތައް ޤާއިމް ކުރުމާއި މެދު ގޮތެއް ނިންމުމަށް އެ ވޯޓު ނަގަން ނިންމީ އެގޮތަށް ބައެއް އާއްމުން އެދެމުންދާތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި ނިޒާރު ވިދާޅުވީ މިހާތަނަށް އައި އިރު ވެސް މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީގެ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވެސް ސަރުކާރުން ވެސް ކުރި އެއްވެސް މަޝްވަރާ އެއް ނެތް ކަމަށެވެ. އެހެންކަމަށް ވާއިރު އައްޑޫގެ ކައުންސިލާއި މަޝްވަރާ ނުކޮށް އައްޑޫ އާއި ގުޅުން ހުރި މިފަދަ ކަމެއް ނިންމަން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން އަމިއްލަ އިސްނެގުމުގައި އެފަދަ ވޯޓެއް ނަގަން އުޅެނީ ކޮން އެޖެންޑާ އެއްގެ ދަށުންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑަކީ އައްޑޫގެ މޭޔަރ. އަޅުގަނޑާ އަދި ކައުންސިލްގެ އެހެން ބޭފުޅަކާއި ވެސް މަޝްވަރާ އެއް ނުކުރޭ. މިއީ ނުބައި ޖަރީމާ އެއް. ބޭނުމީ އައްޑޫ ބައިބައި ކޮށްލަން. މި ކަހަލަ ކޮންމެ ކަމަކީ ސިޔާސީ ގޮތުން ކުރާ ކަމެއް. މިކަމުގައި އުޅެނީ ވެސް ސަރުކާރުގެ އެމްޕީންނާއި ސަރުކާރުގެ މަޤާމުތަކުގައި ތިބި މީހުން. އެ ބޭފުޅުން އެކަން ކުރަނީ މަޤާމު ދިފާއުކުރުމަށް." ނިޒާރު ވިދާޅުވިއެވެ.

މިއީ އައްޑޫ ރައްޔިތުން ބޭނުން ވެގެން ކުރަން ނިންމި ކަމެއް ނޫން ކަމަށާއި މި ކަމަށް ވަކާލާތު ކުރަނީ ސަރުކާރު ދިފާއު ކުރުމަށް މަސައްކަތް ކުރާ މީހުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އައްޑޫ ބައިބައިކޮށްލުމަށް ޚިޔާލު ހޯދަން ވާނީ މުޅި އައްޑޫގެ ކިބައިން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އައްޑޫގެ އިދާރީ ރޫޅާލުމުގައި މުޅި އައްޑޫގެ ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ ކަމަށެވެ. ވަކި ބަޔަކަށް އެކަނި އެކަން ނިންމިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ވެގެން އުޅޭ ގޮތަކީ އައްޑޫ އަށް މުއިއްޒު ވީ ވައުދުތައް ނުފުއްދުނީ. އެކަން ޔަގީންވީމަ އައްޑޫ ތޮޅެން ދޫކޮށްލަން ބޭނުންވަނީ. މިއީ މަޅި އެއް. ވައުދު ނުފުއްދުނީމަ ބައިބައިކޮށްލަނީ، ވަކި ކަންތައްތަކެއް ކުރަން ފަސޭހަ އަކަށް. އޭގެ އަޑީގައި ނުބައި ރޭވުންތައް އެބަ ހުރި. ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވާ މީހާ ހޮވުން ފިޔަވާ އައްޑޫގެ އެންމެން ވޯޓުދީގެން ހޮވާ ހަމަ އެކަނި މީހަކީ އައްޑޫގެ މޭޔަރ. އަޅުގަނޑަށް ވެސް ބަހެއް ނުބުނެވޭ އައްޑޫ ރޫޅާލާ އިރު. އެހެންވީމަ މިއީ ނުބައި އެޖެންޑާ އެއް." މޭޔަރ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމާއި ދެކޮޅަށް އައްޑޫގެ ކައުންސިލަރުން ވެސް ދަނީ ވަކާލާތު ކުރަމުންނެވެ. މި ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު މި ހަފްތާގައި ވެސް މި ވޯޓާ ގުޅޭ ބައެއް ސުވާލުތަކަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އައްޑޫގެ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ ސާފުކުރުމަށް ހިމަނާފައިވާ ސުވާލު އުނިކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުއެވެ.

އަލީ ނިޒާރުއައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު