Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެހި ގާނޫނު އަސާސީގެ މައްސަލަ

ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމު ވެސް ރަނގަޅަށް ނުހިނގަނީ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކެއްގެ ސަބަބުން: ވަހީދު

ގާނޫނު އަސާސީގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 08:07
ފަލަސުރުހީ ޕްރޮގްރާމްގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމު ވެސް ރަނގަޅު ނުހިނގަނީ ފެހި ގާނޫނު އަސާސީގައި ހުރި ބައިވަރު ބާގަނޑުތަކެއްގެ ސަބަބުން ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ގާނޫނު އަސާސީގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަަމުގައި އެމަނިކުފާނު ނެންގެވި ބާރަށްވުރެ، މިހާރުގެ ފެހި ގާނޫނު އަސާސީގެ ދަށުން ރައީސް.ޑރ މުހައްމަދު މުއިއްޒު މާގިނައިން މާ ބޮޑަށް ބާރުތައް ނަންގަވަމުން ގެންދަވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބޮޑުވެ، ބަޖެޓު އިތުރުވި ނަމަވެސް ރައްޔިތުން ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމު ހިންގުމަށް ދޫކުރާ ފައިސާ ނިސްބަތުން މަދު ކަމަށެވެ. ފެހި ގާނޫނު އަސާސީ އައުމުގެ ކުރިން އޭރުގެ އުސޫލުގެ ތެރެއިން މާރަނގަޅަށް ރަށްރަށުގެ ކަންކަން ބައްޓަންވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލަރުން ގިނަވެ، އެކަމަށް މިސަރުކާރުން ހަޖޫ ޖަހަމުންދާއިރު، އަތޮޅުތެރޭގެ އިންޖީނުގެތަކާއި، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި މަސައްކަތް ނެތް މިންވަރަށް މުވައްޒަފުން ވައްދާފައިވާކަން ވަހީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ ވެސް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

ގާނޫނު އަސާސީގައި މައްސަލަތަކެއް ހުރި ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ރައީސް މައުމޫނު ބަދަލުކުރަން ނުކުތީ އަޅުގަނޑުމެން ފުރަތަމަ. އިސްލާހީ މަސައްކަތް ފެށުނީ. ރައީސް މައުމޫނު އޭގެ ކުރީގައި އޮތް ނޫ ގާނޫނު އަސާސީއާ އަދި އޭގެކުރިން ވެސް ހުރި އެތައް ގާނޫނު އަސާސީއަކުން 30 އަހަރުން ނެންގެވި ބާރަށް ވުރެ މާ ބޮޑު ބާރު މިހާރު ފެހި ގާނޫނުގެ ދަށުން އެ ނަންގަވަނީ. ހުވާ ކުރައްވާ ގޮތަށް 4 ގަޑިއިރުގެ ތެރޭގައި. އެހެންވީމަ މިއީ މައްސަލައެއް ނުންތޯ. ދެން ގާނޫނު އަސާސީއެއް ނެތަސް ނިޒާމެއް ނެތަސް އަޅުގަނޑުމެންނަށް އެނގޭ ރަނގަޅު ތެދުވެރި އިހުލާސްތެރި ވެރިއެއް ވެއްޖެއްޔާ ރަނގަޅަށް ކަންކަން ހިނގާނެ. މިސާލަކަށް ރައީސް ނަޝީދުގެ އިރުގައި އަޅުގަނޑުމެން މިއީ 2011 ގައި ފުރަތަމަ ކައުންސިލްތައް އިންތިޚާބުވީ. 18 ބިލިއަންގެ ބަޖެޓެއް އެކަށައެޅުނީ. އޭރުގައި ގާނޫނުގައި ނެތް 5 ޕަސެންޓް ދޭންޖެހޭނެ އެކޭ. އެކަމަކު 1.2 ބިލިއަން ރުފިޔާ ހެން އަޅުގަނޑަށް ހީވަނީ. 56 އަކުން މިހާރު ކިރިޔާ 2 ބިލިއަނަށް.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ރާއްޖޭގެ ހިންގުމުގެ ސިޔާސަތު މިހާރު އޮތީ ލަދުވެތި ހިސާބެއްގައިކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މަސްލަހަތު ފުށޫ އަރާކަންކަން ނުކުރެވޭނެ ކަމަށާއި، އެއީ އެންމެ ބޭސިކް ކަމަށެވެ. ނަމަވެސް މިއަދުގެ ރައީސް މުއިއްޒު، ރިޔާސީ އިންތިޚާބު ބާއްވަންޖެހޭ ގޮތް ކިޔައި ދެއްވަމުން ގެންދަވާ ކަމަށާއި، ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަށް ގެންނަންވީ ބަދަލާއި، އޮންނަޖެހޭ ގޮތް އޮޅުފިލުއްވައި ދެއްވަމުން ގެންދަވާ ކަމަށެވެ.

ވަހީދު ވިދާޅުވީ މިގޮތް ގޮތަށް ނަތީޖާ ނެރެ ގައުމު ހިންގަމުންދަނީ ގާނޫނު އަސާސީގައި ހުރި ބައިވަރު ބާގަނޑުތަކެއްގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ނުހިނގަނީ ވެސް އަދި ޑިމޮކްރަސީ ނުހިނގަނީ ވެސް ފެހި ގާނޫނު އަސާސީގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައްޔިތުން ބާރުވެރިކޮށް، ޑިމޮކްރެޓިކް އުސޫލުން ރަށްރަށް ހިންގުމަށް ގާނޫނު އަސާސީ ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ގާނޫނު އަސީސީ ރަނގަޅުނުކޮށް، ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ނުހިންގޭނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ޑިމޮކްރަސީލާމަރުކަޒީ ނިޒާމުޤާނޫނުއަސާސީމުހައްމަދު ވަހީދު މައުމޫން އަބްދުލްގައްޔޫމްމުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

26 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު