Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާ

މި ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމް ބަލިކަށިކޮށް، ކަމީނާކުރުމަށް މަސައްކަތް ކުރަމުން: ސަލީމް

2 ޖުލައި 2025 | ބުދަ 17:20

މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ބަލިކަށިކޮށް، ނިކަމެތިކޮށް، ކަމީނާ ކުރުމަށް މަސައްކަތް ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 ޖުލައި 2025 | ބުދަ 17:20
މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު، އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު، އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގެންދަނީ ލާމަރުކަޒީ ނިޒާމް ބަލިކަށިކޮށް، ކަމީނާ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ބަލިކަށިކުރުމަށް ޓަކައި މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއި އެބޭފުޅުންގެ އަމަލުތައް ބަހައްޓަވާ ގޮތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ މި ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާ ބަހުސްތަކަށް ބަލާއިރުގައި ވެސް ފެންނަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ބަލިކަށިކޮށް، ނިކަމެތިކޮށް، ކަމީނާ ކުރުމަށް މަސައްކަތް ކުރައްވަވާ މަންޒަރު ކަމަށެވެ.

ސަލީމް ވިދާޅުވީ ކައުސިލަރުންގެ އަދަދު މަދުކުރުމަށް މި ސަރުކާރުން ވިސްނަމުން ގެންދާ ގެންދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެމްޑީޕީން ބޭނުންވީ ވީހާވެސް ގިނަ ބައަކު ސާމިލްވާ، ގިނަ ބައެއްގެ ބައިވެރިވުން އޮތް ހިންގުމުގެ ނިޒާމެއް ރާއްޖެއަށް ގެންނަން ކަމުގައެވެ.

ސަލީމް ވިދާޅުވީ ކައުންސިލަރުންގެ އަދަދު ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ މެމްބަރުންގެ އަދަދު މަދުކުރުމަކީ މިދެންނެވި މަގުސަދު ވީރާނާވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން ދާނޭ ކަމެއް ކަމުގައެވެ. އަދި މިހާރު މި ސަރުކާރުގެ ވިސްނުން ހުރިގޮތަށް ސިޓިންގ އެލަވަންސްއެއް ދޭގޮތަށް ބަދަލުކޮށްފި ނަމަ އަނެއްކާވެސް އެއްބައަކަށް އާމްދަނީ ލިބޭނެ މަގުތަނަވަސް ވެގެންދާނެ ކަމުގައި ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީން މީހުން އެމްޕަވަރ ކުރުމުގެ ވާހަދައްކާއިރުގައި އެންމެ މުހިންމު ކަމަކީ ގިނަ ބައަކަށް އާމްދަނީ ލިބުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށާއި މި ފުރުސަތު ހަނިކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނަމަ އެމްޑީޕީން އެކަމާއި ދެކޮޅަށް ތެދުވާނޭ ކަމާއި މެދު ޝައްކުނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ މެމްބަރުންގެ މުސާރަތައް ކުދަކުރުމުގެ ވާހަތަކެއް ވެސް ދެކެވެމުން އަންނަކަމަށާއި އެކަމަކީ ވެސް އިންތިހާއަށް ކަންބޮޑުވުން ހުރިކަމެއް ކަމުގައެވެ. އޭގެ ބަދަލުގައި އެއްވެސް މަސައްކަތެއް ނެތް ސިޔާސީ މަގާމުތައް މި ގައުމުން މަދުކުރުން މާ ބުއްދިވެރިކަމުގައި ދެކޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެފަދަ މަގާމުތައް މަދުކުރުމަކީ ގައުމަށް ވެސް އެންމެ ފައިދާ ހުރިގޮތް ކަމަށާއި އެހެން ނަމަވެސް އިވެމުން މިދަނީ ކައުންސިލަރުންގެ މުސާރަ ބޮޑުވެގެން ގައުމަށް ގެއްލުންތަކެއް ލިބެމުން އަންނަ ވާހަކަ މި ސަރުކާރުން ދައްކަމުން ގެންދާ ތަން ކަމުގައި ސަލީމް ވިދާޅުވިއެވެ.

އަދި އެއަށްވުރެވެސް މާ ދެކޮޅު ނުޖެހޭ އެހެން ވާހަކައެއް އަޑުއިވޭ. އެއީ އެކި ރަށްރަށުގަ ކައުންސިލަރުންގެ މެދުގައި މުސާރައިގެ ތަފާތުކުރަން ސަރުކާރުން ވިސްނުން. މިއީ ވެސް މިހާރު ގާނޫނު އަސާސީ އޮތްގޮތުން ކުރެވޭނޭ ވެސް ކަމެއް ނޫން. އެހެން ނަމަވެސް އެވާހަތައްވެސް އެބަ ދެކެވޭ. ކުދި ރަށްރަށުގައި ވަޒީފާގެ ޒިންމާ ކުޑަވެފަ، ބޮޑެތި ރަށްރަށުގައި ވަޒީފާގެ ޒިންމާ ބޮޑުވާތީ ކައުންސިލަރުންގެ މުސާރަ ފަރަގު ކުރަން އެ ދައްކާވާހަކަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި އެވާހަކަ ދެކޮޅެއް ވެސް ނުޖެހޭ. ދެކެނީ ޕާޓީން ވެސް އެކަން ގަބޫލު ނުކުރައްވާނެ ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް އިތުރަށް ވިދާޅުވީ އެމްޑީޕީ ނޫން ޕާޓީއެއް މި ގައުމުގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެން ދަނީ ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާ ތަން ކަމަށެވެ. ކަން މިހެން ހުރި އިރު، މި ނިޒާމް ބަލިކަށިވިޔަ ނުދިނުމަށްޓަކައި އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރަން އެވަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މިފަހަރު ގައުމުގެ އެންމެހާ ރައްޔިތުން މިހާރު މިއޮތް ސަރުކާރަށް ނޫނެކޭ ބުނާނޭ ކަމުގައި ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމުގައި ވެސް ސަލީމް ވިދާޅުވިއެވެ. އަދި ޚާއްސަކޮށް މި ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތަކަށް ރައްޔިތުން ރަނގަޅު ރައްދެއް ދޭނޭ ކަމުގައި އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުމުހައްމަދު މުއިއްޒުއަހުމަދު ސަލީމްކައުންސިލަރުންޑަބްލިޔުޑީސީ މެމްބަރުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
15 ނޮވެމްބަރު 2025

2000 މީހުންނަށް ވުރެ ކުޑަ އާބާދީ އޮންނަ ރަށްރަށަށް 3 ކައުންސިލަރުން އެއަށް ވުރެ ބޮޑެތި އާބާދީތަކަށް 5 ކައުންސިލަރުންނަށް ކުޑަކުރަން ހުށަހަޅައިފި

15 ނޮވެމްބަރު 2025
2000 މީހުންނަށް ވުރެ ކުޑަ އާބާދީ އޮންނަ ރަށްރަށަށް 3 ކައުންސިލަރުން އެއަށް ވުރެ ބޮޑެތި އާބާދީތަކަށް 5 ކައުންސިލަރުންނަށް ކުޑަކުރަން ހުށަހަޅައިފި
08 ނޮވެމްބަރު 2025

ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

08 ނޮވެމްބަރު 2025
ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް
31 އޮކްޓޯބަރު 2025

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
31 އޮކްޓޯބަރު 2025

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
04 އޮކްޓޯބަރު 2025

މުއިއްޒަށް އިއްވި ޑިމާންޑުތައް ނުފުއްދާ ނަމަ ނޮވެމްބަރު 17 ގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފި

04 އޮކްޓޯބަރު 2025
މުއިއްޒަށް އިއްވި ޑިމާންޑުތައް ނުފުއްދާ ނަމަ ނޮވެމްބަރު 17 ގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް