Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮންމެ ކާމިޔާބު އަންހެނެއް

ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ހިތްވަރުގަދަ ފިރިހެނެއް!

ކުރީގައި ގެންގުޅުނު ވިސްނުންތައް މިހާރު ވަނީ ބަދަލުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖުލައި 2021 | ބުރާސްފަތި 14:07
ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުރެޔޭ ކުރިން ބުނެ އުޅުނަސް މިހާރު އެކަން އޮތީ އަނެއް ކޮޅަށް

ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުރެޔޭ ކުރިން ބުނެ އުޅުނަސް މިހާރު އެކަން އޮތީ އަނެއް ކޮޅަށް

ކުރިން އަޑުއިވޭ މިސާލު ބަހެއް އޮވެއެވެ. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއެވެ. ޒަމާން ތަރައްގީވެ މިބަސްވެސް މިއޮތީ ބަދަލުވާން ޖެހިފައެވެ. ކުރީގައި ގެންގުޅުނު ވިސްނުންތައް މިހާރު ވަނީ ބަދަލުވެފައެވެ.

ގޭތެރޭގައި މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި އަންހެނުން ކަމަށް ކުރީގައި ހީކުރިޔަސް އެ ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ. މިހާރު ގޭތެރޭގެ މަސައްކަތްތަކުގައި އަނބިމީހާއަށް ފިރިމީހާ އެހީތެރިވެދެއެވެ. އާމްދަނީ ހޯދުމަށްޓަކައި އަންހެން މީހާ މަސައްކަތެއް ފެށިޔަސް އެކަމުގައި ފިރިމީހާގެ ބައިވެރިވުން އޮވެއެވެ. ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްގައި ވެސް ދެމަފިރިންގެ ބައިވެރިވުން އޮވެއެވެ. މިކަމުގެ މިސާލުތައް މިހާރު ވެސް ދަނީ ފެންނަމުންނެވެ.

ކޮވިޑުގެ މި ދުވަސްވަރު ގިނަ ވިޔަފާރިތަކެއް ބަންދުކުރަން ޖެހުނުއިރު އެތައް ގޮތަކުން އާމްދަނީ ހޯދަމުން އައި މީހުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. މި ދަތިތަކުން އަރައިގަތުމަށްޓަކައި ގޭގައި ތިބެގެން ބައެއް މީހުން އާމްދަނީ ހޯދުމުގެ މަސައްކަތް ފެށިއެވެ. މިއާއެކު އަޅުގަނޑުމެންނަށް ތަފާތު އެކި ވައްތަރުގެ ވިޔަފާރިތައް ވުޖޫދުވެގެންދިޔަ މަންޒަރު ފެނުނެވެ. އެފަދަ ވިޔަފާރިތަކުގެ ތެރެއިންވެސް އެންމެ އަޅައިގަތް އެއް ވިޔަފާރިއަކީ ފޮނިކާތަކެތި ތައްޔާރު ކުރާ މީހުންގެ ވިޔަފާރިއެވެ. އިންސްޓަރގްރާމުގައި އެކި ޕޭޖްތައް ހުޅުވައި، ބިސްކިޓް ޕުޑިން ހަދައި، މި ވިޔަފާރިތައް ފުޅާކުރަމުން ދިޔައިރު ފިރިންގެ ބައިވެރިވުން ފެނިގެން ދިޔައެވެ.

މިފަދަ ވިޔަފާރިތަކުގައި އެމީހުން ހަރަކާތްތެރިވާއިރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ވިޔަފާރި ފުޅާވެ އަމިއްލަ ތަނެއް ހުޅުވައި، އެ ބްރޭންޑްގެ ނަން މަޝްހޫރުވެގެން ދިޔުމެވެ. އެގޮތުން ބިސްކިޓް ފުޑިން ވިއްކުމުގެ ވިޔަފާރި ފެށި ޒުވާން އަންހެނެއްގެ ވިޔަފާރިއަށް މިވަނީ މަހެއްހާ ދުވަސް ވެފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އޭނާ ބުނީ ވިޔަފާރި ފެށީ ގޭގައި ހުރެ އާމްދަނީ ހޯދުމަށް ކަމަށެވެ. ވިޔަފާރި ފެށިއިރު އާންމުންގެ ފަރާތުން އެހާ ތަރުހީބު ލިބިގެންދާނެ ކަމަށް އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއެކު ބިސްކިޓް ޕުޑިންގެ ޗޮކްލެޓް ފްލޭވަރގެ އިތުރުން ވެނީލާ ވެސް ތައާރަފުކޮށްފިއެވެ. ފިރިމީހާގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެއެވެ. އިންސްޓަރގްރާމުގައި ހިންގާ ޕޭޖް މެނޭޖްކޮށް މާލެ އާއި ހުޅުމާލެއަށް ޑެލިވަރީ ކުރުމުގައި ވެސް ހަރަކާތްތެރިވަނީ ފިރިމީހާ އެވެ. މި މަސައްކަތް އޭނާ ކުރަނީ އޮފީހުގެ މަސައްކަތުގައި އުޅެމުންނެވެ.

އަދިވެސް އެހެން އަންހެނެއްގެ ވާހަކައެވެ. އެއްމާބަނޑު ދެކުދިން ގޮވައިގެން މިފަދަ މަސައްކަތެއް ކުރުމަކީ ބުރަ މަސައްކަތެއް ނަމަވެސް ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު މި މަސައްކަތް ކުރުމަށް ފަސޭހަވެގެންދާ ކަމަށް އެ އަންހެން މީހާ ބުނެއެވެ. އެއްމާބަނޑު ދެކުދިންނަށް ތިން އަހަރު ފުރޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ފިރިމީހާ ވެސް ބުނީ މިތަކެތި ތައްޔާރު ކުރުމަށް ވެސް އަދި އޯޑަރ ނެގުމަށާއި ގޭތެރޭގެ އެހެންކަންތައްތައް ބެލެހެއްޓުމަށް ވެސް އެހީތެރިވާ ކަމަށެވެ. އެ ދެމީހުން ވިއްކާ ތަފާތު ފްލޭވާސްތަކުގެ ތެރޭގައި ޑަބްލް ޗޮކްލެޓް ބިސްކިޓް ޕުޑިންއާއި ޑަބްލް ޗޮކްލެޓް ބަނާނާ ބިސްކިޓް ޕުޑިން، ސިމްޕްލީ ބަނާނާ، އަދި ބަނާނާ ވިތު ނަޓެއްލާ ވެސް އަދި ބިސްކޮފް ވެސް ހިމެނެއެވެ.

މިފަދަ ވިޔަފާރިތައް އިތުރުވެފައިވާއިރު އަންހެނުންނަށް ގޭގައި ތިބެގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެން މިދަނީ އެމީހުންގެ ފިރިންނާއި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައި ވެސް ދެމީހުން އެކުގައި ކުރިއަށް ދިޔުމުގެ އަޒުމު ދެމިއޮތުމުންނެވެ. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުރެޔޭ ކުރިން ބުނެ އުޅުނަސް މިހާރު އެކަން އޮތީ އަނެއް ކޮޅަށެވެ. މިހާރު ބުނެވޭނީ ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ފިރިހެނެއް ވެސް ހުންނާނެ ކަމަށެވެ.

ދެމަފިރިންވިމެން އިން ޓެކްހިތްވަރުގަދަ އަންހެނުން

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2023

"ޕްރޮޖެކްޓް ކަޅުއޮއްފުއްމި" އާއެކު ހިރާ ސްކޫލްގެ ދަރިވަރުން ސިންގަޕޯރއަށް ފުރައިފި

06 އޮކްޓޯބަރު 2023
"ޕްރޮޖެކްޓް ކަޅުއޮއްފުއްމި" އާއެކު ހިރާ ސްކޫލްގެ ދަރިވަރުން ސިންގަޕޯރއަށް ފުރައިފި
27 ފެބުރުއަރީ 2023

އަންހެނުންގެ ސިއްހަތަށް ދިމާވާ ތަކުލީފުތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

27 ފެބުރުއަރީ 2023
އަންހެނުންގެ ސިއްހަތަށް ދިމާވާ ތަކުލީފުތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް
25 ފެބުރުއަރީ 2023

ސްޓެމް އެޑިއުކޭޝަން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރ ބާއްވަނީ

25 ފެބުރުއަރީ 2023
ސްޓެމް އެޑިއުކޭޝަން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރ ބާއްވަނީ
07 މެއި 2022

ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު ރ. ދުވާފަރަށް

07 މެއި 2022
ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު ރ. ދުވާފަރަށް
08 މާރިޗު 2022

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

08 މާރިޗު 2022
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު