Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަންހެނެއްގެ އިނގިލި ބުރިކޮށްލުން

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

31 އަހަރުގެ ފިރިހެން މީހާ ހަމަލާ ދީފައިވަނީ އޭނާގެ ކުރީގެ އަންހެނުންނާއި، އަންހެނުންގެ އާއިލާ މީހުންނަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2022 | ބުދަ 07:29
ދަތް އަޅައި އަންހެނެއްގެ އިނގިލި ބުރިކޮށްލި ޙާދިސާ

ދަތް އަޅައި އަންހެނެއްގެ އިނގިލި ބުރިކޮށްލި ޙާދިސާ

ގއ އަތޮޅުގެ ރަށެއްގައި އާއިލާ މެމްބަރުންތަކެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނެއްގެ އަތުގެ އިނގިއްޔެއްގައި ދަތްއަޅައި ބުރިކޮށްލާފައިވާ ކަމުގެ ޚަބަރަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިފައެވެ.

އެ ހާދިސާ ހިނގައި ދިޔަ ގޮތް އޮޅުން ފިލުވުމަށް އެ ޙާދިސާ ގާތުން ލޮލުން ދުއް ބައެއް ފަރާތްތަކާ ރާއްޖެއެމްވީން ވާހަކަ ދެއްކުމުން އެނގިފައިވާ ގޮތުގައި، މި މައްސަލައަކީ ދެމަފިރިއަކަށް ލިބިފައިވާ ދަރިންނާ ގުޅިގެން އުފެދިގެން އައި ދެބަސްވުމެއްގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 31 އަހަރުގެ ފިރިހެން މީހާ ހަމަލާ ދީފައިވަނީ އޭނާގެ ކުރީގެ އަންހެނުންނާއި، އަންހެނުންގެ އާއިލާ މީހުންނަށެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ކުރީގެ އަންހެނުންގެ ދައްތަގެ އިނގިލީގައި ދަތް އަޅައި އިނގިލި ބުރިކޮށްލާފައެވެ. އެ އަންހެން މީހާގެ ވައަތުގެ މެދު އިނގިލިކުރިން ބައެއް ވަނީ އެއްކޮށް ބުރިކޮށްފައެވެ.

އެ ދެބެންގެ މަންމަގެ އަތުގެ ދެ އިނގިއްޔެއް ވެސް ވަނީ ބިންދާލާފައެވެ. އެ މާރާމާރީ ހިންގި އިރު ގޭގައި ކުޑަކުދިންތަކެއް ތިބި ނަމަވެސް އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލެއަށް ނިސްބަތްވާ މި ފިރިހެން މީހާ އޭނާގެ ކުރީގެ އަންހެނުންގެ ރަށަށް ގޮސް، އެ ގެއަށް ގޮސް އުޅުނީ އޭނާގެ ދަރިން ދެކިލުމަށެވެ. ދޭތެރެ ދޭތެރެއިން އެ ގެޔަށް ގޮސް، ދަރިން ގޮވައިގެން ނަމާދު ކުރުމަށް އޭނާ ގޮސް އުޅެއެވެ. 

އެހެންނަމަވެސް، ދަރިންގެ ކަންކަމުގައިވެސް ގެންގުޅޭ ދީނީ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެ ދެމީހުންގެ މެދުގައި މިފަހުން ދެބަސްވުމެއް ހިނގާފައިވާކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެއީ އީދު ދުވަހު އީދު ޙަރަކާތެއް ބެލުމަށް އެމީހުންގެ ދޮށީ ފިރިހެން ދަރި ދާން ބޭނުންވެފައި ހުރެމެ، އެ ކުއްޖާ ނުފޮނުވުމުގެ ސަބަބުން، ހިނގައިދިޔަ ދެބަސްވުމެކެވެ. އެ ދެބަސްވުމުގެ ތެރެއިން އަންހެން މީހާ ވަނީ ދެން އެ ގެއަށް ނައުމަށް އޭނާގެ ކުރީގެ ފިރިމީހާ ކިބައިން އެދިފައެވެ.

އެހެންނަމަވެސް، އެރޭ މެންދަމު އެ ފިރިހެންމީހާ ވަނީ އެ ގެއަށް ގޮސްފައެވެ. އެއީ އާދައިގެ މަތިން އޭނާގެ ދޮށީ ފިރިހެންދަރި ގޮވައިގެން މިސްކިތަށް ދިއުމަށެވެ. ހަމަނުޖެހުން އުފެދެން މެދުވެރިވީ އެހިސާބުންނެވެ.

ދަރިފުޅު ނުފޮނުވާނެކަމަށް ބުނުމުން އެ ފިރިހެންމީހާ އިންތިހާއަށް ގޭގެ ދޮރުގައި ތަޅަން ފެށީއެވެ. ދޮރު ހުޅުވީ އެގޭގައި އުޅޭ އެހެން ފިރިހެނެކެވެ. އެއީ އެގޭގައި އުޅޭ ދެ އަންހެނުންގެ ފިރިހެން ކޮއްކޮއެކެވެ. އޭރު އޭނާގެ ދެ ދައްތަ (އިނގިލި ބުރިވި އަންހެން މީހާއާއި، މި މައްސަލައިގައި ހިމެނޭ ފިރިހެންމީހާގެ ކުރީގެ އަންހެނުން) ގެ އިތުރުން، އެ މީހުންގެ 60 އަހަރުވީ މަންމަވެސް ގޭގައި އުޅެއެވެ.

ފިރިހެން މީހާއާއެކު ދަރިފުޅު ނުފޮނުވާނެ ކަމަށް އަންހެން މީހާ ބުނުމުން އޭނާ މަސައްކަތް ކުރީ ގަދަކަމުން ގޭތެރެއަށް ވަނުމަށެވެ. ނަމަވެސް ދޮރު ހުޅުވި ފިރިހެން މީހާ އެކަމަށް ހުރަސް އެޅުމުން އޭނާގެ ކަންކަށިމަތީގައި އެ ފިރިހެން މީހާ ވަނީ ޖަހާފައެވެ. އެހިސާބުން އެ ދެ ފިރިހެނުންގެ މެދުގައި މާރާމާރީ ހިންގަން ފެށުމުން، އެކަން ހުއްޓުވުމަށް އާއިލާ މީހުން މަސައްކަތް ކުރިއެވެ.

އޭނާ ހުއްޓުވަން އުޅުމުން، އެމީހުންގެ މަންމަގެ އަތުގެ 2 އިނގިއްޔެއް ބިންދާލާފައިވާއިރު، އޭނާގެ ކުރީގެ އަންހެނުންނަށްވެސް އަނިޔާވިއެވެ.

އޭރު ދެ ފިރިހެނުންވެސް ތިބީ އެކެއް އަނެކެއްގެ ކަރުގައި ހިފައިގެންނެވެ. އެ ދެމީހުން ދުރު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އަންހެން މީހާގެ ދައްތަގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލާފައިވާއިރު، އެކަން އިހުސާސްވީވެސް މާ ފަހުންކަމަށް އޭނާއާ ރާއްޖެއެމްވީން ސުވާލުކޮށްލުމުން އޭނާ ބުންޏެވެ.

ޙާދިސާއަށްފަހު އޭނާ ހޮސްޕިޓަލަށް ގޮސް ބޭސް އަޅާފައިވާއިރު، އިނގިލީގެ އަނެއް ބައި ފެނުނީ މާ ފަހުންކަމަށްވާތީ އިނގިލި މެޑިކަލީ ގުޅުވޭކަށްވެސް ނެތެވެ.

ހިނދުކޮޅެއްގެ ތެރޭގައި މި ހުރިހާ ކަމެއް ވެގެންދިޔައިރު، ބޭރުން އައި އުމުރުން 74 އަހަރުގެ ފިރިހެނެއްވެސް އެމީހުން ހުއްޓުވުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އޭނާއަށްވެސް އަނިޔާތަކެއް ލިބިފައިވެއެވެ.

އެހިސާބުން ދެން އެ ފިރިހެން މީހާ ވަނީ އެތަނުން ގޮސްފައެވެ. އަދި އެ އަތޮޅު އެހެން ރަށެއްގައި އުޅޭ މީހަކަށް ގުޅައި، ލޯންޗެއް ހަމަޖައްސައިގެން ދާން މަސައްކަތް ކުރި ނަމަވެސް، އޭރު ރަށު ރައްޔިތުން ތިބީ އޭނާ ހޯދައި، އޭނާއަށް ޙައްޤު އަދަބު ދިނުމަށްވެސް ތައްޔާރަށެވެ.

ވުމާއެކު، އޭނާ އަމިއްލައަށް ފުލުހުންގެ ހިމާޔަތް ހޯދީއެވެ. 

ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އޭނާ ފުލުހުންގެ ހިމާޔަތް ނުހޯދިނަމަ، އޭނާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިގެން ދިއުން ނުހަނު ގާތެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މީގެ އިތުރުން، ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ 150 ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ. ސަބަބަކީ ގާޒީ ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވުމުން، ކޮޅަށް ތެދުވުމަށް އޭނާ ތަކުރާރުކޮށް އިންކާރު ކޮށްފައިވާތީއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އޭނާ ކޯޓުގައި ބުނީ، އެއީ ކުފުރުގެ އަމަލެއް ކަމަށެވެ.

މި ޙާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މާރާމާރީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު