Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާބަނޑު އަންހެނަކު މަރުވުން

އެއްމާބަނޑު ދެ ދަރިންނަށް ބަލިވެއިން އަންހެނެއްގެ މަރާ އެކު ސިހުމެއް!

އޭނާ މަރުވީ މާފުށީގައި، ފަރުވާއަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 29 ޑިސެމްބަރު 2018 | ހޮނިހިރު 11:23
ފުވައްމުލަކު ހޯދަނޑު، އޯޝަލްވިލާ، ރަޝްފާ އަހުމަދު (ރަޝް): ނިޔާވީ އުމުރުން 20 އަހަރުގައި

ފުވައްމުލަކު ހޯދަނޑު، އޯޝަލްވިލާ، ރަޝްފާ އަހުމަދު (ރަޝް): ނިޔާވީ އުމުރުން 20 އަހަރުގައި

އޭނާ އެންމެ އުފާވެފައި ހުރީ އެއްމާބަނޑު ދެ ދަރިން ލިބޭތީއެވެ. އަލަތު ކައިވެންޏަށް ލިބޭ، އަލަތު ދެ ދަރިން ދެކިލުމަށް އޭނާ ކުރަމުންދާ އިންތިޒާރަށް އަށް މަސްވެއްޖެއެވެ. ބަނޑަށް އަށް މަހެވެ. އަންނަ ހަފްތާގައި ވިހާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވާތީ، 20 އަހަރުގެ ޒުވާން އަންހެން ކުއްޖާ ދިޔައީ އެކަމަށް ތައްޔާރުވަމުންނެވެ. ދުވަސް ކައިރިވާ ވަރަކަށް އޭނާގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ.

ނަމަވެސް އާދަޔާ ހިލާފަށް ހުން ގަދަވެ، ހުކުރު ދުވަހުގެ ރޭ ކ. މާފުށީ ސިއްހީ މަރުކަޒުން އޭނާ ފަރުވާ ހޯދިއެވެ. މާބަނޑު އަންހެނަކަށްވުމުން، ހުމުން ސަލާމަތްވުމަށް މާ ގިނަ ބޭހެއް ޑޮކްޓަރު ނުދެއެވެ. ޖެހިގެން އައި ދުވަހުގެ ފަތިހު، ގޭގައި ހުއްޓާ ފިޓު ޖެހުނެވެ. އެކަން ދިމާވީ ނުނިދިގެން އުޅެނިކޮށެވެ. ފަތިހު ސިއްހީ މަރުކަޒަށް ގެންގޮސް، ޑޮކްޓަރުން މަސައްކަތް ކުރީ ސީޕީއާރް ދީގެން، ސަލާމަތް ކުރެވޭތޯއެވެ. އެގޮތަށް ބައިގަޑިއެއްހާއިރު މަސައްކަތް ކުރިއެވެ. ނަމަވެސް މައިމީހާ އާއި ބަނޑުގައި އޮތް އެއްމާބަނޑު ދެ ދަރިންގެ ފުރާނަ ވެސް ދިޔަ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މާފުށީގައި ނިޔާވީ ފުވައްމުލަކު ހޯދަނޑު، އޯޝަންވިލާ، ރަޝްފާ އަހުމަދު (ރަޝް)އެވެ. ރަޝްފާއަކީ އެ އާއިލާގެ އެންމެ ހަގަށް ތިބޭ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެކަކެވެ.

މާފުށީ މީހަކާ އިނދެގެން، އެ ރަށުގައި ދިރިއުޅެމުންދާ ރަޝް، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވިންދެން ނެތް ކަމަށް އެ މަރުކަޒުން ބުންޏެވެ. އެ ރަށުން "ރާއްޖެއެމްވީ"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މައި މީހާ އާއި ބަނޑުގައި އޮތް ދެ ދަރިން ސަލާމަތް ނުކުރެވުނީ ސިއްހީ މަރުކަޒުގައި ވަސީލަތްތައް ނެތުމުންނެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރަޝްގެ މަރު ފޯމު ލިބުމާ އެކު ޑޮކްޓަރުންނާ ސުވާލުތަކެއް ކުރިމަތި ކުރި ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވެސް ވިދާޅުވީ ސިއްހީ މަރުކަޒަށް ގެނައިއިރު އޭނާ މަރުވެފައިވާ ކަމަށެވެ. ނަމަވެސް ބަނޑުގައިވާ ދަރިން ސަލާމަތް ކުރަން އުޅުނު ނަމަވެސް، އެކަން ނުކުރެވުނީ ހޮސްޕިޓަލުގައި ވަސީލަތްތަކެއް ނެތުމުން ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރެއްވި ވަސީލަތްތަކަކީ ވިއްސުމަށް ބޭނުންވާ އާލާތްތަކެވެ. އަދި ސްކޭން ކުރުމުގެ ހިދުމަތުގެ އިތުރުން އެހެނިހެން އަސާސީ ހިދުމަތްތައް ނެތް ކަަމަށް އޭނާ ވިދާޅުވިއެވެ.

"އާއިލާއިން އުޅުނު މާލެ ގެންދަން. ޑޮކްޓަރަކު ގެންނަން ވެސް ވާހަކަ ދެއްކި. އެކަމަކު އެކަން ކުރެވޭނީ މިތަނުގައި ވަސީލަތްތަކެއް ހުރެގެން. އެހެން ހުއްޓާ ވަގުތު ފާއިތުވީ،" ގެސްޓުހައުސް ވިޔަފާރި ފުޅާވެ، ގިނަ ބަޔަކު ދިރިއުޅެމުންދާ މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ޑޮކްޓަރަކު ގެނެސްގެން ފަޅައިގެން [ދަރިން] ނެގޭނީ ވެސް އޮޕަރޭޝަން ތިއޭޓަރެއް ހުރެގެންތާ. އަދި އޮޕަރޭޝަނަަށް ފަހު ވެންޓިލޭޓަރެއް ވެސް ހުރެގެންތާ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފަސްހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާފުށީ ސިއްހީ މަރުކަޒުގެ ހާލަތާ ގުޅޭ ގޮތުން އުސްމާން ވިދާޅުވީ ބޮޑު އާބާދީއަކަށް އެކަށީގެންވާ ހިދުމަތްތަކެއް އެރަށުގެ ސިއްހީ މަރުކަޒުގައި ނެތް ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެ މަރުކަޒަކީ "ފަހާލާނެ ރޮނދި ކޮޅެއް" އަދި "އޮކްސިޖަން ފުޅިއެއް" ވެސް ހުންނަ ތަނެއް ނޫނެވެ.

ރަޝްގެ ފިރިމީހާއާ ހަވާލާދީ މާފުށީ ކައުންސިލްގެ ރައީސް އުސްމާން ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ރޭ ހުންގަދަވެގެން ޑޮކްޓަރަށް ދެއްކުމަށްފަހު، ގެއަށް އައިސް، ނުނިދި އުޅެނިކޮށް ހޮޑުލައި ހެދިއެވެ. ފަތިހު ރަޝް ބަނޑުހައިވެގެން، ތެދުވެ އުޅުނު ކަމަށާއި ގޮނޑިއެއްގައި އިނދާ "ވެއްޓުނީ" ކަމަށް ފިރިމީހާއާ ހަވާލާދީ އުސްމާން ވިދާޅުވިއެވެ.

ފުވައްމުލަކުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ރަޝްގެ އެކުވެރިޔަކު ބުނީ އޭނާ މަރުވި ހަބަރު އަޑު އިވިފައި، އެކަން ގޫބުލުކުރަން ދަތިވި ކަމަށެވެ. ފުރަތަމަ އަޑުއިވުނީ ރަޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވާހަކަ ދެކެވުނު ކަމަށެވެ. އެކަން މެދުވެރިވި ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށް އޭނާ ބުންޏެވެ.

މައިމީހާ އާއި އެއްމާބަނޑު ދެ ދަރިންގެ ފުރާނަ ދިޔަ ހާދިސާއާ އެކު މާފުށްޓަށް ވަނީ މޮޅިވެރިކަން ވެރިވެފައެވެ. ރަޝްގެ އުފަން ރަށް ފުވައްމުލަކަށް ވަނީ ސިހުމެއް ލިބިފައެވެ. މަޑުމައިތިރި، އެކުވެރި ރަޝްގެ ރައްޓެހިންގެ ލޮލުން ކަރުނަ ފޭއްދާލަނީ ކުޑަކުޑަ އާއިލާއަކަށް އޭނާ ކުރި އުންމީދު މަރުވެދިއުމުންނެވެ. މައިވަންތަކަމުގެ ލޯތްބާ އެކު، އުފުލަމުންދިޔަ ގަދަ ވޭނުގައި ވަކިވެގެން އެ ދިޔައީ އެތައް ބަޔަކު ރޮއްވާފައެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
19 ޖޫން 2017

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!
19 މެއި 2017

ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

19 މެއި 2017
ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
25 އެޕްރީލު 2017

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
23 އެޕްރީލު 2017

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!
25 ފެބުރުއަރީ 2017

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

25 ފެބުރުއަރީ 2017
"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު