Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލަންކާ ބޮންގޮއްވުން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

އޭނާގެ މި ސިޓީ ވަނީ މީސްމީޑިޔާގެ ސަމާލުކަން ހޯދާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2019 | ބުދަ 10:32
މިޝްއާލް އޭނާ ލިޔުނު ސިޓީއާ އެކު

މިޝްއާލް އޭނާ ލިޔުނު ސިޓީއާ އެކު

މިޝްއާލް ދުނިޔޭގެ ލީޑަރުންނަށް ލިޔުނު ސިޓީ

ޓެރަރިޒަމް ހުއްޓުވުމަށް މުޅި ދުނިޔެވެ ސް ދަނީ މަސައްކަތް ކުރަމުންނެއެވެ. އަދި އެކަމާ ދެކޮޅަށް ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ. މި ފަދަ އަމަލުތައް ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުން ވެސް ކުށްވެރިކުރެއެވެ. މި ކަން ހުއްޓުވުމަށް ދުނިޔޭގެ ހުރިހާ ގައުމެއް އަތުކުރި އޮޅާލައިގެން ނިކުމެފައިވާއިރު، އަދިވެސް މި ކަމަށް ހުއްޓުމެއް ނާދެއެވެ.

ޓެރަރިޒަމްގެ ހަމަލާތައް ކުށްވެރިކޮށް ދުނިޔޭގެ ގައުމުގެތަކުގެ މީހުން އެ މީހުންގެ ޝުއޫރުތައް ފާޅުކުރަން އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ޕްލެޓްފޯމްއަކީ މީސް މީޑިޔާއެވެ. މީސް މީޑިޔާ މެދުވެރިކޮށް ވަކި ނަސްލަކަށް ކުލައަކަށް ބެލުމެއް ނެތި އެ މީހުންގެ މެސެޖްތައް މުޅި ދުނިޔެއަށް އެ މީހުން އަންނަނީ ދެމުނެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް އެ މީހުންގެ ދުނިޔޭގެ ގައުމުގެތަކުގެ ލީޑަރުންނަށް މި ކަމާއި ގުޅިގެން ދޭން ބޭނުންވާ މެސެޖްތައް ވެސް ދަނީ ދެމުންނެވެ. މި ދިޔަ އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާތައް މުޅި ދުނިޔެ ކުށްވެރިކުރަމުންދާއިރު، އެ ހަމަލާތަކުގެ ސަބަބުން ފުން އަސަރުތަކެއް ކުރި ތުއްތު ކުއްޖަކު ވަނީ ދުނިޔޭގެ ގައުމުތަކުގެ ހުރިހާ ލީޑަރުންނަށް އެޑްރެސްކޮށް ސިޓީއެއް ލިޔެފައެވެ. އޭނާގެ މި ސިޓީ ވަނީ މީސްމީޑިޔާގެ ސަމާލުކަން ހޯދާފައެވެ. މި ސިޓީއިން އެތައް ބައެއްގެ ހިތްތައް ރޮއްވާލާފައިވާއިރު، އޭގެ ތެރޭގައި ސްރީލަންކާގެ ނޫސްވެރިން ވެސް ހިމެނެއެވެ.

މިޝްއާލް ދުނިޔޭގެ ލީޑަރުންނަށް ލިޔުނު ސިޓީ

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިރާއްޖެއަށް ނިސްބަތްވާ ތުއްތު އިސްމާއިލް މިޝްއާލް މުހައްމަދު ސަމާހު ލިޔުނު ސިޓީގައި ބުނެފައި ވަނީ އޭނާ ހާސްވެ ކަންބޮޑުވެ ބިރުގެންފައިވާ ކަމަށާއި، އެކަކު އަނެކަކުގެ ލޭ އޮހުރުވަމުން ދަނީ ކީއްވެގެން ހެއްޔެވެ. އެންމެން އެކަކު އަނެކަކަށް ހެޔޮ ނޭދި މީހުން މަރަމުން ލޭ އޮހޮރުވަމުން ދަނީ ކީއްވެގެންތޯ ބުނެ، އޭނާ ވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ.

"ކީއްވެތަ ކުދިން ސްކޫލަށް ނުފޮނުވަނީ؟ އެކަކު އަނެކަކަށް ރަނގަޅަށް ނުހިތަނީ ކީއްވެ؟ އެކަކު އަނެކަކުގެ ލޭ އޮހުރުވާ، ހަނގުރާމަކޮށް، އަމިއްލަ ގައުމު ހަލާކުކޮށްލަނީ ކީއްވެ؟ ކީއްވެ؟ ކީއްވެ؟ ކީއްވެ؟" މިޝްއާލް އޭނާގެ ސިޓީގައި ލިޔެފައި ވެއެވެ.

ދުނިޔޭގެ ހުރިހާ އެންމެނަށް ދޭ މެސެޖެއް ކަމަށް ބުނެ އޭނާގެ ސިޓީގައި އާދޭހާއި އެކުގައި އެދިފައި ވަނީ މީހުން މެރުން ހުއްޓާލުމަށާއި، އެކަކު އަނެކެކެއްގެ ލޭ އޮހުރުވުން ހުއްޓާލުމަށެވެ.

"މީހުން މެރުން ހުއްޓާލަފާނަންތަ؟އެކަކު އަނެކެއްގެ ލޭ އޮހުރުވުން ހުއްޓާލަފާނަންތަ؟ އަމިއްލަ ގައުމާއި، ގައުމުގައި ހަދާފައި ހުރި އިމާރާތްތައް ހަލާކުކުރުން ހުއްޓާލަފާނަންތަ؟" މިޝްއާލް ބުނެފައި ވެއެވެ.

މި ފަދަ ހަމަލާތަކުގެ ސަބަބުން ކުޑަކުދިންގެ ޅަ ސިކުނޑިއަށް ކުރަމުންދާ އަސަރު ވަރަށް ރަނގަޅަށް މި ސިޓީ ކިޔާލުމުން ދޭހަވެއެވެ. ލަންކާގައި ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ބިރުގަނެ ކަންބޮޑުވެފައިވާ މިޝްއާލް އޭނާ އާއި އެއް އުމުރެއްގެ ކުދިންގެ އިހްސާސްތައް ސިޓީގައި ބަންޑުންކުރަމުން ބުނެފައިވަނީ ތިމަންނަމެން ސްކޫލަށް ދާން ބޭނުންވާ ކަމަށާއި، އަދި ރައްޓެހިންނާއި އާއިލާއާ އެކު ކުޅެން ޕާކަށްދާން ބޭނުންވާ ކަމަށެވެ.

"އަހަރެމެން އެންމެނަކީ ވެސް އިންސާނުން، އަހަރެމެންނަށް ތަދު އިހްސާސްވޭ. އަހަރެމެން ސްކޫލަށް ދާން ބޭނުންވޭ. އަހަރެމެން ރައްޓެހިންނާއި، އާއިލާ އާއި އެކު ޕާކަށްދާން ބޭނުންވޭ،"މިޝްއާލް ބުނެފައިވެއެވެ.

ފަހުގެ ތާރީޚެއްގައި ލަންކާގައި ދެވުނު އެންމެ ބޮޑު ޓެރަރިސްޓް ހަމަލާގައި 45 ކުދިން ވަނީ މަރުވެފައެވެ. އަދި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނެއެވެ.

ޓެރަރިސްޓް ހަމަލާގައި 45 ކުދިން ވަނީ މަރުވެފައި

މައިންނާއި، ބަފައިން އެ މީހުންގެ ދަރިން އެ މީހުންނާއި ވަކިވެ ދިއުމުގެ ހިތާމަ ކުރަމުންދާ މި ދަނޑިވަޅުގައި މިޝްއާލް ދުނިޔޭގެ ލީޑަރުންނަށް ލިޔުނު ސިޓީގައި އޭނާ ވަނީ އާދޭހާއި އެކު އަމާން އުފާވެރި މާހައުލެއްގައި އެ ކުދިންނަށް އުޅެވޭނެ ގޮތް ހަދައިދިނުމަށް އާދޭހާ އެކު އެދިފައެވެ.

"އަހަރެމެންނަށް އުފާވެރި އަމާން މާހައުލެއް ހޯދައިދީ. މިއަދުވެސް މާދަންވެސް އަހަރެމެން ބިރު ގަންނާނެ ގޮތްތައް ނަހަދާ" މިޝްއާލް ބުނެފައިވެއެވެ.

ދީނީ ތަފާތު ކުރުންތަކާއި، ނަސްލީ ތަފާތު ކުރުންތައް ގިނަވެފައިވާ މި ދުނިޔޭގެ ލީޑަރުންނަށް މި ކަންތައް ހައްލުކޮށް ދިނުމަށް މިޝްއާލް ވަނީ އޭނާގެ ސިޓީގައި އާދޭހާ އެކު އެދިފައެވެ.

"ޕްލީޒް އެކަކު އަނެކަކަށް ރަނގަޅަށް ކަންތައް ކުރޭ. ކޮންމެ ދީނެއްގެ މީހެއް ވިޔަސް، މުއްސަންޖަކަށް ވިޔަސް، ފަގީރަކަށް ވިޔަސް، ކޮންމެ ގައުމަކަށް ނިސްބަތް ވިޔަސް، ކަޅު މީހަކު ކަމުގައިވިޔަސް، ދޮން މީހަކު ކަމުގައިވިޔަސް، ޕްލީޒް އެކަކު އަނެކަކަށް ރަނގަޅަށް ކަންތައް ކުރޭ"

ތިމާގެ ގައުމާއި އަދި އެ ގައުމުގެ މީހުންނާއި، ދިދައަށް ގަދަރު ކުރުމަށް އޭނާ ވަނީ އެދިފައެވެ.

އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާތަކުގައި މުޅި ގައުމު ނާމާންވެ ބިރުވެރިކަމެއްގެ ތެރޭގައިވާއިރު، މި ހަމަލާގައި 321 މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ. މި ހަމަލާގެ ސަބަބުން މިޝްއާލް ފަދަ އެތައް ކުއްޖަކު މި ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކުދިންވެސް ދުނިޔޭގެ ލީޑަރުންގެ އަރިހުން އެދެނީ އެ ކުދިންނަށް ބިރުވެރިކަމެއް ނެތި އަމާންކަމާ އެކު ދިރިއުޅެވޭނެ މަގު މި ދުނިޔޭގައި ހޯދައިދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު