Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަޑަގަސްކަރަ

މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!

ފެނާއި ކަރަންޓު ކެނޑުމާ ގުޅިގެން ޒުވާނުން އިސްނައިގައިގެން ފެށި އިހުތިޖާޖާ ސިފައިން ގުޅުމާއެކު، ގައުމުގެ ރައީސް އެންޑްރީ ރަޖޮލީނާ ފުރާނަ ސަލާމަތް ކުރަން ފިލައިގެން ދިޔަ ކަން އޭނާގެ ފަރާތުން ބްރޯޑްކާސްޓު ކުރި މެސެޖެއްގައި ވަނީ ހާމަ ކޮށްފައި.

ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 17:13
މަޑަގަސްކަރައިގެ ސިފައިންގެ ކެޕްސެޓް ޔުނިޓްގެ މެމްބަރުން އާމަރްޑް ވެހިކަލްތަކުގައި އަންޓަނާނާރިވޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދަތުރުކުރަމުން ދަނީ

މަޑަގަސްކަރައިގެ ސިފައިންގެ ކެޕްސެޓް ޔުނިޓްގެ މެމްބަރުން އާމަރްޑް ވެހިކަލްތަކުގައި އަންޓަނާނާރިވޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދަތުރުކުރަމުން ދަނީ

މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ފެށި މުޒާހަރާތަކުގައި ސިފައިން ބައިވެރިވުމާއެކު ރައީސް އެންޑްރީ ރަޖޮލީނާ ފިލައިގެން ގައުމު ދޫކޮށް ހިނގައްޖެއެވެ.

މަޑަގަސްކަރައިގެ މުޒާހަރާތައް ހޫނުވެ އެލީޓް އަސްކަރީ ޔުނިޓަކުން ޒުވާނުންގެ މުޒާހަރާ އަށް ގުޅުމަށް ނިންމިކަން އިއުލާނު ކޮށްފައިވަނިކޮށް އެ ގައުމުގެ ޕާލިމަންޓުން ވަނީ ރައީސް އެންޑްރީ ރަޖޮލީނާ ގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފައެވެ.

ޕާލިމެންޓުގައި ވޯޓު ނެގީ ރައީސް ގައުމުން ފިލައިގެން ދިޔަކަން ކަށަވަރުކުރިވިތާ ދާދި މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު މި ވޯޓު ނެގީ، ރަޖޮލީނާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ޑިކްރީއެއްގެ ޒަރީއާއިން ޕާލިމަންޓް އުވާލުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މި ޑިކްރީ ބަލައިނުގަންނަ ކަމަށް އޮތީ ބުނެފައެވެ.

"އަޅުގަނޑު ވަނީ ޤާނޫނުއަސާސީ އާ އެއްގޮތްވާ ގޮތުގެ މަތިން ނެޝަނަލް އެސެމްބްލީ އުވާލުމަށް ނިންމާފައި،" ރަޖޮލީނާ އަންގާރަ ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރިއެވެ. "މިއީ އަޅުގަނޑުމެންގެ ޤައުމުގައި އަލުން އަމާންކަން ޤާއިމުކޮށް، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންވާ ޗޮއިސްއެކެވެ. ރައްޔިތުންގެ އަަޑު އަލުން އިވެންޖެހެއެވެ.. ޒުވާނުންނަށް މަގުފަހިކޮށްދޭން ޖެހޭނެއެވެ."

ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑޭތީ ފުރަތަމަ ފެށުނު މުޒާހަރާތައް ފަހުން ފުރޮޅިގެން ދިޔައީ ރަޖޮލީނާގެ ސަރުކާރަށް އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާލަތަށް މަޑަގަސްކަރަ ވެއްޓިގެން ދިއުމާއެވެ.

"އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަޅުގަނޑަށް މަޖުބޫރުވީ ރައްކާތެރި ތަނެއް ހޯދުމަށް،" ރަޖޮލީނާ ފިލައިގެން ދިއުމާ ގުޅޭ ގޮތުން ބުނެފައިވެއެވެ. އޭނާ މިހާރު ހުރި ތަނެއް ހާމަނުކޮށް، 26 މިނެޓުގެ ލައިވް ބްރޯޑްކާސްޓެއްގައި ގައުމު ދޫކުރިކަން ވަނީ ހާމަ ކޮށްފައެވެ.

ރަޖޮލީނާގެ ބަޔާން ބްރޯޑްކާސްޓް ކުރި އިރު ކެޕްސެޓް (CAPSAT) ގެ ނަމުން މަޝްހޫރު ސިފައިންގެ އިސް ޔުނިޓަކުން ދައުލަތުގެ ބްރޯޑްކާސްޓަރު އެމީހުންގެ ކޮންޓްރޯލުގެ ދަށުގައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. ޕާލިމަންޓުގައި އިމްޕީޗްމަންޓް ކުރިއަށްދަނިކޮށް އަސްކަރީ އެލީޓް ޔުނިޓުން ބުނެފައިވަނީ އެމީހުންގެ އަތުގައި ގައުމުގެ ކޮންޓްރޯލު އޮތް ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން އިތުބާރު ނެތް ކަމުގެ ވޯޓަށް އިސްނެގީ ރަޖޮލީނާ އޭނާގެ މަޤާމު "ދޫކޮށްލާފައިވާ" ކަމަށް ބުނެއެވެ.

އަންގާރަ ދުވަހުގެ ރޭ ފޭސްބުކުގައި ޕޯސްޓްކުރި މެސެޖެއްގައި ރަޖޮލީނާ ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ސިފައިން ބާރު ހޯދުމުގެ މަސައްކަތް ކުށްވެރިކޮށް، އެއީ "ޤާނޫނުއަސާސީއާ ޚިލާފު" ކަމެއް ކަމަށް ބުނެފައެވެ.

މިވަގުތު އެ ޤައުމުގައި ސާފުކޮށް ފެންނަ ވެރިއަކު ނެތެވެ.

މަޑަގަސްކަރަ އަކީ ސިޔާސީ ހަމަނުޖެހުންތަކާއި ބަޣާވާތުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ރަޖޮލީނާ މިހާރު ޤައުމުން ފިލައިގެން ދިޔަކަމަށް ބެލެވޭ ގޮތަކީ 2009 ވަނަ އަހަރު ހިނގި މުޒާހަރާތަކާ ގުޅިގެން ކަންހިނގި ގޮތާ ވަރަށް އެއްގޮތައް ހިނގި ކަމެއް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޭރު އެ މުޒާހަރާތަކުގެ ސަބަބުން ކުރީގެ ސަރުކާރު ވެއްޓި، ރަޖޮލީނާ ވެރިކަމަށް އައެވެ. ނަމަވެސް، އޭނާގެ ސަރުކާރަށް ކޮރަޕްޝަނާއި އިޤްތިޞާދު ހީނަރުވުމާ ގުޅިގެން ފާޑު ކިޔުންތަކާއި ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ.

"ޖެން ޒެޑް މެޑަގަސްކަރ" ގެ ނަމުގައި މަޝްހޫރުވި މުޒާހަރާ ތަކަކަކީ ޒުވާނުންގެ ހަރަކާތަކުން އިސްނަގައިގެން، ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތަކެކެވެ. އެ ގޮތުން ރުޅިއައިސްފައިވާ އެތައް ސަތޭކަ މީހުން ވަނީ ވެރިރަށް އެންޓަނަނަރީވޯގެ މަގުތަކަށް ނުކުމެފައެވެ. ތިން ހަފްތާގެ ހަމަނުޖެހުންތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވަނީ ފާއިތުވި ހަފްތާ ބަންދުގައެވެ.

ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ވިޔަފާރިތަކާއި ގޭޭބިސީތަކަށް 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަރަންޓާއި ފެން ނުލިބި ދިއުމާ ގުޅިގެން ފެށުނު ރުޅިވެރިކަން ދާދި އަވަހަށް ބަދަލުވެގެން ދިޔައީ މުޅި ސަރުކާރު ހިންގާ ގޮތާމެދު އޮތް ހިތްހަމަނުޖެހުމަކަށެވެ.

މުޒާހަރާ ކުރި މީހުން ކުށްވެރިކުރަމުން ދިޔައީ ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ފަޤީރުކަމާއި، ދިރިއުޅުމުގެ އަގުބޮޑުކަމާއި، ސަރުކާރާ ގާތް ގުޅުން އޮންނަ ވިޔަފާރިވެރިންނަށް ފައިދާވާ ގޮތަށް ދައުލަތުން ކޮރަޕްޝަން ހިންގަމުން ދިއުމެވެ. މުޒާހިރާ ކުރި މީހުން ގޮވަމުން ދިޔައީ ރަޖޮލީނާގެ 15 އަހަރުގެ ސަރުކާރު ނިމުމަކަށް ގެނައުމަށާއި، "މިނިވަން، ހަމަހަމަ އަދި އެއްބައިވަންތަ މުޖުތަމަޢެއް" އުފެއްދުމަށެވެ.

އެންޑްރީ ރަޖޮލީނާމަޑަގަސްކަރަޖެން ޒެޑް މެޑަގަސްކަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

26 އޮކްޓޯބަރު 2025
ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި

ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި

17 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

12 އޮކްޓޯބަރު 2025
މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

07 އޮކްޓޯބަރު 2025
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު