Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަޑަގަސްކަރަ

މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

ހަލަބޮލި ސިޔާސީ މަސްރަހު ހަމަޖެއްސުމަށް ސިފައިންގެ ޖެނެރަލެއް ބޮޑުވަޒީރަކަށް އައްޔަންކުރި ނަމަވެސް، ރައީސް ރަޖޮލީނާގެ ވެރިކަން ދެމިއޮތްހާ ހިނދަކު މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިހުތިޖާޖުކުރާ ފަރާތްތަކުން ވަނީ ބުނެފަ.

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 10:41
މަޑަގަސްކަރައިގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާތައް ހިނގަމުންދާތާ ތިންވަނަ ހަފުތާއަށް ވަނީ ވަދެފައި

މަޑަގަސްކަރައިގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާތައް ހިނގަމުންދާތާ ތިންވަނަ ހަފުތާއަށް ވަނީ ވަދެފައި

މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާ ގައި އެ ގައުމުގެ ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑީރުގެ މުހުލަތެއް ދީފިއެވެ.

މަސްރަހް ފިނިކުރެވޭތޯ ރައީސް އެންޑްރީ ރަޖޮލީނާ ވަނީ ސިފައިންގެ ޖެނެރަލެއް އައު ބޮޑުވަޒީރުގެ މަޤާމަށް އައްޔަން ކުރައްވާފައެވެ.

ރަޖޮލީނާ ވިދާޅުވީ ޤައުމަށް "އިތުބާރު އަލުން ހޯދައި، އަމަން ޤާއިމު ކުރުމަށް ކުޅަދާނަ" ވެރިއެއް ބޭނުންވާ ކަމަށެވެ. އަދި އޭނާ ވަނީ އަސްކަރީ ޖެނެރަލަކު އެ މަޤާމަށް ހުށަހަޅުއްވާފައެވެ.

ބަޣާވާތެއްގެ ތެރެެއިން ވެރިކަން ވެއްޓިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އަސްކަރީ ޖެނެރަލަކު ސަރުކާރު ހިންގަން އައްޔަން ކުރުމަކީ ސަރުކާރު ވަރަށް ބޮޑަށް އަސްކަރީ ވެގެން ދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއީ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ސިފައިންގެ އެއްބާރުލުން ހޯދުމަށް އެ ގައުމުގެ ރައީސް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

މަޑަކަސްކަރައިގެ ރައީސް ގެ މި ހުށަހެޅުން ޒުވާނުން ބަލައި ނުގަންނާނެ ކަމަށް އެމީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

"ރަޖޮލީނާ ވެރިކަމުގައި ހުރިހާ ހިނދަކު އަހަރުމެން މި ހަނގުރާމަ ކުރިއަށް ގެންދާނަމެވެ،" ޖެން ޒީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޒުވާނުން އިސްވެގެން ކުރަމުންދާ މި އިހުތިޖާޖުތައް ފެށުނީ 25 ސެޕްޓެމްބަރު ގައެވެ. މިކަން ފެށުނީ ތަކުރާރުކޮށް ކަރަންޓާއި ފެން ކަނޑާލަމުން ދިޔުމުން އާންމުންގެ ރުޅިވެރިކަން މައްޗަށް ގޮސްގެންނެވެ. އަދި މިހާރު މިކަން ވަނީ ކޮރަޕްޝަނާއި ވަޒީފާގެ ފުރުޞަތު ނެތުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ހަރަކާތަކަށް ބަދަލުވެފައެވެ.

ފާއިތުވި ހަފުތާގައި ރަޖޮލީނާ ވަނީ އިހުތިޖާޖުކުރާ ފަރާތްތައް ރުއްސުމަށްޓަކައި މަދަނީ ބޮޑުވަޒީރު އާއި އޭނާގެ މުޅި ކެބިނެޓް ވަކިކޮށްފައެވެ.

ހޯމަ ދުވަހުގެ ރޭ ރިޔާސީ ގަނޑުވަރުގައި ދެއްކެވި ވާހަކައެއްގައި ރަޖޮލީނާ ވަނީ ޖެނެރަލް ޒަފިސަމްބޯ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރިކަން އިއުލާނުކޮށް، ބޮޑުވަޒީރަކަށް ވާން ޖެހޭނީ "ސާފު" އަދި "މަޑަގަސްކަރު ސަލާމަތް ކުރުމަށް ތައްޔާރަށް ހުރި،" މީހެއް ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި ހަފުތާގައި އދ. އިން ބުނެފައިވަނީ މަދުވެގެން 22 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އިހުތިޖާޖުތަކުގައި އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މި އަދަދުތައް ބަލައިނުގަނެ، މިއީ "ހީ އާއި ދޮގު މަޢުލޫމާތު" އަށް ބިނާކޮށް ނެރެފައިވާ އަދަދުތަކެއް ކަމަށް ބުނެފައިވެއެވެ.

ހޯމަ ދުވަހާ ހަމަ އަށް އިންޑިއާ ކަނޑުގައި އޮންނަ މި ޖަޒީރާގައި ހިނގަމުންދާ ހަމަނުޖެހުން ތިންވަނަ ހަފުތާއަށް ދެމިގެން ގޮސްފައިވާއިރު، ސަލާމަތީ ބާރުތަކާއި އިހުތިޖާޖުކުރާ ފަރާތްތަކާ ދެމެދު އެކި ސިޓީތަކުގައި ކުރިމަތިލުންތައް ހިނގާފައިވެއެވެ.

ހޯމަ ދުވަހު، ގިނަ އަދަދެއްގެ ޒުވާނުން - އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޔުނިވަރސިޓީ ދަރިވަރުން ހިމެނޭ ގޮތަށް ވެރިރަށް އެންޓަނަނާރީވޯ ގެ މެދަށް މާރޗްކޮށްފައިވެއެވެ.

ސަލާމަތީ ބާރުތަކުން ބެރިކޭޑްތައް ޖަހާފައިވަނިކޮށް ހިނގި ކުރިމަތިލުން ތަކުގައި އެއް ޒުވާނަކު ޒަަޚަމްވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

މަޑަގަސްކަރު 1960 ގައި މިނިވަންވުމަށްފަހު އެކި ފަހަރުމަތިން ބަޣާވާތްތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ ތެރޭގައި 2009 ގައި ހިނގި ބޮޑު އިހުތިޖާޖުތަކާ ގުޅިގެން އޭރުގެ ރައީސް މާރކް ރަވަލޮމަނާނާ އިސްތިއުފާ ދިނުމަށް މަޖުބޫރުވެ، ރަޖޮލީނާ ވެރިކަމަށް އިސްކުރުން ހިމެނެއެވެ.

ރަޖޮލީނާ ހަތަރު އަހަރު ވެރިކަން ކުރުމަށްފަހު 2018 ގެ އިންތިޚާބުން އަލުން ވެރިކަމަށް ވަނީ ވަޑައިގަނެފައެވެ. 2023 ގައި އަލުން އިންތިޚާބު ވުމަށްފަހު އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު ކުރިމަތިވެފައިވާ މި އިހުތިޖާޖުތަކެވެ.

ޤުދުރަތީ ވަސީލަތްތައް ލިބިފައިވީ ނަމަވެސް، މަޑަގަސްކަރަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ވޯލްޑް ބޭންކުގެ މަޢުލޫމާތު ދައްކާގޮތުން، މި ޤައުމުގެ 75% މީހުން ދިރިއުޅެނީ ފަގީރުކަމުގެ ހާލަތުގައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މަޢުލޫމާތު ދައްކާގޮތުން، މަޑަގަސްކަރުގެ 30 މިލިއަން އާބާދީގެ ތެރެއިން ކަރަންޓުގެ ޚިދުމަތް ލިބެނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަށެވެ.

މަސްދަރު: ބީބީސީ

މަޑަގަސްކަރަޒުވާނުންގެ މުޒާހަރާމަޑަގަސްކަރައިގެ ސިޔާސީ ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

26 އޮކްޓޯބަރު 2025
ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި

ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި

17 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!

މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!

14 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު