Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަޑަގަސްކަރަ

ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި

މަޑަގަސްކަރައިގެ އެލީޓް ކެޕްސެޓް އަސްކަރީ ޔުނިޓުގެ އިސްވެރިޔާ ކާނަލް މައިކަލް ރެންޑްރިއަނިރީނާ ޤައުމުގެ ވަގުތީ ރައީސްކަމަށް ވަނީ އައްޔަން ކޮށްފައި. އަސާސީ ޚިދުމަތްތައް ނުލިބިގެން ފެށުނު މުޒާހަރާތަކުގެ ތެރެއިން ކުރީގެ ރައީސް ފިލައި، ބާރުތައް އަސްކަރިއްޔާގެ އަތްމައްޗަށް އައުމާއެކު، ރައްޔިތުންގެ އުއްމީދުތައް ފުއްދައިދޭނެކަމުގެ ޔަޤީންކަން އޭނާ ދީފައިވޭ.

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 19:11
އޮކްޓޯބަރު 14: ކާނަލް މައިކަލް ރެންޑްރިއަނިރީނާ ގެ ކޮމާންޑުގެ ދަށުން ސިފައިންގެ ޕަރސަނަލް އެޑްމިނިސްޓްރޭޝަން ސެންޓަރު (ކެޕްސެޓް) ގެ ސިފައިން، ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލް އަތުލި.

އޮކްޓޯބަރު 14: ކާނަލް މައިކަލް ރެންޑްރިއަނިރީނާ ގެ ކޮމާންޑުގެ ދަށުން ސިފައިންގެ ޕަރސަނަލް އެޑްމިނިސްޓްރޭޝަން ސެންޓަރު (ކެޕްސެޓް) ގެ ސިފައިން، ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލް އަތުލި.

މިދިޔަ ހަފްތާ ނިމުމުގެ ކުރިން، މަޑަގަސްކަރައިގެ ގިނަ ރައްޔިތުންނަށް ކާނަލް މައިކަލް ރެންޑްރިއަނިރީނާ އަކީ ދަންނަ ނަމެއް ނޫނެވެ.

ނަމަވެސް، އެންމެ ދެތިން ހަތަރު ދުވަހުގެ ތެރޭގައި ތެރޭގައި، އޭނާއަކީ ޤައުމުގެ އެންމެ ބާރުގަދަ މީހާއަށް ވެ، މިހާރު ރައީސްކަމުގެ ހުވާ ކުރި ފަރާތް ކަމުގައި ވަނީ ވެފައެވެ.

ރެންޑްރިއަނިރީނާ ގެ ކުއްލި ކުރިއެރުން ފެށުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މަޑަގަސްކަރައިގެ އެލީޓް ކެޕްސެޓް އަަސްކަރީ ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި، އޭނާގެ ސިފައިންނާއެކު ވެރިރަށުގެ މެދުތެރެއަށް ދަތުރުކޮށް، ރައީސް އިސްތިއުފާ ދިނުމަށް ގިނަ ދުވަސްތަކެއް ވަންދެން ގޮވާލަމުން ގެންދިޔަ އެތައް ހާސް އާންމު ރައްޔިތުންނާ ގުޅުނެވެ.

މުޒާހަރާ ހޫނުވެ އެންމެ ފަހުން ރައީސް އެންޑްރީ ރަޖޮލީނާ ވެރިރަށުން ފިލިއެވެ. އެއާ އެކު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އޭނާ އިމްޕީޗް ކުރުމަށް ވޯޓުލުމާ އެކު އުމުރުން 51 އަހަރުގެ ރެންޑްރިއަނިރީނާ ހުސްވެފައިވާ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ހުރެ ދުނިޔޭގެ މީޑިއާތަކަށް އެންގީ ކެޕްސެޓުން އެ ގައުމުގެ ވެރިކަން ހިންގަން ފަށާ ވާހަކައެވެ.

އޭގެ ފަހުން ކޮންސްޓިޓިއުޝަނަލް ކޯޓުން އިޢުލާންކޮށްފައި ވަނީ އޭނާއަކީ ޤައުމުގެ އައު ވެރިޔާ ކަމަށެވެ. ނަމަވެސް ވައްޓާލެވުނު ރައީސް އަދިވެސް ބުނަމުން ދަނީ އޭނާ ވެރިކަމުގައި ދެމިހުރި ކަމަށެވެ. އެހެން ނަމަވެސް ވައްޓާލެވުނު ރައީސް ހުރި ތަނެއް އަދިވެސް ސާފުވެފައެއް ނުވެއެވެ.

އަލަށް ވެރިކަމަށް ހަވާލުވި ކާނަލް ރެންޑްރިއަނިރީނާ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަޑަގަސްކަރައިގެ މެކްސިމަމް ސެކިއުރިޓީ ޖަލަށްލިއެވެ. އޭނާގެ މައްޗަށް އައި ހުކުމަކީ ޝަރީޢަތެއް ނެތި، ކުރި ހުކުމެއް ކަމަށް އެ ގައުމުގެ ގިނަ މީހުން ގަބޫލު ކުރެއެވެ. އޭނާ އަށް ތުހުމަތު ކުރެވުނީ އަމުރަށް ނުކިޔަމަންތެރިވުމަށް ހިތްވަރުދިނުމާއި ވެރިކަން ވައްޓާލުމުގެ ރޭވުމެވެ.

ދަރިވަރުންގެ ޖަމާޢަތްތަކާއި، ސިފައިންނާއި، ސިޔާސީ ވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަކާލާތުކޮށްފައިވަނީ ރެންޑްރިއަނިރީނާ ޖަލަށްލީ ނުޙައްޤުން ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޖެހިގެން އައި އަހަރުގެ ފެބްރުއަރީ މަހު އޭނާ މިނިވަން ކުރެވުނެވެ.

ކާނަލް މައިކަލް ރެންޑްރިއަނިރީނާ މަޑަގަސްކަރައިގެ އައު ރައީސްގެ ގޮތުގައި ހުވާކޮށްފައިވާ އިރު އޭނާ ވަނީ އަސްކަރީ ހެދުން ބަދަލުކޮށް ސޫޓު ލައިގެން، ހަފްތާތަކެއް ވަންދެން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރި ޒުވާނުންނަށް ޝުކުރު އަދާކޮށްފައެވެ.

ވަގުތީ ރައީސް މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ވެރިރަށް އެންޓަނަނަރީވޯ ގައި ހުންނަ ކޮންސްޓިޓިއުޝަނަލް ކޯޓުގައެވެ. އެތަނުގައި ގިނަ ބައްޔަކު އެއްވެ، މަންޒަރު ބަލަން ތިއްބެވެ. މީގެ ތެރޭގައި މުޒާހަރާތައް އިސްވެ ހިންގި ފަރާތްތައްވެސް ހިމެނެއެވެ.

"މިއަދަކީ އަޅުގަނޑުމެންގެ ޤައުމަށް ތާރީޚީ ބަދަލެއް އަންނަ ދުވަހެކެވެ. ބަދަލު ގެނައުމުގެ ޝައުޤުވެރިކަމާއެކު ފުރިހަމަ ޖޯޝުގައިވާ ރައްޔިތުންނާއެކު... އުފަލާއެކު އަޅުގަނޑުމެންގެ ޤައުމުގެ ހަޔާތުގައި އައު ބާބެއް ހުޅުވަމެވެ،" އައު ރައީސް ވިދާޅުވިއެވެ.

ކުރީގެ ފަރަންސޭސި ކޮލޮނީ އެއްގެ ގޮތުގައި އޮތް އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ މަޑަގަސްކަރަ މިހާރު ވަނީ އިންތިޤާލީ މަރުޙަލާއަކަށް ވަދެފައެވެ. މި މަރުޙަލާގައި ސިޔާސީ ހުރަސްތަކާއި ޤާނޫނީ ހަމަނުޖެހުންތައް ގިނަވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ކާނަލް ރެންޑްރިއަނިރީނާ ގެ ލީޑަރޝިޕާ މެދު ޔަގީންކަން އޮތް މީހުން އެ ގައުމުގައި މިހާރު މަދު ނުވާނެ ކަަމަށް ބެލެވެއެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސް ފްލޮރެންޓް ރަކޮޓޯއަރިސޯއާ ވަނީ މަޑަގަސްކަރަ މިވަގުތު އޮތް ޙާލަތު ބަޔާން ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން "ބަޣާވަތް" މިގޮތަށް ބުނާތީ ފާޑުކިޔާފައެވެ.

އޭނާ ދެކޭގޮތުގައި އެ ގައުމުގައި ޤާނޫނުއަސާސީ އާ ޚިލާފުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ބުނެފައިވަނީ ޙާލަތު ގޯސްވުމަށް މަގުފަހިވެފައިވަނީ ޤާނޫނުއަސާސީގެ ސަބަބުން ކަމަށެވެ.

މުޒާހަރާތައް ފެށުނީ މިދިޔަ މަހުގައެވެ. މިއީ ފުރަތަމަ ޖެން ޒީން މަޑާ ނަމަކަށް ކިޔާ ޒުވާނުންގެ ޙަރަކާތަކުން އިންތިޒާމު ކުރި މުޒާހަރާތަކެކެވެ. މި ޒުވާނުން ރުޅިގަދަވީ ދިގު މުއްދަތަކަށް ކަރަންޓާއި ފެން ނުލިބި ދިއުމުންނެވެ.

އޮކްޓޯބަރު 17: ސިފައިންގެ ތާއީދާއެކު ވެރިކަން ހޯދި އަސްކަރީ ގުރޫފްގެ ލީޑަރު ކާނަލް މައިކަލް ރެންޑްރިއަނިރިނާ، ހައި ކޮންސްޓިޓިއުޝަނަލް ކޯޓުގައި ވަގުތީ ރައީސްގެ މަގާމުގެ ހުވައި ކުރަނީ
އޮކްޓޯބަރު 17: ސިފައިންގެ ތާއީދާއެކު ވެރިކަން ހޯދި އަސްކަރީ ގުރޫފްގެ ލީޑަރު ކާނަލް މައިކަލް ރެންޑްރިއަނިރިނާ، ހައި ކޮންސްޓިޓިއުޝަނަލް ކޯޓުގައި ވަގުތީ ރައީސްގެ މަގާމުގެ ހުވައި ކުރަނީ

ވަގުތީ ރައީސް ކަމަށް ހަވާލުވި ކާނަލް ރެންޑްރިއަނިރީނާ ޖެން ޒީންގެ މުޒާހަރާކުރި ފަރާތްތަކަށް ބުނެފައިވަނީ އަސްކަރިއްޔާ އިން ސަރުކާރެއް އެކުލަވާލައި، ދެ އަހަރުގެ ތެރޭގައި އިންތިޚާބު ބާއްވާނެ ކަމަށެވެ.

ޤައުމުގެ އެތެރެއާއި ބޭރުގައި ތިބި ޑިމޮކްރަސީ އަށް ތާއީދުކުރާ ފަރާތްތަކުގެ އުއްމީދަކީ މި ވަޢުދު ފުއްދޭނެ ކަމަށެވެ.

ކާނަލް ރެންޑްރިއަނިރީނާ ގެ ލީޑަރޝިޕްގެ ދަށުން، މަޑަގަސްކަރައިގެ ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ މައްސަލަތައް ޙައްލު ކުރުމަށް އިސްކަންދޭނެ ކަމަށް އެ ގައުމުގެ ގިނަ ބަޔަކު އުއްމީދުކުރެވެއެވެ. ޚާއްޞަކޮށް ކަރަންޓާއި ފެނުގެ ދަތިކަން ޙައްލުކުރުމާއި، އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމާއި، ސިޔާސީ އިސްލާހުތައް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް އެ މީހުން ތިބީ އުއްމީދު ކޮށްގެންނެވެ.

ނަމަވެސް، މި އައު ވެރިކަމުގެ ޝަރުޢީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައެއް ފަރާތްތަކުން ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ސިފަކުރަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމަށް ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.

އެހެންކަމުން، މަޑަގަސްކަރައިގެ އައު ވެރިކަމުގެ ކާމިޔާބީ ބިނާވެގެން ދާނީ ރައްޔިތުންގެ އުއްމީދުތައް ފުއްދައިދިނުމާއި، ޤައުމުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު ހޯދުމުގެ މައްޗަށް ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

ކާނަލް މައިކަލް ރެންޑްރިއަނިރީނާމަޑަގަސްކަރަ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

26 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!

މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!

14 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

12 އޮކްޓޯބަރު 2025
މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

07 އޮކްޓޯބަރު 2025
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު