Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަޑަގަސްކަރަ

ވެރިކަމުން ވައްޓާލި ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި

26 އޮކްޓޯބަރު 2025 | އާދީއްތަ 05:17

ހުކުރު ދުވަހު ނެރުނު ޤަރާރެއްގައި އެ ޤައުމުގެ ބޮޑު ވަޒީރު ހެރިންޓްސަލަމާ ރަޖަވޮނަރިވެލޯ ވިދާޅުވެފައި ވަނީ، ޤައުމުގެ ޤާނޫނު ތަކުގެ ދަށުން، އަމިއްލަ އިޚްތިޔާރުގައި ބޭރު ޤައުމެއް ރައްޔިތެއްކަން ހޯދާ މަޑަގަސްކަރައިގެ ރައްޔިތުން، އެ ޤައުމުގެ ރައްޔިތުކަން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނުވަތަ ރައްޔިތުކަން ގެއްލޭނެ ކަމަށެވެ.

މެޑަގަސްކަރުގެ ސިފައިން އެންޓި-ގަވަރމަންޓް މުޒާހަރާކުރި ފަރާތްތަކާ އެކު އެއްސަފުގައި ތިބެ، ބާރު ހޯދުމަށްފަހު ރައީސް ރަޖޮލީނާ ވަނީ ޤައުމުން ފިލައިގެން ގޮސްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2025 | އާދީއްތަ 05:17
ވެރިކަމުން ވައްޓާލި  މަޑަގަސްކަރައިގެ ކުރީގެ ރައީސް އެންޑްރީ ރަޖޮލީނާ

ވެރިކަމުން ވައްޓާލި މަޑަގަސްކަރައިގެ ކުރީގެ ރައީސް އެންޑްރީ ރަޖޮލީނާ

މަޑަގަސްކަރައިގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށް، ވެރިކަމުން ވައްޓާލި ކުރީގެ ރައީސް އެންޑްރީ ރަޖޮލީނާގެ ރައްޔިތުކަން ބާތިލު ކޮށްފި އެވެ.

މަޑަގަސްކަރައިގެ ސިފައިންގެ ވެރިކަމުން ވަނީ ރަޖޮލީނާގެ ރައްޔިތުންކަން ބާތިލު ކުރަން ނިންމައިފަ އެވެ. އެއީ ވެރިކަމުން ވައްޓާލި ފަހުންް، ރަޖޮލީނާ ފްރާންސްގެ ރައްޔިތުންކަން ހޯދުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު ނެރުނު ޤަރާރެއްގައި އެ ޤައުމުގެ ބޮޑު ވަޒީރު ހެރިންޓްސަލަމާ ރަޖަވޮނަރިވެލޯ ވިދާޅުވެފައި ވަނީ، ޤައުމުގެ ޤާނޫނު ތަކުގެ ދަށުން، އަމިއްލަ އިޚްތިޔާރުގައި ބޭރު ޤައުމެއް ރައްޔިތެއްކަން ހޯދާ މަޑަގަސްކަރައިގެ ރައްޔިތުން، އެ ޤައުމުގެ ރައްޔިތުކަން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނުވަތަ ރައްޔިތުކަން ގެއްލޭނެ ކަމަށެވެ.

އުމުރުން 51 އަހަރުގެ ރަޖޮލީނާ ވަނީ މި މަހުގެ ކުރީ ކޮޅު ޤައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންފަ އެވެ. އެއީ ސިފައިން އެންޓި-ގަވަމަންޓް މުޒާހަރާ ކުރި ފަރާތްތަކާ އެއް ސަފަކަށް އެނބުރި، ޤައުމުގެ ބާރު ހޯދުމާ ގުޅިގެންނެވެ. ޤައުމު ދޫކުރައްވައި ރަޖޮލީނާ ވަޑައިގެންނެވި ނަމަވެސް، މިވަގުތު އޭނާ ހުންނެވި ސީދާ ތަނެއް ކަށަވަރު ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން، މަޑަގަސްކަރައިގެ ބޮޑު ވިޔަފާރި ވެރިއެއް ކަމަށްވާ މަމިނިއައިނާ ރަވަޓޮމަންގާ ވަނީ ހުކުރު ދުވަހު ހައްްޔަރު ކޮށްފަ އެވެ. އެއީ މޮރިޝަސްގެ ފައިނޭންޝަލް ކްރައިމްސް ކޮމިޝަަން އިން ބަލަމުން އަންނަ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެންނެވެ. ރޭޑިއޯ ފްރާންސް އިންޓަނޭޝަނަލްގެ ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، އޭނާ އަކީ ކުރީގެ ރައީސް ރަޖޮލީނާ އަށް މާލީ ގޮތުން އެހީތެރިވާ މީހާ އެވެ.

ކޮމިޝަން އިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަވަޓޮމަންގާ، މޮރިޝަސްގައި ހިންގާ ވިޔަފާރި ތަކުގައި ކުށުގެ އަމަލުތައް ހިންގައިގެން ލިބުނު ފައިސާ ހިމެނިފައިވާ ކަމަށް ޤަބޫލު ކުރެވޭ ވަރަށް ގިނަ ސަބަބު ތަކެއް ހުރި ކަމަށެވެ.

ކޮމިޝަން އިން ވަނީ ރަވަޓޮމަންގާގެ އަމިއްލަ އެކައުންޓު އަދި އޭނާގެ ކުންފުނި ތަކުގެ ބޭންކު އެކައުންޓްތައް ހިފެހެއްޓުމުގެ އަމުރެއް ނެރެފަ އެވެ. މި ތަޙުގީގު ގައި ހިމެނެނީ އޭނާގެ ބެލުމުގެ ދަށުގައިވާ ވިޔަފާރި ތަކުގެ 6.46 ބިލިއަން ރުޕީސް (141.8 މިލިއަން ޑޮލަރު) އާއި އަމިއްލަ 858.5 މިލިއަން ރުޕީސް އެވެ.

ނަމަވެސް ރަވަޓޮމަންގާ ވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، ތުހުމަތު ތަކަށް އިންކާރު ކޮށްފަ އެވެ. އޭނާ ހުވައި ކޮށްގެން ދީފައިވާ ބަޔާނެއް ގައި ބުނެފައި ވަނީ، އެ ފައިސާ އަކީ 30 އަހަރުގެ ތެރޭގައި މޮރިޝަސް ގައި ވިޔަފާރި ކޮށްގެން ޤާނޫނީ ގޮތުން ހޯދާފައިވާ ފައިސާ ކަމަށާއި، އަދި އެއީ އެންމެ އިތުބާރު ހުރި ބޭންކު ތަކުގެ ދަށުން ބަލަހައްޓަމުން އައި ފައިސާ ކަމަށެވެ.

މަސްދަރު: ބްލޫމްބާގް

އެންޑްރީ ރަޖޮލީނާމަޑަގަސްކަރަމަމިނިއައިނާ ރަވަޓޮމަންގާ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި

17 އޮކްޓޯބަރު 2025
ޖަލުގެ ކުޑަގޮޅިން އެންމެ މަތީ މަގާމަށް - މަޑަގަސްކަރައިގެ ވެރިކަމަށް ޒުވާނުންގެ މުޒާހަރާ އާ ގުޅުނު ސިފައިންގެ އެލީޓް ޔުނިޓްގެ ވެރިޔާ އައްޔަން ކޮށްފި
14 އޮކްޓޯބަރު 2025

މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!

14 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި، ގައުމުގައި ވެރިއަކު ނެތް!
12 އޮކްޓޯބަރު 2025

މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް

12 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ ޒުވާނުންގެ އިހްތިޖާޖާ އަސްކަރީ ޔުނިޓަކުން ގުޅިއްޖެ، ރައީސް ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް
07 އޮކްޓޯބަރު 2025

މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

07 އޮކްޓޯބަރު 2025
މަޑަކަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާ - ރައީސް އިސްތިއުފާ ދިނުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި
25 ޖޫން 2018

އެމެރިކާއިން އުޅެނީ ރައީސް މަހުމޫދު އައްބާސް ވެރިކަމުން ވައްޓާލަން:ފަލަސްތީނު

25 ޖޫން 2018
އެމެރިކާއިން އުޅެނީ ރައީސް މަހުމޫދު އައްބާސް ވެރިކަމުން ވައްޓާލަން:ފަލަސްތީނު
28 މެއި 2018

އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ހުށަހެޅި މައްސަލަ އިރާގުގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 މެއި 2018
އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ހުށަހެޅި މައްސަލަ އިރާގުގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 މެއި 2018

އެބޯޝަން މަނާކުރާ ގާނޫނު ބާތިލުކުރުމަށް އަޔަލެންޑްގެ ރައްޔިތުން އާނއެކޭ ބުނެފި

27 މެއި 2018
އެބޯޝަން މަނާކުރާ ގާނޫނު ބާތިލުކުރުމަށް އަޔަލެންޑްގެ ރައްޔިތުން އާނއެކޭ ބުނެފި
13 ފެބުރުއަރީ 2018

ޒޫމާ ވެރިކަމުން ދުރުކުރަން ޖެހޭކަމަށް އޭއެންސީއިން ކަނޑައަޅައިފި

13 ފެބުރުއަރީ 2018
ޒޫމާ ވެރިކަމުން ދުރުކުރަން ޖެހޭކަމަށް އޭއެންސީއިން ކަނޑައަޅައިފި
28 ޑިސެމްބަރު 2017

މުގާބޭ ވެރިކަމުން ވައްޓާލި އަސްކަރީ ވެރިޔާ އަށް ގައުމުގެ ނައިބު ރައީސް ކަން

28 ޑިސެމްބަރު 2017
މުގާބޭ ވެރިކަމުން ވައްޓާލި އަސްކަރީ ވެރިޔާ އަށް ގައުމުގެ ނައިބު ރައީސް ކަން
15 ނޮވެމްބަރު 2017

މުގާބޭ ވެރިކަމުން ފައިބަނީ، ވަގުތީ ގޮތުން ވެރިކަމަށް ނަންގަގްވާ!

15 ނޮވެމްބަރު 2017
މުގާބޭ ވެރިކަމުން ފައިބަނީ، ވަގުތީ ގޮތުން ވެރިކަމަށް ނަންގަގްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް