Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕްލާސްޓިކް

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

މި އިޞްލާޙާއެކު، އެ ތާރީޚު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 07:10
ޕްލާސްޓިކް ފުޅި

ޕްލާސްޓިކް ފުޅި

500 މިލިލީޓަރާއި 1 ލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް ދިވެހި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުން މަނާ ކުރުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚު، 2027 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

މި ގޮތަށް ނިންމެވީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމާބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޞްލާޙުތަކެއް ގެންނެވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މި ގޮތަށް ނިންމާފައި ވަނީ، ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފަޔާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2024 ގެ ދަށުންނެވެ.

މި ބަދަލުތައް ގެނެވިފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 500 މިލިލީޓަރާއި 1 ލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ތާރީޚަށާއި، އަދި އެފަދަ ތަކެތި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީޚަށެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން، 500 މިލިލީޓަރާއި 1 ލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައިވާ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅާފައި އޮތީ 1 ޑިސެންބަރު 2025 ގައެވެ. ނަމަވެސް މި އިޞްލާޙާއެކު، އެ ތާރީޚު މިހާރު ވަނީ 1 ޑިސެންބަރު 2027 އަށް ފަސްކޮށްފަ އެވެ. މީގެ އިތުރުން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރަން ފެށުމަށް ކުރިން ކަނޑައަޅާފައި އޮތީ 1 މާރޗު 2026 ގައެވެ. އެހެންނަމަވެސް، އިޞްލާޙާއެކު މި ތާރީޚު ވަނީ 1 ޖޫން 2028 އަށް ބަދަލުކޮށްފަ އެވެ.

މި އިޞްލާޙުތަކުގެ ތަފްސީލު، ޤަރާރު ނަންބަރު 35/2025 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކުރައްވާފަ އެވެ.

ދިވެހިރާއްޖެއެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްޕްލާސްޓިކް ހުސްފުޅި

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު