Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީޒަޕް

އުރީދޫ ފިންޓެކް މޯލްޑިވްސް އާއި އީޒްއެޕް ޕާޓްނަރވެ އެމްފައިސާ މެދުވެރިކޮށް މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

މި ޕާޓްނަރޝިޕްގެ ދަށުން އީޒަޕް ބޭނުންކުރާ ފަރާތްތަކަށް ޑިސެމްބަރު 1، 2025 އިން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ނޮވެމްބަރު 2025 | ހޯމަ 03:21
އީޒެޕް އާއި އުރީދޫ އާއި ދެމެދު އެމްފައިސާ މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އީޒެޕް އާއި އުރީދޫ އާއި ދެމެދު އެމްފައިސާ މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒަޕްއާ އެކު އާ ޕާޓްނަރޝިޕެއް ގާއިމް ކޮށް އިއުލާނު ކޮށްފި އެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އީޒަޕް ބޭނުންކުރާ ފަރާތްތަކަށް ޑިސެމްބަރު 1، 2025 އިން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ އެވެ.

އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒަޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕާޓްނަރޝިޕްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އީޒަޕްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އެމްފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ އިން ކުރާމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ.

އީޒަޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ އީޒަޕްގައި އަބަދުވެސް ފޯކަސް ހުރީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް ކަމަށެވެ. އަދި އެމްފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވެނެ އެވެ. އަދި އުރީދޫ ފިންޓެކް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަކީ ކޭޝްލެސް މުސްތަގުބަލަށް ވާސިލުވެ، ޔުނިވާރސަލް ޑިޖިޓަލް އެކްސެސް އިތުރުކޮށް، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އެމްފައިސާގެ މުއާމަލާތްތަކަކީ ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ މުއާމަލާތެއްކަން ކަށަވަރު ކުރެވެ އެވެ.

އުރީދޫ ފިންޓެކް މޯލްޑިވްސްއީޒަޕްއެމްފައިސާޑިޖިޓަލް ޕޭމަންޓް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް ކޮފީއެއް - މި ބުދަ ދުވަހު ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް އިން

25 ނޮވެމްބަރު 2025
ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް ކޮފީއެއް - މި ބުދަ ދުވަހު ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް އިން
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު