Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

އަންނަ ޖެނުއަރީ މަހު ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާއި ދެކޮޅަށް 14 ޖެނުއަރީގައި ކުޅެން ހަމަޖެހިފައިވާއިރު، މުބާރާތުގައި ހަ ޓީމަކާ ދެކޮޅަށް ރާއްޖެ ވާދަ ކުރާނެ އެވެ. ފީފާ ގެ ފުޓްސަލް ރޭންކިން ގައި ރާއްޖޭގެ އަންހެން ޓީމު އަދި ރޭންކް ކޮށްފައި ނުވާއިރު، ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު އޮތީ ފީފާ ރޭންކިންގ ގެ 106 ވަނައިގައި އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން ކުޅެން ޖެހޭ 6 މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ 14 ޖެނުއަރީގައި ޕާކިސްތާނާއި ދެކޮޅަށެވެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 08:34
ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ފުޓްސަލް ޓީމު

ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ފުޓްސަލް ޓީމު

އަންނަ ޖެނުއަރީ މަހު ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމު ގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެ އެވެ.

ދެނުކު އޭޝިއާ ގެ އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލު ކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އިއްޔެ އާންމު ކޮށްފައިވާ މި މުބާރާތު ގެ ޝެޑިއުލް އަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ 14 ޖެނުއަރީ ގަ އެވެ. މި މުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗު ކުޅެން ހަމަޖެހިފައިވަނީ 16 ޖެނުއަރީ ގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. ގްރޫޕް ސްޓޭޖު ގައި ރާއްޖެއިން ކުޅެން ޖެހޭ ތިން ވަނަ މެޗު އޮންނާނީ 20 ޖެނުއަރީ ގައި އިންޑިއާ އާއި ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖު ގައި ރާއްޖެއިން ކުޅެން ޖެހޭ ހަތަރު ވަނަ މެޗު ކުޅެން ހަމަޖެހިފައިވަނީ 22 ޖެނުއަރީގައި ނޭޕާލް އާއި ދެކޮޅަށެވެ. 24 ޖެނުއަރީ ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗު ގައި ރާއްޖެ ނިކުންނާނީ 26 ޖެނުއަރީ ގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ.

މި މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުން ވެސް ކޮންމެ ޓީމަކާ ދެކޮޅަށް އެއް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީއިން ފެށިގެން 26 ޖެނުއަރީ އަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގަ އެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރީ ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވާތީ، އަންނަ މުބާރާތުގައި ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާ އެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދެ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގެ ޝެޑިއުލް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގެ ޝެޑިއުލް

މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ވެސް ބައިވެރި ވާނެ އެވެ. މިއާ އެކު 2026 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ވެގެންދާނީ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރު ކަމުގަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ފުރަތަމަ މެޗުގައި، ޖެނުއަރީ 13 ވަނަ ދުވަހު އިންޑިއާ އާ ދެކޮޅަށް ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، ޖެނުއަރީ 15 ވަނަ ދުވަހު ނޭޕާލް އާއި ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، ޖެނުއަރީ 17 ވަނަ ދުވަހު ޕާކިސްތާން އާއި ދެކޮޅަށް ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 21 ވަނަ ދުވަހު ބޫޓާން އާއި ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، ޖެނުއަރީ 23 ވަނަ ދުވަހު ސްރީލަންކާ އާއި ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި ޖެނުއަރީ 25 ވަަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ.

ސާފް އަންހެނުންގެ ފުޓްސަލް ޗެމްޕިއަންޝިޕް ގެ ޝެޑިއުލް
ސާފް އަންހެނުންގެ ފުޓްސަލް ޗެމްޕިއަންޝިޕް ގެ ޝެޑިއުލް

ފީފާ ގެ ފުޓްސަލް ރޭންކިން ގައި ރާއްޖޭގެ އަންހެން ޓީމު އަދި ރޭންކް ކޮށްފައި ނުވާއިރު، ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު އޮތީ ފީފާ ރޭންކިންގ ގެ 106 ވަނައިގަ އެވެ.

ދިވެހިރާއްޖެސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު