Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުން ހިމާޔަތް ކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އދއަށް ގޮވާލައިފި

5 ސެޕްޓެމްބަރު 2017 | އަންގާރަ 14:02

ނޯބަލް ޕީސް ޕްރައިޒް ލިބިފައިވާ ފަރާތެއް ލީޑަރަކަށް ހުރެ މިފަދަ ޖަރީމާ ހިންގުމަކީ ހިތާމަކުރާ ކަމެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 5 ސެޕްޓެމްބަރު 2017 | އަންގާރަ 14:02
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ އަނިޔާއާއި ދެކޮޅަށް މުޒާހަރާ ކުރަނީ

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ އަނިޔާއާއި ދެކޮޅަށް މުޒާހަރާ ކުރަނީ

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި އަނިޔާތައް ކުށްވެރިކޮށް އެކަން ހުއްޓުވައި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އދއަށް ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އަންގާރަ ދުވަހު ފާސްކުރި ޤަރާރުގައި ބުނެފައި ވަނީ، މިއަދު އިސްލާމީ މުޅި އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތްދަތިކަމަކީ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ޙައްޤުތައް ނަގާލައި، އެ ޤައުމުގައި ދެމުން ގެންދާ ލާއިންސާނީ ޢަމަލުތައް ކަމަށާ، މުސްލިމުން ޤަތުލުކޮށް، ގުނަވަންތައް ބުރިކޮށް، އަންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވަމުންދާ ކަމަށެވެ.

އެ ޤަރާރުގައި ބުނެފައިވަނީ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތު ކުރައްވައި، ނޯބަލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ފަރާތެއް ކަމުގައިވާ އަން ސަން ސޫޗީ އެ ޤައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނަވައި، ރޮހިންޖާ މުސްލިމުންނާއި ދޭތެރޭ މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ނިހާޔަތަށް ހިތާމަ ކުރާ ކަމެއް ކަމަށާ، އެކަން އައްޑޫސިޓީ ކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ހިމެނޭ އާބާދީއެއްގައި، މިފަދަ ބޮޑު ޤަތުލު ޢާއްމެއް ހިންގައި، އެތައް ހާސް މުސްލިމުން އެކަމުގައި ނެތި ފަނާވެ ދިއުމަކީ، އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށާ، މިފަދަ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މިޔަންމާގެ ވެރިންނަށް ހަރު އަޑުން ގޮވާލާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ..

މިކަންކަން މިހެން ހިނގަމުން ދިއުމާއިއެކު، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އދ. އަށާއި ދުނިޔޭގެ އެންމެހާ ޤައުމުތަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް