Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ސިޓީ

ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!

ތިނަދޫ އިންޖީނުގޭގައި ހުރި 1000-1300 މެގަވޮޓްގެ ޖެންސެޓްތަކެއް އައްޑޫއަށް ގެންދާ ކަމަށް ވަނީ މައުލޫމާތުލިބިފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 އޮކްޓޯބަރު 2025 | އަންގާރަ 03:13
ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫއަށް ގެންދިޔަ ޖެންސެޓްތައް 13-10-2025

ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫއަށް ގެންދިޔަ ޖެންސެޓްތައް 13-10-2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އޮކްޓޯބަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، ތިނަދޫ ސިޓީގައި މިވަގުތު ހުރި ދެ ޖެންސެޓް އައްޑޫ އަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ އަށް ގެންދަން މަސައްކަތް ކުރަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު، ތިނަދޫގައި ޒަމާނީ ބިޔަބޮޑު އިންޖީނުގެއެއް އިމާރާތްކޮށް، އެތަނަށް މުޅިން އަލަށް ގެނައި ފަސްޖަނެރޭޓަރު ތެރެއިން ދެ ޖަނެރޭޓަރު އެވެ.

މިޖަނެރޭޓަރުތައް ހުރީ އިންސްޓޯލްކޮށްފައި ކަމަށާއި ނަމަވެސް ޖަނެރޭޓަރުތައް އައްޑޫ އަށް ގެންދިއުމަށްޓަކައި، ޕެނަލްތައްވެސް މިހާރު ރޫޅާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވީ، މިހާރުވެސް ތިނަދޫގެ ކަރަންޓް ވިއުގަ ސްޓޭބަލް ނޫން ކަމަށާއި މުޅިން އަލަށް ގެނެސްފައި ހުރި ތިން ޖެންސެޓްވެސް ބޭނުން ނުކުރެވި ހުރީ ބޭނުންވާ ކޭބަލްތަކެއް ނުގެނެވިގެން ކަމަށެވެ. އެގޮތުން މިސަރުކާރު އައި ފަހުން މިވީ ދެއަހަރު ދުވަހުގެ ތެރޭގައިވެސް އެކޭބަލްތައް އަދިވެސް ނުގެނެވޭ ކަމަށް ވިދާޅުވަމުން، ޖެންސެޓްތައް ކަނެޓް ކުރަން ބޭނުންވާ ކޭބަލް ނުގެނެވި ލަސްވެފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށް ސައުދު ވިދާޅުވި އެވެ.

މިވަގުތު ރަށަށް ކަރަންޓް ދެމުންދަނީ ކުރިންވެސް ބޭނުންކުރަމުން އަންނަ ޖަނެރޭޓަރު ތަކުން ކަމަށާއި މިވަގުތުވެސް ދުވާލު ގަޑިތަކުގައި ހޮސްޕިޓަލް އަދި ދިރާގު ފަދަ ތަންތަނުން ކަރަންޓް، ބޭނުން ކުރަމުންދަނީ އަމިއްލަ ޖަނެރޭޓަރުތަކުން ކަމަށްވާއިރު މިފަދަ ނާޒުކު ހާލަތުގައި ކަރަންޓްގެ ޙިދުމަތް އޮތްއިރު އަލަށް ގެނެސްފައި ހުރި ޖެންސެޓްތައް މިގޮތަށް ގެންދިއުމަށް މަސައްކަތް ކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށް ސައުދު ވިދާޅުވި އެވެ.

ޖަނެރޭޓަރުތައް އައްޑޫއަށް ގެންދަން މަސައްކަތް ކުރާ ވާހަކަ ފެތުރިފައިވާއިރު، މިކަމާއި ގުޅިގެން ފެނަކައިގެ އިސްވެރިންނާއި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި މިގޮތަށް މިޖެންސެޓްގެ ފައިދާ ތިނަދޫ ރައްޔިތުންނަށް ނުލިބި، އެހެން ރަށަކަށް ބަދަލުކުރުމުން މަސްލަހަތު ގެއްލޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.

އަދި އަލަށް ހިއްކި ސަރަހައްދުން 200 ރޯހައުސް އާއި، އަލަށް ދޫކޮށްފައިވާ ބިންތަކަށް ކަރަންޓްގެ ޙިދުމަތް ދެވޭނީ މިޖެންސެޓްތައް ހުރެގެން ކަމަށާއި ޖެންސެޓް ރަށުން ބޭރުކޮށްފިނަމަ މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އަނެއްކާވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓު ކަނޑަން ފަށާފައެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ސަރުކާރަށް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އައްޑޫގެ ރައްޔިތުންނަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުތަކަށް ދިމާވި މައްސަލައާއި ގުޅިގެންނާއި ލޯޑު މަތިވުމުގެ ސަބަބުން އެކި ރައްތަކުން ކަރަންޓު ކެނޑޭނެކަން ވަނީ އަންގާފައެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ އިރު މި މައްސަލަ އަށް ހައްލެއް ވަނީ ހޯދާނުދެވިފައެވެ. މި ސަރުކާރުން މީގެ ކުރިން ބުނީ މި އަހަރު ރޯދަ އަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. ނަމަވެސް މި އަދާއި ހަމައަށް ވެސް އެކަން ކުރެވިފަ އެއް ނުވެއެވެ. ނަމަވެސް ރައީސް މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް ތިނަދޫގައި ހުރި ޖަނެރޭޓަރުތައް ގެންނަނީ އައްޑޫގެ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުމަނުންނެއެވެ. އަދި އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަންތައް ކޮށްދެއްވުމަށް އައްޑޫގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީ އަށް 21 ފެބްރުއަރީ 2025 ގައި ގެންދިޔަ 1.8 މެގަ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައިވީ ނަމަވެސް އަދިވެސް މައްސަލައަށް ހައްލެއް ނުލިބެއެވެ. އަދި އަލަށް ގެންދަނީ 1000-1300 މެގަވޮޓްގެ ޖެންސެޓްތަކެއް ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ރައީސް މުއިއްޒުއައްްޑޫ ސިޓީތިނަދޫ ސިޓީފެނަކަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު