Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

މިސަރުކާރުން ގަބޫލުކުރަނީ، ސިޔާސީގޮތުން ތްރެޓަކަށްވާ ކޮންމެ މީހަކު އޮންނަން ޖެހޭނީ ޖަލުގަ ކަމަށް: އަބްދުﷲ ނަސީރު

ނޮވެމްބަރު 17 ގައި އޮންނަ މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް އަސާސެއްނެތް ތުހުމަތުތައް ކުރަމުންދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2025 | އާދީއްތަ 15:25
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ގާނޫނީ ވަކީލް އަބްދުﷲ ނަސީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ގާނޫނީ ވަކީލް އަބްދުﷲ ނަސީރު

ރައީސް މުއިއްޒުގެ ސަރުކާރުން ގަބޫލު ކުރަނީ، މިސަރުކާރަށް ތްރެޓަކަށްވާ ކޮންމެ މީހަކު އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ގާނޫނީ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

އޭސީސީގެ ފަރާތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އޭސީސީއަށް ހާޒިރުކުރުމާ ގުޅިގެން މައުލޫމާތު ދެއްވަމުން ނަސީރު ވިދާޅުވީ އޭސީސީގެ ފަރާތުން އަމީރު އާ ސުވާލުކޮށްފަވަނީ ފިނޭންސް މިނިސްޓަރ ކަމުގެ މަގާމުގައި އަމީރު ހުންނެވި އިރު، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޔަކަށް ދައުލަތައް ގެއްލުންވާގޮތަށް ސަރުކާރުން ބަދަލުދިން ކަމުގެ ތުހުމަތުގައިކަމަށެވެ.

މިސަރުކާރުން ވަކިބައެއްގެ މައްޗަށް އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްކޮށް މައްސަލަތައް ބަލަމުންދަނީ، ވަކި ބަޔަކު ޖަލަށް ލުމަށް ކަމަށް ނަސީރު ފާހަގަކުރެއްވިއެވެ. އަދި އަމީރުގެ މައްޗަށް ކުރާ ތުހުމަތުތައް އޭސީސީ އިން އިއްވާފައިވަނީ ޖަޖްމެންޓަލް ސްޓޭޓްމެންޓެއް ދިނުމަށްފަހު ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމެއް ކޮށްފައިވާނަމަ ހޯދި މަންފާއެއްވެސް ފެންނަން އޮންނަން ޖެހޭނެކަމާށި އފަދަކަމެއް ނެތުމުން މިއީ ކަނޑައެޅިގެން ބޭސްލެސް ތުހުމަތުތަކެއް ކޮށްގެން ކުރިޔަށް ގެންދާ މައްސަލައެއްކަން އޭސީސީގެ އިންވެސްޓިގޭޓް ކުރާ ފަރާތްތައްވެސް ގަބޫލުކުރާކަމަށް ނަސީރު ވިދާޅުވިއެވެ.

"ސަރުކާރުން ގަބޫލު ކުރަނީ ސަރުކާރަށް ސިޔާސީ ގޮތުން ތްރެޓަކަށްވާ ކޮންމެ މީހެއް އޮންނަންޖެހޭނީ ޖަލުގަކަމަށް. އެގޮތައް ދެކިގެން ވަކިބައެއްގެ މައްސަލައް މިހާރު ބަލަމުން އެދަނީ. އަމީރުގެ މައްޗަށް ކުރާ ތުހުމަތު އޭސީސީ އިން އިއްވާފއިވަނީ ޖަޖްމެންޓަލް ސްޓޭޓްމެންޓެއް ދިނުމަށްފަހު. ދައުލަތައް ގެއްލުންވާގޮތައް މިވެނިކަމެއް ނިންމާފައިވާތީއޭ ވިދާޅުވެ. އެބޭފުޅުންގެ ކުރިމަތީގަ ޕްރޮޓެސްޓް ކުރުމުން ތުހުމަތު ވެސް ބަދަލުކުރީ. މިކަމުން ވެސް ވަރަސް ރަނގަޅަށް އެނގޭ ޕިންޕޮއިންޓް ކޮށްގެން ސީދާ ވަކި މީހަކު ވަކިގޮތަކަށް ބައްޓަންކުރުމަށްޓަކާ އޭސީސީ އަދި ތަހުގީގީ އިދާރާތައް މެދުވެރިކޮށް ކުރަމުންދާ ކަންތައްތަކެއްކަން. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގަ ބޭނުންކުރި ކަމުގެ ތުހުމަތުކުރާއިރު، ނަހަމަގޮތުގަ ނުފޫޒެއް ބޭނުންކޮށްގެން ހޯދި މަންފާއެއް އޮންނަވާނެ، އެފަދަކަމެއް ނެތް އިރުގަ މިކުރެވޭ ތުހުމަތަކީ ބޭސްލެސް ތުހުމަތުތަކެއް. އެސީސީގެ އިންވެސްޓިގޭޓްކުރި ކުދިންވެސް އެކަމަށް އެއްބަސްވޭ." ގާނޫނީ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވިއެވެ.

އެސީސީއަށް ހާޒިރުވުމަށް ފަހު ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އަސާސެއް ނެތް ތުހުމަތުތަކެއްކޮށް ކުރީގެ ވަޒީރުންގެ މައްސަލަ އޭސީސީ އިން ބަލަމުންދަނީ މިސަރުކާރުގެ މަގުބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ގެއްލި، ވީ ވައުދުތައް ނުފުއްދި ސަރުކާރު އެއްކޮށް ހުއްޓޭ ހިސާބަށް ދިޔުމުން ކޮންމެވެސް ކަމެއް ކުރުމުގެ ބޭނުމުގަކަމަށެވެ. އެމްޑީޕީ ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވީ އޭގެ ކުރީ ސަރުކާރުން ބޭއިންސާފުންކޮށްފަވާ އެތައްކަމަކަށް އިންސާފު ހޯދައިދިނުމަށްކަމަށް އަމީރު ފާހަގަކުރެއްވި އަދި ކުރިކަމެއް ކުރީ ވަރަށް ހާމަކަންބޮޑު ގޮތެއްގައި އަލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީގެ އުސޫލުތައް ފުރިހަމައަށް ޝާއިރު ކުރެވިގެން، އެޔަށް ކުރިމަތިލެވޭނެ ފަރާތްތައްވެސް އެނގޭނެ ގޮތަށްކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

މިމައްސަލަ ދިމާވެފަ މިވަނީ 2016 ވަނަ އަހަރު ސިޔާސީ އޮއިވަރަށް އައި ބަދަލާއެކު، ސްވިފްޓް އިންޖިނިއަރިންގ ގެ ވެރިޔާ ސައުދުﷲ ހިލްމީ އިދުކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރަން ފެށުމުން އޭރުގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފަ ލިޔުން މިފޮނުވަނީ މިހިނދުން މިހިނދަށް ޕޮރޮޖެކްޓްތައް ކެންސަލް ކުރީއޭ، ސަބަބަކީ ބަޖެޓް ބޮޑުވުމޭ. ނަމަވެސް އޯޕެން ޓެންޑަރ ޕްރޮސެސް އެއްގެ ތެރެއިން އިވެލުއޭޓް ކޮށް އެވޯޑްކޮށްފައިވާ ޕްރޮޖެކްޓްތަކެއް މިއީ. ޕޮރޮޖެކްޓްތަކުގެ އެޑްވާންސް ޕޭމަންޓް ދޫކޮށް، މަސައްކަތުގެ ޕްރޮގްރެސިވް ޕޭމަންޓްވެސް ދޫކޮށްފަވަނީ. މިގޮތައް އޮތް ޕްރޮޖެކްޓެއް ކުއްލިއަކަށް ކެންސަލް ކުރީ ކިހިނެއްތޯ. އަޅުގަނޑު އޭސީސީ އަށް ދެންނެވިން އެބޭފުޅުން އިންސާފުވެރި ތަހުގީގެއްކުރާނަމަ މިމައްްސަލާގައި ދައުލަތައް ގެއްލުމެއް ލިބޭގޮތަށް މި ހޯލް ޕްރޮސެސްގެ ތެރޭގައިވެސް މަސައްކަތެއް ކޮށްފަ މި އޮތީ އޭރުގެ ޕީޕީއެމް ވެރިކަމުގައި ހުންނެވި ފިނޭންސް މިނިސްޓަރެއްގެ ގޮތުގަ ހުރެގެން އެސިޓީގައި ސޮއި ކުރެއްވި ފަރާތް" ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

އޭސީސީ އަށް ހުށަހާޅާފައިވާ ރައީސް މުއިއްޒުގެ މައްސަލަތަކާ، މިހާރު ހުރި ހުރިހާ އެސްއޯއީ ތަކުގެ އެތައްމައްސަލައެއް އެބަހުރި ކަމަށާއި މި ސަރުކާރުގެ އިސްވެރިންނާ ގުޅޭ މިފަދަ އެތައް މައްސަލަތަކެއް އޮއްވާ، އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކޮށް މައްސަލަ ބަލަމުންދަނީ، 3 އޮކްޓޮބަރުގައި އެމްޑީޕީ އިން ބޮޑު މުޒާހަރާ ވިދިގެން އެޔަށްވުރެ ބޮޑު މުޒާހަރާއެއް ނޮވެމްބަރ 17 ގައި ބާއްވަން ނިންމާފައިވުމުން، އެކަމަަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އަމީރު ވިދާޅުވިއެވެ.

މިގޮތައް ވަކި ބަޔަކަށް ޓާގެޓް ކޮށްގެން ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ތަހުގީގުތައް ހިންގުމުން ނޮވެމްބަރ 17 ގަިއ އޮންނަ މުޒާހަރާގައި ބައިވެރިވެ ސަރުކާރު ޖަވާބުރާދާރީ ކުރުވުމަށް އިތުރު ހިތްވަރެއް ލިބޭކަމަށް، އާދީއްތަ ދުވަހު އަމީރު އޭސީސީއަށް ހާޒިރުވި ވަގުތު އެ އިދާރާގެ ބޭރުގައި ތިބި އާއްމުންވަނީ ފާހަގަކޮށްފައެވެ.

"މީގެ ސަބަބުން އިތުރު ހިއްވަރެއް ލިބެނީ. ރައީސް މުއިއްޒުގެ އަނިޔާވެރިކަން ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މިދަނީ ހާމަވަމުން. ކުރީގެ ވަޒީރުން އެއްވެސް ކަހަލަ އަސާސެއް ނެތް ތުހުމަތު ތަކެއްގައި މިގޮތައް ހާޒިރުކުރުމަކީ 17 ނޮވެމްބަރުގައި ރައްޔިތުން މަގުމަށްޗަށް ނިކުންނަންޖެހޭ އިތުރު ސަބަބެއް. މި ކުރެވޭ މަސައްކަތަކީ އަނެއްކާވެސް ބަޔަކު ފްރޭމްކޮށް ޖަލައްލުމުގެ މަސައްކަތް." އޭސީސީ ކައިރިއަސް އެއްވިތިބި އާމުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނުފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަމީރު އޭސީސީއަށް ހާޒިރުކޮށްފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީއަށް ހާޒިރުވުމަށް އަންގާފައެވެ.

އަމީރު އޭސީސީ އަށް ހާޒިރު ކުރި އިރު ސިޔާސީ ތަހުގީގުތައް ހިންގާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އޭސީސީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ މިސަރުކާރުގެ ކަރަޕްޝަން އަމަލުތައް އޭސީސީ އިން ބެލުމަށް ފަސްޖެހިފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ.

ރައީސް މުއިއްޒުއިބްރާހިމް އަމީރުއޭސީސީއެމްޑީޕީ ސަރުކާރުސައުދުﷲ ހިލްމީހިޔާނާތުގެ ތުހުމަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު