Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ ބިޝާމްގެ މައްސަލައެއް

ޕްރޮސެކިއުޓަރ ޖެނަރަލް ބިޝާމްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވެއްޖެ

5 ސެޕްޓެމްބަރު 2017 | އަންގާރަ 10:22

މަހްލޫފް ވިދާޅުވީ ޕީޖީ ބިޝާމް މާސްޓާރސް ޑިގްރީ ހެއްދެވިކަމަށް ގަބޫލު ނުކުރެވޭ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ސެޕްޓެމްބަރު 2017 | އަންގާރަ 10:22
ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް --

ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް --

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމް މާސްޓާރސް ހެއްދެވުމަށް ކަމަށް ބުނެ އެޓާރނީ ޖެނަރަލްގެ އޮފީހުން ކޮށްފައިވާ ކަމަށްބުނާ ޚަރަދު ހޯދުމަށާއި އެމައްސަލަ ބަލައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އޭސީސީގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިސް މަގާމެއްގައި ކުރިން ހުންނެވި ބިޝާމް 2010 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ޚަރަދުގައި އެ އޮފީހުގެ ފަރާތުން ބިޝާމްއަށް މާސްޓާރސް ޑިގްރީއަކަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ކޯސް ފުރިހަމަ ކުރުމަށްޓަކައި އެޓާރނީ ޖެނަރަލްގެ އޮފީހުން މުސާރަ ލިބޭ ގޮތަށް އެއް އަހަރު ދުވަހުގެ ޗުއްޓީއެއްގައި ނިއުޒިލޭންޑަށް ވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

އެ ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށާއި، އެޓާރނީ ޖެނަރަލްގެ އޮފީހާއި ބިޝާމްއާއެކު ބޮންޑު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަަމަށް ވެސް މަހްލޫފް އޭސީސީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެ އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ކޯސް ފުރިހަމަކޮށް، އޮފީހުގެ ޚިދްމަތަށް ނުކުންނަވަން ޖެހޭ ކަމަށް ބަޔާން ކޮށްފައިވާއިރު، ކޯސް ފުރިހަމަ ކޮށްފައިނުވާނަމަ، އެ ކޯހަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ. އަދި ކޯސް ފުރިހަމަ ކުރިކަމަށް ބެލެވޭނީ ކޯހުގެ ސެޓްފިކެޓް އެ އޮފީހަށް ހުށަހެޅުމުން ކަމަށްވެސް އެއް އެއްބަސްވުމުގައިވާ ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މާސްޓަރސް ހެއްދެވި ކަމަށްބުނާ އެކޯހުގެ ސެޓްފިކެޓް އެޓަރނީ ޖެނަރަލްގެ އޮފީހަށް ހުށަހަޅުއްވައިފައި ނުވާއިރު، އެ އޮފީހުން ތަކުރާރުކޮށް، އެ ސެޓްފިކެޓް ހުށަހެޅުއްވުމަށް ބިޝާމް އަށް ދެންނެވި ނަމަވެސް ހުށަހަޅުއްވައިފައި ނުވާކަމަށާއި އަދި ބިޝާމް އޭރު ހުންނެވީ އެޓާރނީ ޖެނަރަލްގެ އޮފީހުގެ އިސް މަގާމެއްގައި ކަމަށްވާތީ މަގާމުގެ ނުފޫޒު ވެސް ބޭނުން ކުރައްވައިފައިވާ ކަމަށް ވެސް މަހްލޫފްގެ އެސިޓީގައި ވިދާޅުވެފައިވެއެވެ.

އެ ސީޓީގައި މަހުލޫފް ވިދާޅުވެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން ބިޝާމް އެކިއެކި މަގާމުތަކަށް ކުރިމަތިލެއްވުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ ސީވީ ތަކުގައިވެސް މާސްޓާރސް ޑިގްރީ ހައްދަވާފައިވާކަން ނުވަތަ މާސްޓަރސް ޑިގްރީގެ ސެޓްފިކެޓް ހިމަނުއްވައިފައި ނުވަނީ އެ ކޯސް ފުރިހަމަ ނުކުރައްވާތީ ކަމަށް ބެލެވޭ ކަމަށެވެ.

އޭރު ބިޝާމްއަކީ އެޓާރނީ ޖެނަރަލްގެ އޮފީހުގެ އިސް މަގާމެއްގައި ހުރި ފަރާތެއް ކަމުން، އެ އޮފީހުގެ ފަރާތުން އެމައްސަލަ ބަލާފައިނުވާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އެކަމަކީ ބިޝާމް މަގާމުގެ ނުފޫޒު ފޯރުއްވައިގެން ކުރައްވައިފައިވާ ކަމެއް ކަމަށްވާތީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް މިމައްސަލަ ބައްލަވައި ދެއްވާ، ބިޝާމްގެ ފަރާތުން ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް އެދޭ ކަމަށް އޭސީސީ ރައީސް ލުތުފީއަށް މެމްބަރު މަހްލޫފް ފޮނުއްވި އެ ސިޓީގައި ދަންނަވައިފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް