Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025 | ހޮނިހިރު 04:23

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމްގެ ރައީސް އަކަށް އިންތިޚާބު ކުރި ޓޮމް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް އައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމުގަ އެވެ. މިއީ ފީފާގެ މި ފަދަ ކޮމެޓީއެއްގައި ރާއްޖެ އަށް ނިސްބަތްވާ މީހަކު ހިމެނުނު ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޮކްޓޯބަރު 2025 | ހޮނިހިރު 04:23
އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)

އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) އައްޔަން ކުރައްވައިފި އެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމްގެ ރައީސް އަކަށް އިންތިޚާބު ކުރި ޓޮމް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް އައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމުގަ އެވެ. މިއީ ފީފާގެ މި ފަދަ ކޮމެޓީއެއްގައި ރާއްޖެ އަށް ނިސްބަތްވާ މީހަކު ހިމެނުނު ފުރަތަމަ ފަހަރެވެ.

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ ދައުރަކީ ހަތަރު އަހަރުގެ މުއްދަތެކެވެ. އެހެންކަމުން މި ހިނގާ 2025 ވަނަ އަހަރުން ފެށިގެން، 2029 ވަނަ އަހަރާ ހަމަ އަށް އެ ކޮމެޓީގައި ޓޮމް ހިމެނި ވަޑައިގަންނަވާނެ އެވެ.

ފީފާ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ޓޮމް އައްޔަން ކުރައްވާފައިވާއިރު، މިހާރު ޓޮމް އަންނަނީ އެފްއޭއެމްގެ ރައީސް ކަމުގެ ދެ ވަނަ ދައުރު އަދާ ކުރައްވަމުންނެވެ. މިއަހަރުގެ ޖުލައި މަހު އޮތް އެފްއޭއެމްގެ އިންތިޚާބުގައި، އެ އެސޯސިއޭޝަންގެ ރައީސް ކަމުގެ މަޤާމަށް ޓޮމް އިންތިޚާބު ކޮށްފައި ވަނީ ހުރިހާ ކުލަބު ތަކެއްގެ ތާއީދާ އެކު އެވެ.

ދެ ވަނަ ފަހަަރަށް އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެ ޓޮމް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެފްއޭއެމް ވެއްޓިފައިވާ އަނދަވަޅުން އަރައި ގަތުމުގެ މަސައްކަތާއި، ގެއްލިފައިވާ ފުޓުބޯޅައިގެ ފޯރި އަލުން ގެނެސް، ދިވެހި ފުޓުބޯޅަ އަށް ދިރުމެއް ހޯދައި ދިނުމުގެ މަސައްކަތް ޓޮމް އަންނަނީ ކުރަމުންނެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓޮމް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އިންފަންޓީނޯ ވަނީ އެފްއޭއެމްގެ ރައީސް ކަމުގައި ޓޮމް ކުރައްވަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި، ޓޮމް އާއި އޭނާގެ ޓީމުގެ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ޓޮމް ވަނީ އެފްއޭއެމްގެ ރައީސްކަން ކުރައްވައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވަޑައިގެންނެވިއިރު، އެ ފަހަރު މަގާމުގައި ހުންނެވުނީ ކުޑަ ދުވަސް ކޮޅަކު އެވެ. ޓޮމްގެ ހިންގާ ކޮމެޓީގެ މެމްބަރުން ތަކެއް އިސްތިއުފާ ދިނުމާ ގުޅިގެން ޓޮމްގެ މަގާމު ވަނީ ގެއްލިފަ އެވެ.

އެއާއެކު ދެން ބޭއްވި އިންތިޚާބުގައި ވެސް ޓޮމް ވާދަ ކުރެއްވި އެވެ. ނަމަވެސް އެ އިންތިޚާބުގައި ޓޮމްގެ މައްޗަށް ކުރި ހޯއްދަވައި އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވީ ބައްސާމް އަދީލް ޖަލީލް އެވެ.

ފީފާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް