Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް އަކީ ވަޔާ އޮޔާ އެކު ދެކޮޅަށް ޖެހޭ ބަރުދަނެއް ނެތް ބޮނބިގަނޑެއް ކަހަލަ މީހެއް: ޔާމީން

ޔާމީން ވިދާޅުވީ ގާސިމް އުޅުއްވަނީ އަންހެނުންނަށް ވަޒީރުކަން ހޯދައިދޭން ނުވަތަ ފަޅެއް ބޭނުން ވެގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2025 | ހުކުރު 10:30
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް (ކ) - ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް (ކ) - ފައިލް

ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަކީ ކަނޑަށް އެއްލާލީމަ ވަޔާ އޮޔާ އެކު ދެކޮޅަށް ޖެހޭ ބަރުދަނެއް ނެތް ބޮނބިގަނޑެއް ފަދަ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަ ކުރައްވައިފިއެވެ.

ޕީއެންއެފް ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ވޯޓުގެ ބޭނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރުފުޅު ނުހައްދަވާނެ ކަމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވި ކަމަށެވެ. ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކާޑެއްދޫ އެއަރޕޯޓު ބޮލުގައި އަޅުވާފައި ދެ ފަޅު އަތުލި ކަމަށާއި، މި ސަރުކާރުން 18 މިލިއަން ޑޮލަރު އަތުލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގާސިމް ވަރަށް ވަރުގަދައަށް ވާހަކަފުޅު ދެއްކެވި ކަމަށާއި، ގާސިމް މުއިއްޒު އަށް ހުޝާމަދު ކުރައްވާ ވާހަކަ ދައްކަވާއިރު، ރިޔާސީ އިންތިހާބުގެ ވޯޓު ނިމެންދެން ރައީސް ޞާލިހުގެ ސަރުކާރާއެކު ހުންނެވިކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

މުއިއްޒު ހޮވެންދެން ނުވަތަ އިބްރާހިމް މުހައްމަދު ޞާލިހު ކަޓަންދެން ގާސިމް ހުރީ ޞާލިހަށް ހުުރިހާ ކަމެއް ކޮށްދީގެން. އެއިރު ޞާލިހު އެހާ ރަނގަޅު. މިހާރު އަނެއްކާ މުއިއްޒު ރަނގަޅުވީ. މިއީ ހަމަ އިންޑިއާ ކަނޑަށް އެއްލާލާފައި އޮންނަ ބަރުދަނެއް ނެތް ބޮނބިކޮޅެއް އެއްލާލީމާ ވާގޮތް މިވަނީ. އެކަމަކު އަޅުގަނޑު ހީކުރީ ގާސިމަކީ މުޖްތަމައުގައި އެއަށްވުރެ ބުރަދަން ހުރި ބޭފުޅެއް ކަމަށް. އެކަމަކު އޭނާގެ އަމަލުތައް ހުރީ ބޮނބިގަނޑަކަށްވުރެ ހާލު ދެރަކޮށް. އެކޮޅަށް ޖެހިއްޖެއްޔާ އެކޮޅު، މިކޮޅަށް ވައިޖެހިއްޖެއްޔާ މިކޮޅު.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގާސިމް އުޅެނީ ދެކަމެއް ބޭނުންވެގެން ކަމަށާއި، އޭގެ ތެރެއިން އެއްކަމަކީ އޭނާގެ އަނބިކަނބަލުންނަށް އަނެއްކާ ވެސް މަގާމެއް ހޯދަން ނުވަތަ ވަޒީރުކަން ހޯދައިދޭން ކަމަށާއި، ރައީސް ޞާލިހާއި ވެސް ގާތްކޮށް އުޅުއްވީ އެބޭނުމުގައި ކަމަށެވެ. އަދި އަނެއް ކަމަކީ އޭނާއަކީ ވަރަށް ފަޅުދެކެ ލޯބިވާ މީހެއް ކަމަށާއި، ހީވަނީ ދެތިން ހަތަރު ފަޅެއް ކަޓުވާލެވޭތޯ މަސައްކަތް ކުރަނީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މި ނޫންނަމަ ގާސިމް އެވަރުގެ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށެވެ.

މިހުރީ ގާސިމް ދައްކާފައި ހުރި ވާހަކަތައް. ތި ޕީއެންސީގެ ކެންޑިޑޭޓަކީ ކާކުހޭ ކޮންތާކުން އައި މީހެއް ހޭ. ކޮންތާކުހޭ މި ބޮޑު އިމާރާތެއް ހެދީ، ޕްރޮޖެކްޓަކުން ލިބުނު ކޮޅުދާލިކޮޅަކުންހޭ. މީނައަށް 18 މިލިއަން ޑޮލަރު ލިބުނީމާ މީނާ އެއްވެސް ކަމެއް ހަނދާނެއް ނެތް. އެހެންވީމަ ކިހިނެއްތޯ މިވަނީ. އަޅުގަނޑަށް ވަރަށް އުނދަގޫވޭ ދޮގު ހަދާ މީހުންނާއި، އެއްފުށުން އަނެއްފުށަށް ޖެހޭ މީހުންނާއި ދުލި ބަދަލުކުރާ މީހުން ދެކެ. މި ކަންކަން ހުއްޓުވެން އެބަޖެހޭ މުޖްތަމައުގައި.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ހުޝާމަދު ކުރުމަކީ ވަރަށް ވަރުގަދަ ހުނަރެއް ކަމަށާއި، އެކަމަށް ބޭހެއް ހޯދަން ޖެހޭ ކަމަށެވެ. ޒުވާންކުދިން ބޭސް ކައިގެން ހައިވީމަ ބުނަނީ ހައިވީ ކަމަށާއި، ގާސިމް މާމިގިލީގައި ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާ ޔާމީން ވިދާޅުވީ އެއީވެސް އެކަހަލަ ކަމެއް ކަމަށެވެ.

އދ އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އދ. މާމިގިލި ރައްޔިތުންނާއި ބައްދަލުކުރެއްވި ޖަލްސާގައި ގާސިމް ވަނީ ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ސެލިއުޓް ކުރައްވާފައެވެ. ގާސިމްގެ ވާހަކައިގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ގާސިމް ވަރަށް ޖަޒުބާތާ އެކު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން އޮތީ ގައުމު ދަރުވާލާފައި ކަމަށެވެ. އެކިއެކި ނަންނަމުގައި ދަރަނި ނަގަމުން ނަގަމުން ގޮސް އޮތީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.

ޤާސިމް އިބްރާހިމްރައީސް ޔާމިންރައީސް މުއިއްޒުކާޑެއްދޫ އެއާޕޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު