Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރެވުނު 6 މީހުންގެ ތެރޭގައި ކުރީގެ މެންބަރުން ޔާސިރު އަބްދުއްލަތީފް އަދި ޔައުގޫބް އަބްދުﷲ ހިމެނޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 15:18
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ޓީމު ކުޅުދުއްފުށީގައި ހަރަކާތްތެރިވަނީ

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ޓީމު ކުޅުދުއްފުށީގައި ހަރަކާތްތެރިވަނީ

އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި ލޫޓުވައިފި ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ފެށި ހާއްސަ ހަރަކާތުގެ ދަަށުން އެ ޕާޓީގެ ޓީމުތައް ހދ. ކުޅުދުއްފުއްޓާއި ގއ. ދާންދޫގައި ހަރަކަތްތެރިވާން ފަށައިފިއެވެ.

އެމްޑީޕީ އިން އިސްނަގައިގެން ހުކުރު ދުވަުގެރޭ ބޭއްވި ބޮޑުމުޒާހަރާގައި ހައްޔަރުކޮށް ދޫނިދޫ ޖަލުގައި މިހާރު ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނެއެވެ. ކުޅުދުއްފުއްޓަށް ދިޔަ އެމްޑީޕީގެ ޓީމުގައި ޕާޓީގެ ޗެއަރޕާޗަން ފައްޔާޒް އިސްމާއިލް ހިމެނޭއިރު ދާންދުއަށް ދިޔަ ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ހިމެނެއެވެ.

Advertisement - newsAdvertisement

‏ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ޖަލު ތޭރިތަކުތެރޭ ހައްގަކާނުލާ ބާއްވާއިރު ދާންދޫ ރައްްޔިތުން ބަލަން ނުތިބޭނެ ކަމަށާއި، މިހާރުން މިހާރަށް ޔައުގޫބް މިނިވަންކުރުމަށް ދާންދޫ ދާއިރާގެ ރައްޔިތުން ރައީސް މުއިއްޒުގެ އަރިހުން އެދެމުންދާކަމަށް އެމްޑީޕީގެ ޓިމުން މައުލޫމާތު ދެއްވާފައިވެއެވެ.

އަދި ޗިޓު ފޮނުވާ ބިރުދައްކައިގެނެ އެމްޑީޕީ އިން ކުރާ އިސްލާހީ މަސައްކަތް ހުއްޓާނުލެވޭނެ ކަމަށާއި އެކަން މިއަދު ކުޅުދުއްފުށި ސިޓީއިން ފެނިގެންދާ ކަމަށް ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ޓީމުން ބުނެފައިވެއެވެ. އަދި ކުޅުދުއްފުށި ސިޓީ ރައްޔިތުން ގޮވަމުންދަނީ ޔާސިރު އަބްދުއްލަތީފް މިނިވަން ކުރުމަށް ކަމަށް ވެސް އެމްޑީޕީގެ ޓީމުން މައުލޫމާތު ދެއްވާފައިވެއެވެ.

އެމްޑިޕީގެ ޓީމުތައް މި ދެރަށުގައި ހަރަކާތްތެރިވާން ފަށާފައިވާއިރު، އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި ލޫޓުވައިފި ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ބުދަދުވަހުގެރޭ ފެށި ހާއްސާ ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން 6 މީހަކު ޖަލައްލާފައި އެތިބީ ސިޔާސީ ބޭނުމަކަށްކަމުގައެވެ. ބުދަދުވަހުގެރޭ ފެށި ހަރަކާތަކީ މި 6 މީހުން ދޫކޮށްލުމަށް ގޮވާލާ ހިންގޭ ހާއްސަ ހަރަކާތެއް ކަމަށާއި އެމްޑީޕީއިން އަބަދުވެސް މަސައްކަތް ކުރަނީ ހައްގުތައް ހިމާޔަތް ކުރުމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ޕޯސްޓަރު ހަރުކުރުމާ، ބަންދުކޮށްފައި ތިބި ފަރާތްތަށް ދޫކޮށްލުމަށް ގޮވާލާ މާލޭގެ އިތުރުން އެފަރާތްތައް ނިސަބަތްވާ ރަށްރަށުގައިވެސް މިހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ނިންމާފަވާކަން ނިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީއިން ފެށި މިހަރަކާތުގެ ތެރެއިން ދަނޑިކޮށި ހަރުގޭ ބޭރުގައި، މިހާރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ މުޒާހަރާގެ 6 ބައިވެރިންގެ ފޮޓޯ ހިމެނޭގޮތައް، އެފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ބޮޑު ޕޯސްޓަރެއް ވަނީ ހަރުކޮށްފައެވެ. އަދި ދޫނިދޫގައި ބަންދުކޮށްފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ އެމްޑިޕީ ހަރުގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން ވަނީ ޝުއޫރު ފާޅު ކޮށް އިހުތިޖާޖުވެސް ކޮށްފައެވެ.

އެމްޑީޕީި އިން ކުރި މުޒާހަރާއިން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 6 މީހެއްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ޔައުގޫބް އަބްދުﷲ އާއި ޔާސިރު އަބްދުއްލަތީފްގެ އިތުރުން، ކ. މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ. މުއްދަތު ޖެހުމަށްފަހު ބަންދު ކުރި އެންމެން ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.

ބަންދު ކުރި ފަރާތްތަކުގެ ތެރެއިން މާފުށި ކައުންސިލުގެ ރައީސް ހަސަން ސަލާހުގެ އިނގިލި ބިންދާލާފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އެއްގައި ކުރީގެ މެމްބަރު ޔާސިރު ބިޑި އަޅުވައިގެން ގެންގުޅޭ މަންޒަރު ވަނީ ފެނިފައެވެ.

އެމްޑީޕީޔާސިރު އަބްދުއްލަތީފްޔައުގޫބް އަބްދުﷲދޫނިދޫ ޖަލުކުޅުދުއްފުށިދާންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު