Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ވަޒީފާ އިން ވަކިކޮށް، ފޯނު އަތުލިޔަސް ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ: އެމްޑީޕީ

އޮކްޓޯބަރު 3 ގެ އިހުތިޖާޖުގައި ބައިވެރިވުމާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވޭ

ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 08:17
ލޫޓުވައިފި މުޒާހަރާގެ ތެރެއިން ކުރީގެ މެމްބަރު ޔައުގޫބު ހަރުކަށި ކަމާއެކު ހައްޔަރު ކުރުމަށް ފުލުހުންގެ ބަޔަކު މަސައްކަތް ކުރަނީ

ލޫޓުވައިފި މުޒާހަރާގެ ތެރެއިން ކުރީގެ މެމްބަރު ޔައުގޫބު ހަރުކަށި ކަމާއެކު ހައްޔަރު ކުރުމަށް ފުލުހުންގެ ބަޔަކު މަސައްކަތް ކުރަނީ

ވަޒީފާ އިން ވަކިކޮށް މީހުންގެ ފޯނު އަތުލުމަކުން ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އޮކްޓޯބަރުބަރު 3 ގެ އިހުތިޖާޖޖުގައި ބައިވެރިވުމާ ގުޅިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފައި ވާއިރު، އިތުރު 2 މީހެއްގެ ފޯނު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ވަނީ އަތުލާފައެވެ. އަދި 6 މީހުން މުޒާހަރާ ކޮށްގެން އަދިވެސް ބަންދުގައި ތިބިކަން އެމްޑީޕީ އިން ފާހަގަ ކުރެއެވެ.

Advertisement - newsAdvertisement

އެމްޑީޕީ އިން ބުނެފައި ވަނީ މިއިން ކޮންމެ ކަމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށާއި އަދި ހުރިހާ އިދިކޮޅު އަޑުތަކެއް ކަނޑުވާލުމަށް ކުރެވޭ ސިޔާސީ މަސައްކަތެއްކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމުގައެވެ. މި ފިނޑި ޢަމަލުތަކަކީ މި ސަރުކާރުގެ ނާކާމިޔާބުކަމުގެ ހެއްކެއް ކަމަށާއި އަދި އާންމުންގެ މައްޗަށް ބާރު ހިންގުމަށް ސަރުކާރުން ކުރާ ނާކާމިޔާބު މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެކްސް ގައި އެމްޑީޕީ އިން ކުރި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ ބިރުދެއްކުމާއި ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމަކީ ކުރިންވެސް ކާމިޔާބުވެފައިވާ ކަމެއް ނޫން ކަމަށާއި އަދި މިހާރުވެސް އެކަން ކާމިޔާބެއް ނުވާނެ ކަމަށާއި އަދި ރައްޔިތުންގެ އަޑު މަޑުކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.

އެމްޑީޕީ އިން މިހެން ބުނެފައިވާއިރު ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ނޫނީ އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށާއި، ސިޔާސީ ހައްޔަރީން އެމަނިކުފާނުގެ ވެރިކަމުގެ ނުތިބޭނެ ކަމަށް ވިދާޅުވުން ހިމެނެއެވެ.

އެމްޑީޕީރައީސް މުއިއްޒުވަޒީފާއިން ވަކިކުރުންސަރުކާރު-އިދިކޮޅުލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު