Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮޮށްލުމަށް ގޮވާލާ އެމްޑިޕީ އިން ހާއްސަ ހަރަކާތެއް ފަށައިފި

އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ މުޒާހަރާގެ 6 ބައިވެރިންގެ ފޮޓޯ ހިމެނޭ ޕޯސްޓަރެއް ހަރުކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 8 އޮކްޓޯބަރު 2025 | ބުދަ 18:56
ސިޔާސީ ހައްޔަރީން ދޫކޮސްލުމަށް ގޮވާލާ އެމްޑިޕީއިން ފެށި ހާއްސަ ހަރަކާތުގެ ތެރެއިން

ސިޔާސީ ހައްޔަރީން ދޫކޮސްލުމަށް ގޮވާލާ އެމްޑިޕީއިން ފެށި ހާއްސަ ހަރަކާތުގެ ތެރެއިން

އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި ލޫޓުވައިފި ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވަލާ ހާއްސަ ހަރަކާތެއް އެމްޑިޕީ އިން ފަށަައިފިއެވެ.

މިހަރަކާތް ފަށާފައިވަނީ ބުދަ ދުވަހުގެރޭ އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައެވެ. މިހަރަކާތުގެ ތެރެއިން ދަނޑިކޮށި ހަރުގޭ ބޭރުގައި، މިހާރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ މުޒާހަރާގެ 6 ބައިވެރިންގެ ފޮޓޯ ހިމެނޭގޮތައް، އެފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ބޮޑު ޕޯސްޓަރެއް ވަނީ ހަރުކޮށްފައެވެ. އަދި ދޫނިދޫގައި ބަންދުކޮށްފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ އެމްޑިޕީ ހަރުގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން ވަނީ ޝުއޫރު ފާޅު ކޮށް އިހުތިޖާޖުވެސް ކޮށްފައެވެ.

މިހަރަކާތާ ގުޅޭގޮތުން މާއުލޫމާތު ދެއްވަމުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ވިދާޅުވީ އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން 6 މީހަކު ޖަލައްލާފައި އެތިބީ ސިޔާސީ ބޭނުމަކަށްކަމުގައެވެ. ސިޔާސީ ހައްޔަރީން އެބޭފުޅާގެ ވެރިމަކުގައި ނުތިބޭނެ ކަމަށް ވިދާޅުވެ ކެމްޕޭނުގައި ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފަވާކަން ނިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު އެއްޗެއް ވިދާޅުވީމާ އޭގެ އަނެއްކޮޅަށް މިހާރު ވިސްނެނީ. އެހެން ކަމުން ކުރިޔަށް އޮތްތަނުގަ މި ހައެއް އިތުރު ވެގެންދާނެ އެތައް ގުނައަކަށް. އެހެން ނަމަވެސް އެމްޑިޕީއިން އަބަދުވެސް މަސައްކަތް ކުރަނީ ހައްގުތައް ހިމާޔަތް ކުރުމަށް އަދި ސިޔާސީ ހައްޔަރީންގެ ގޮތުގައިތިބޭ މީހުންގެ ދިފާއުގައި މީގެ ކުރިން ވެސް އެމްޑީޕީ އިން ނިކުމެފަވާނެ. އިރާދަކުރެއްވިއްޔާ މިފެށޭ ހަރަކާތަކީ މި 6 މީހުން ދޫކޮށްލުމަށް ގޮވާލާ ހިންގޭ ހާއްސަ ހަރަކާތެއް.
އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް

އަދުލު އިންސާފުގެ ނިޒާމު މިހާރު ސިޔާސީވެފައިވާ ކަމަށާއި، ކުރަމުންދާ ހުކުން ތަކުންނާއި ކުށުގެ ތުހުމަތުގައި ބަންދު ކުރާ މީހުންނާ މެދު މި ސަރުކާރުން ކަން ކުރަމުން ގެންދާ ގޮތުން މިކަން ވަރަށް ސާފު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޕޯސްޓަރު ހަރުކުރުމާ، ބަންދުކޮށްފައި ތިބި ފަރާތްތަށް ދޫކޮށްލުމަށް ގޮވާލާ މާލޭގެ އިތުރުން އެފަރާތްތައް ނިސަބަތްވާ ރަށްރަށުގައިވެސް މިހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ނިންމާފަވާކަން ނިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީި އިން ކުރި މުޒާހަރާއިން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 6 މީހެއްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ޔައުގޫބް އަބްދުﷲ އާއި ޔާސިރު އަބްދުއްލަތީފްގެ އިތުރުން، ކ. މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ. މުއްދަތު ޖެހުމަށްފަހު ބަންދު ކުރި އެންމެން ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.

ބަންދު ކުރި ފަރާތްތަކުގެ ތެރެއިން މާފުށި ކައުންސިލުގެ ރައީސް ހަސަން ސަލާހުގެ އިނގިލި ބިންދާލާފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އެއްގައި ކުރީގެ މެމްބަރު ޔާސިރު ބިޑި އަޅުވައިގެން ގެންގުޅޭ މަންޒަރު ވަނީ ފެނިފައެވެ.

އެމްޑީޕީރައީސް މުއިއްޒުދަނޑިކޮށި ހަރުގެސިޔާސީ ހައްޔަރީންލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު