Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ގެންދަނީ ފަނޑިޔާރުގެ އަށް ސިޔާސީ ނުފޫޒު ފޯރުވައިގެން: މީކާއިލް

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ހުއްޓުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 އޮކްޓޯބަރު 2025 | ބުދަ 14:36
އެމްޑީޕީގެ ޕީޖީ ގުރޫޕް އިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މެމްބަރު މީކާއިލް ވާހަކަދައްކަވަނީ: ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ފަރާތްތަކަށް ބަންދުގެ މުއްދަތު އިތުރުކުރަނީ ބިރުދައްކަން ކަމަށް

މުޒާހަރާގެ ތެރެއިން އެއްވެސް ކުށެއް ނެތި ހައްޔަރު ކުރުކޮށްގެން ގެންދާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގެންދަނީ ފަނޑިޔާރުގެ އަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން ބިރުދައްކަން ކަަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ހުއްޓުވުމަކަށް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދު ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ފެނިގެން ދަނީ އެ ވައުދާއި މުޅިން ޚިލާފަށް އަމަލުކުރަމުން ގެންދާތަން ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި ޚިލާފަށް ޖުޑިޝަލް ސާވިސް ކޮމިޝަނާއި ފަނޑިޔާރުގެ ބޭނުން ކުރައްވައިގެން ރައްޔިތުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުންދާ ކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ފަރާތްތަކަށް ބަންދުގެ މުއްދަތު 15 ދުވަސް ޖަހާފައިވާކަން ފާހަގަ ކުރައްވައި މީކާއިލް ވިދާޅުވީ އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވައްޓާލާފައިވާ ހާދިސާ އާއި ގުޅިގެން ފުލުހުންނަށް ދޮގު ބަޔާން ދީގެންނާއި އަދި އޭނާ މަރުވާން ދޫކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތަށް ޖަހާފައި ވަނީ އެންމެ ތިން ދުވަސް ކަމަށެވެ.

ފާހަގަކޮށްލަން ބޭނުންވާ މަކަކީ މުޒާހަރާގެ ބައިވެރިންގެ ބަންދުގެ މުއްދަތުގައި 15 ދުވަސް ޖަހާފައިވާއިރު، މީގެ ހަމަ ދުވަސްކޮޅެއް ކުރިން މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވައްޓާލާފައި އޮތް ކަމަށް އަޅުގަނޑުމެންނަށް ފާހަގަވި އަންހެން ކުއްޖެއްގެ މައްސަލާގައި ފުލުހުންނަށް ދޮގު ބަޔާން ދީގެން، އަދި އޭނާ މަރަށް ދޫކޮށްލައިފި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވުނު މީހެއްގެ ބަންދުހެ މުއްދަތު ޖަހާފައި ވަނީ އެންމެ 3 ދުވަސް.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް

އެހެން ކަމުން މިފަދަ ބޮޑެތި ތަފާތުކުރުން ތަކުން ވެސް ފެނިގެން ދަނީ ސިޔާސީ ގޮތުން ފަނޑިޔާރު ގެއަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނެރެފައިވާ ހުކުމްތަކެއް ކަމަށް ފެންނަން އެބަ އޮތް ކަމަށް މީކާއީލް ވިދާޅުވި އެވެ.

މީކާއިލް ވަނީ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން މިނިވަން ކޮށް އެ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރަށް ގޮވާލާފަ އެވެ.

މީކާއިލް އަހުމަދު ނަސީމްރައީސް މުއިއްޒުއެމްޑީޕީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު