Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޫނިދޫ ޖަލު

ދޫނިދޫ ޖަލުގައި ތިބި މުޒާހަރާގެ ބައިވެރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބި މުޒާހަރާގެ ބައިވެރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 7 އޮކްޓޯބަރު 2025 | އަންގާރަ 17:49
ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ފޮޓޯ

ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ފޮޓޯ

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބި މުޒާހަރާގެ ބައިވެރިން، އެފަރާތްތަކާމެދު ޢަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވީ މި ހަޅުތާލުގައި ބައިވެރިވެފައިވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެފަރާތްތައް ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށެވެ. އަދި ތަޙުޤީޤު މަރުހަލާ ލަސްކުރަމުންދާކަމަށާއި، ބޭނުންވާ ޞިއްޙީ ފަރުވާ ނުލިބޭކަމަށް އެފަރާތްތަކުން ބުނެފައިވާކަމުގަވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައްސަލައިގެ ތަޙުޤީޤު އާދަޔާ ޚިލާފަށް ލަސްކުރަމުންދާކަމަށް ބުނެ ބަންދުގައި ތިބި ފަރާތްތަކުގެ ޢާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ބައެއް ފަރާތްތަކަށް ބޭނުންވާ މެޑިކަލް އެޓެންޝަން ނުލިބި ލަސްވަމުން ދާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ހަޅުތާލުގައި ބައިވެރިވި ފަރާތްތަކުން އެދެނީ އެފަރާތްތަކުގެ މައްސަލަތައް އަވަހަށް ތަޙުޤީޤުކޮށް، ޢަދުލުވެރި ގޮތެއްގައި މައްސަލަތައް ނިންމައިދިނުމަށެވެ. އަދި ބަންދުގައި ތިބޭއިރު ލިބެންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބުނެފައިވަނީ ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން އެކަން މޮނިޓަރ ކުރަމުންދާކަމުގައެވެ. އަދި މިކަމުގެ މައުލޫމާތު އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެމްޑީޕީި އިން ކުރި މުޒާހަރާއިން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 6 މީހެއްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ޔައުގޫބް އަބްދުﷲ އާއި ޔާސިރު އަބްދުއްލަތީފްގެ އިތުރުން، ކ. މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ. މުއްދަތު ޖެހުމަށްފަހު އެމީހުން ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.

ދޫނިދޫ ޖަލުމޯލްޑިވްސް ޕޮލިސް ސަރވިސްއިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސްބަނޑުހައިހޫނުކަމުގެ ހަޅުތާލުއިހުތިޖާޖުވާނުވާ ބަންދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު