Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޫޓުވައިފި ބޮޑު އެއްވުން

މުޒާހަރާ އިން ހައްޔަރު ކުރި މީހުންނާ މެދު ފުލުހުން ކަން ކުރަނީ ވަރަށް އަނިޔާވެރިކޮށް، ގަބޫލު ކުރެވެނީ މަތިން އަންނަ އޯޑަރަކަށް އަމަލު ކުރަނީ ކަމަށް: މައުރޫފް

6 އޮކްޓޯބަރު 2025 | ހޯމަ 17:39

މައުރޫފް ވިދާޅުވީ ފުލުހުންނާއި ސަރުކާރުގެ މިފަދަ އަމަލުތަކަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ތަޖުރިބާކުރި ކަންކަން ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 6 އޮކްޓޯބަރު 2025 | ހޯމަ 17:39
އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރު ކުރި މީހުންނާމެދު އަމަލު ކުރަމުން ދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި ބޮޑަށް ގަބޫލު ކުރެވެނީ މިއީ ސީދާ ފުލުހުން ކުރާ ކަމަކަށްވުރެ ފުލުހުންނަށްވުރެ މަތިން އަންނަ އޯޑަރަކަށް އަމަލުކުރަން ޖެހިގެން އުޅޭ ގޮތެއް ކަމަށް އެމްޑީޕީ ގެ ލީގަލް ޑިރަކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީގަލް ޓިމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމަ ދުވަހުގެ ރޭ މައުރޫފް ވިދާޅުވި، އެމްޑީޕީގެ އެއްވުމުން ހައްޔަރުކުރި މީހުންނާމެދު އަމަލު ކުރަމުންދަނީ ކުދިކުދި މައްސަލަތަކުގައި ހައްޔަރު ކުރަ މީހުންނާމެދު އަމަލު ކުރާގޮތައް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ބަންދުގައި ތިބި މީހުންގެ މައުލޫމަތު ސާފުކުރުމަށް ފުލުހުންގެ އެކިއެކި މަރުކަޒުތަކަށް ގޮސްގެންވެސް އެމީހުންގެ އެއްވެސް ކަމެއް ސަފުވާގޮތް ނުވާކަމަށެވެ. އަދި އެމްޑީޕީގެ މުޒާހަރައިން ހައްޔަރު ކުރި މީހުންގެ ތަހުގީގު ކުރަނީ ފުލުހުންގެ ކޮން މަރުކަޒަކުން ކަންވެސް ސާފުވީ ވަރަށް މަސައްކަތުން ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ލީގަލް ޓީމުން ކުރި މަސައްކަތުން އެމީހުންގެ ތަހުގީގު ކުރަނީ ގަލޮޅު ފުލުހުން ކަން އެނގުމުން ގަލޮޅު ފުލުހުންގެ މަރުކަޒަށް ގޮސް އެކި ގޮތްގޮތުން މައުލޫމާތު ސާފުކުރަން މަސައްކަތް ކުރި ނަމަވެސް އެކަށިގެންވާ މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ބަންދުގައި ތިބި މީހުންގެ ސިއްހީ ހާލަތާމެދު ކަންބޮޑުވާކަން ފާހަގަ ކުރައްވާ މައުރޫފް ވިދާޅުވީ އެކަމުގެ މައުލޫމާތު އިނގޭ ބޭފުޅަކުވެސް ގަލޮޅު ފުލުހުންގެ މަރުކަޒުގައި ނެތް ކަމަށެވެ.

މައުރޫފް ވިދާޅުވީ ބަނދުގައި ތިބި މީހުންގެ ތެރެއިން ދާއިމީ ބައްޔަކަށް ބޭސްކުރާ ދެމީހުން ތިބި ކަމަށައި އަދި ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ފަރަތުން އަނިޔާވި މާފުށި ކައުންސިލްގެ ރައީސް ހުސައިން ސޮލާހުގެ އިނގިއްޔެއް ބިންގައިގެން ދިޔަކަމަށް މައުލޫމަު ލިބިފައިވާ ކަމަށެވެ. އަދި އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް ލަސްކުރުމަށް ފަހު ސޮލާހު ޑޮކްޓަރަށް ދައްކަފައިވާ ކަމަށާއި އިނގިލީގެ އެކްސްރޭ އެއް ނަގަން ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަން މައުރޫފް ފާހަގަކުރެއްވި އެވެ.

މިބަވަތުގެ މައްސަލަތަކުގައި މިދަންނަވަނީ ޖިނާއީ ކުށުގައި ހައްޔަރުކުރާ މީހުން ފިޔަވާ މިހެން ކުދިކުދި މައްސަލަތަކުގައި ފުލުހައް ގެންދެވޭ އަދި ހައްޔަރު ކުރެވޭ މީހުންނާމެދު އަމަލުކުރާ ގޮތަކަށް ނޫން މިފަހަރު އަޅުގަނޑުމެން މި ހަރަކާތުން މި ހައްޔަރު ކުރެވުނު މިހާރު ބަންދުގައި ތިބި މީހުންނާމެދު އަމަލު ކުރަމުން ދަނީކީ އެއީ އަދި މީގެ ކުރިން އަޅުގަނޑުމެންވެސް އެކިއެކި މައްސަލަތަކުގައި އަދި މުޒާހަރާއާ ގުޅިގެންވެސް ސިޔާސީ ކަންކަމުގަވެސް ގެނެވޭ ފަރާތްތަކުގެ ވަކީލުންގެ ގޮތުގައި އަޅުގަނޑުމެން އެންމެންވެސް އެކިއެކި ފަހަރުމަތިން ފުލުހުންގެ އެކިއެކި މަރުކަޒު ތަކަށް މިދިޔަ އަހަރުތަކުގެ ތެރޭގައި އައިއްސަ މިތިބީ އެހެން ނަމަވެސް މިގޮތައް އަމަލުކުރެވޭ ތަނެއް އަޅުގަނޑުމެން ދެކިފައެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެން މި ގަބޫލު ކުރަނީ މީ ސީދާ ފުލުހުން ކުރެާ ކަމަށްވުރެ ފުލުހުންނަށްވުރެ މަތިން އަންނަ އޯޑަރަކަށް އެބޭފުޅުން އަމަލުކުރައްވަން ޖެހިގެން އުޅޭ ގޮތެއް ކަމަށް.
އެމްޑީޕީ ގެ ލީގަލް ޑިރަކްޓަރ އަހުމަދު މައުރޫފް

މީގެ އިތުރުން މައުރޫފް ވިދާޅުވި އެމްޑީޕީގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 12 ޖެހުމާއި ހަމައަށް ކަމަށާއި އެހިސަބުން އެ ހަރަކާތް އެއޮތީ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ އަނެއް ދުވަހު ބައެއް ފުލުހުން މަގުމަތިން އެ އެއްވުމުގައި ބައިވެރިވި މީހުން ފާހަގަކޮށް އެމީހުން މަގުމަތިން ހުއްޓުވާ ސުވާލުކޮށް އަދި ބައެއްް މީހުންނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެމީހުން ފުލުހުންގެ ސުވާލުތަކަށް ޖަވާބު ނުދިނުމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެމީހުން ފުލުހަށް ގެންގޮސްފައިވާ ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ފުލުހުންނާއި ސަރުކާރުގެ މިފަދަ އަމަލުތަކަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ތަޖުރިބާކުރި ކަންކަން ކަމަށައި ސިޔާސީ ކަންކަމަށް ނިކުންނަ އާންމު ރައްޔިތުން ތަހައްމަލް ކުރި ކަންކަން މުޅިންހެން ހުއްޓިފައި އޮވެ އަނެއްކާވެސް މިކަންކަން ފެށިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޮކްޓޫބަރު 3 ގައި އެމްޑީޕީން ބޭއްވި އެއްވުމައި ގުޅިގެން އެއްވެސް މީހަކު މަގުމަތިން ހުއްޓުވައި ސުވާލުކޮށް ފުލަހަށް ހާޒިރު ކުރާނަމަ އެމްޑީޕީން އާންމުކޮށްފައިވާ ލީގަލް ހެލްޕް ލައިން 7341637 ނަމްބަރަށް ގުޅުއްވުމުން ނުވަތަ މެސެޖެއް ފޮނުވުމުން ވެސް އެމްޑީޕީގެ ލީގަލް ޓީމު އެޓެންޑްވެ ގަނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެމްޑީޕީލޫޓުވައިފި މުޒާހަރާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް