Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ގޮވާލައިފި

ޗައިނާއާއި ރަޝިއާއިން އަދިވެސް ގޮވާލަނީ ސުލްހަވެރި ހައްލެއް ހޯދުމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ސެޕްޓެމްބަރު 2017 | އަންގާރަ 05:33
 އެމެރިކާއިންވަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާއެކު އިތުރު ގަރާރެއް ފޮނުވާނެ ކަމަށް ބުނެފަ

އެމެރިކާއިންވަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާއެކު އިތުރު ގަރާރެއް ފޮނުވާނެ ކަމަށް ބުނެފަ

އުތުރުކޮރެއާގެ ވެރިން ގެންދަނީ "ހަނގުރާމަ ކުރުމަށް އެދި ސަލާންޖަހަމުން"ކަމަށާއި ސަލާމަތީ މަޖިލީހުން އެ ގައުމާމެދު ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް، އެމެރިކާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ގޮވާލައްވައިފިއެވެ.

އެ ކަމަނާ އެކަމަށް ގޮވާލައްވާފައިވަނީ އުތުރުކޮރެއާއިން މިހާތަނަށްކުރި އެންމެ ބާރުގަދަ ނިއުކްލިއަރ ޓެސްޓް އާދީއްތަ ދުވަހު ކުރުމާގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން އެކަމުގެ ރައްދު ދޭނެ ގޮތެއް ބެލުމަށް ހޯމަ ދުވަހު ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ހަފްތާއެއްގެ ތެރޭގައި ބޭއްވި ސަލާމަތީ މަޖިލީހުގެ ދެވަނަ ބައްދަލުވުމުގައި ނިކީ ހޭލީ ވިދާޅުވީ އަންނަ ހޯމަ ދުވަހު ވޯޓަށް އެހުމަށް މި ހަފްތާގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރު ގަރާރެއް ވޮޝިންޓަނުން ދައުރު ކުރުވާނެކަމަށެވެ.

ފަނަރަ މެމްބަރުންގެ ކައުންސިލްގައި އެމެރިކާގެ މަންދޫބު ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މާޔޫސްވާ ވަރުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވުމަށް ގޮވާލައްވާފައެވެ.

"ހަނގުރާމައަކީ އެމެރިކާއިން ބޭނުންވާ ކަމެއް ނޫން" ހޭލީ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުމެއް ނުވޭ އެކަމެއް މިހާރު. އެ ކަމަކު އަޅުގަނޑުމެންގެ ގައުމުގެ ކެތްތެރިކަމަކީ ހައްދެއް ނެތް އެއްޗެއް ނޫން. އަޅުގަނޑުމެން އަޅުގަނޑުމެންގެ އެކުވެރިންނާ އަޅުގަނޑުމެންގެ ޓެރިޓަރީ ހިމާޔަތް ކުރާނަން" އެކަމަނާ ވިދާޅުވިއެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި ނިއުކްލިއަރ ޓެސްޓަކީ "މޫނުމަތީ ޖެހި އެތިފަހަރެއް"ގެ ގޮތުގައި ވިދާޅުވެ އެކަމަނާ ވަނީ އެ ގައުމާއެކު ވިޔަފާރި ކުރާ ފަރާތްތަކުން އެހީވަމުން އެ ގެންދަނީ އެ ގައުމުގެ "ނުރައްކާތެރި ނިއުކްލިއަރ މަގްސަދަށް" ކަމަށް ވިދާޅުވެފައެވެ.

"އެ ގައުމާއެކު ވިޔަފާރިކުރާ ކޮންމެ ގައުމެއް އެމެރިކާއިން ބަލާނީ އުތުރު ކޮރެއާއިން ހިންގާ ޒިންމާދާރުކަމެއް ނެތް ނުރައްކާތެރި ނިއުކްލިއަރ ޕްރޮގްރާމަށް އެހީވާ ގައުމެއްގެ ގޮތުގައި" އެ ކަމަނާ ވިދާޅުވިއެވެ.

އުތުރުކޮރެއާގެ ދައުލަތުން ހިންގާ ނޫސް އިދާރާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ(ކޭސީއެންއޭ)އިންވަނީ އާދީއްތަ ދުވަހު އެ ގައުމުން ކުރި ނިއުކްލިއަރ ޓެސްޓަކީ ދައުލަތުގެ ނިއުކްލިއަރ ބާރުގެ އެންމެ ފަހު ލަނޑުދަނޑި ހާސިލް ކުރެވުނު ޚާއްސަ މުނާސަބާ ކަމަށްބުނެ ތައުރީފް ކޮށްފައެވެ.

އުތުރު ކޮރެއާއާއެކު އެންމެ ގިނައިން ވިޔަފާރި ކުރާ ގައުމުކަމަށްވާ ޗައިނާ އަދި ރަޝިއާއިންވަނީ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ހޯމަ ދުވަހުގެ ބައްދަލުވުމުގައި ގޮވާލާފައެވެ.

ޗައިނާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ލިއު ޖިޔެއި ވަނީ އުތުރު ކޮރެއާއިން ބައިނަލްއަގްވާމީ މުޖުތަމައުގެ ގޮވާލުމަށް އިޖާބަދީ ކޮރިއަން ޕެނިންސިއުލާއިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ފާސްކޮށްފައިވާ ގަރާރު ތަކަށް ބޯ ލެނބުމަށް ގޮވާލައްވާފައެވެ.

" ޗައިނާއިން ފުރުސަތެއް ނުދޭނެ ހަމަނުޖެހުމަކަށް އަދި ކޮރެއަން ޕެނިންސިއުލާގައި ހަނގުރާމައެއް ކުރުމަކަށް"ޖިޔެއި ވިދާޅުވިއެވެ.

ރަޝިއާއިން ބުނީ ސަރަހައްދުގެ ހަމަޖެހުން އޮތީ ނުރައްކަލެއްގައި ކަމަށެވެ.

"ނިއުކްލިއަރ މައްސަލަޔާ ކޮރިއަން ޕެނިންސިއުލާގައި ހިފާފައިވާ އެހެނިހެން މައްސަލަތަކަށް ސިޔާސީ އަދި ޑިޕްލޮމެޓީކް ޗެނަލް ތަކަކުން އެކުއެކީގައި ހައްލު އަންނަން އެބަޖެހޭ" ރަޝިއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވާސިލީ ނިބެންޒިއާ ވިދާޅުވިއެވެ.

ބެލިސްޓިކް އަދި ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށް ގެންދާތީ 2006 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާއަށްވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ސަލާމަތީ މަޖިލީހުން މިދިޔަ މަހުވެސް ވަނީ ޖުލައި މަހު ދިގު ރާސްތާގެ ދެ މިސައިލް ޓެސްޓް ކޮށްފައިވާތީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

އެ ގަރާރުގެ މަގްސަދަކީ ޕިޔޮންގޔަންގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރި ކަމަށްވާ ބޯޓް ދެއްޔާއި، ދަގަނޑާއި ތިމަރަ އަދި ސީފުޑްގެ އަހަރަކު 3 ބިލިއަން ޑޮލަރުގެ ވިޔަފާރި ހުއްޓުވާލުމެވެ.

ޑިޕްލޮމޭޓުން ވިދާޅުވެފައިވަނީ އެ ގައުމުގެ ފޭރާމުގެ އެކްސްޕޯޓާއި ގައުމީ އެއާލައިން ހުއްޓުވައި،ސަރުކާރާ، އަސްކަރިއްޔާއަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލައި، އުތުރު ކޮރެއާގެ ރައްޔިތުން ބޭރު ގައުމުތަކުގައި މަސައްކަތް ކުރުން ހުއްޓުވައި އެ ގައުމުގެ އިސް އޮފިޝަލުން ބްލެކް ލިސްޓްކޮށް އެމީހުންގެ މުދާ ފްރީޒް ކޮށް ދަތުރު ކުރުން މަނާކުރުމަށް ވިސްނަން ވެއްޖެ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު