Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އެމެރިކާގެ ރައީސް ހުށަހެޅުއްވި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ހަމާސް އިން ވަރަށް އަވަހަށް ގޮތެއް ނިންމަނީ

އިސްރާއީލުގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަށް ހަމާސް އިން އަވަސް ޖަވާބެއް ދޭނެކަމަށް އިޢުލާން ކުރި ނަމަވެސް ހަމާސް އިން ހަތިޔާރު ދޫކޮށްލުމަކީ އެ ޖަމާޢަތުން ކުރިން ދެކޮޅުހަދާފައިވާ ކަމަކަށްވެފައި، މި ހުށަހެޅުން އެފަރާތުން ޤަބޫލު ކުރާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައި.

ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 05:04
ޣައްޒާ ސިޓީގެ ރައްޔިތުން ގަދަކަމުން ގެތަކުން ނުކުތުމަށް އަމުރު ކުރުމުން ޣައްޒާގެ އުތުރުން ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ދަތުރު ކުރަމުން ދަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގެ ސަބަބުން ދުން އަރަނީ

ޣައްޒާ ސިޓީގެ ރައްޔިތުން ގަދަކަމުން ގެތަކުން ނުކުތުމަށް އަމުރު ކުރުމުން ޣައްޒާގެ އުތުރުން ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ދަތުރު ކުރަމުން ދަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގެ ސަބަބުން ދުން އަރަނީ

އިސްރާއީލުން ޣައްޒާ ގައި ހިންގަމުން ގެންދާ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ފަލަސްތީނުގެ ހަމާސް އިން "އަވަހަށް" ޖަވާބުދޭނެ ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ބުނެފިއެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު މުޙައްމަދު ނައްޒާލް ބުރާސްފަތި ދުވަހު އަލްޖަޒީރާ އަރަބިކް އަށް ބުނެފައިވަނީ، އެ ޖަމާޢަތުން ޓްރަމްޕްގެ ޕްލޭން އާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ދަނީ އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މަޤްޞަދުގައި ކަމަށާއި، އަދި އެ ހުށަހެޅުމާ ގުޅޭގޮތުން އެ ޖަމާޢަތުގެ މަޤާމު އަވަހަށް އިޢުލާންކުރާނެ ކަމަށެވެ.

ނައްޒާލް ބުނެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން، ހަމާސް އަށް "ފަލަސްތީނު ރައްޔިތުންގެ މަޞްލަޙަތަށް އިސްކުރެވޭނެ ގޮތަކަށް" އެ ޖަމާޢަތުގެ ޚިޔާލު ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހަމާސް އަށް އިސްރާއީލުގެ އެއްބާރުލުމާއެކު ހުށަހަޅާފައިވާ ހުށަހެޅުން ޤަބޫލުކުރުމަށް ދެވޭނެ މުއްދަތު ކަނޑައަޅުއްވާނެ ކަމަށް ބުރާސްފަތި ދުވަހު ވައިޓް ހައުސް އިން ބުނެފައިވެއެވެ. ނަމަވެސް، ކުރިން ކަނޑައަޅާފައިވާ ސުންގަޑި ތަންފީޒު ކުރާނެ ކަމެއް ސީދާ ބުނެފައެއް ނުވެއެވެ.

ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުދާޅުވެފައި ވަނީ، ހަމާސް އަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ލިޔުން ޤަބޫލުކުރުމަށް 3 ނުވަތަ 4 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށެވެ. މި ހުށަހެޅުމުގައި ހަމާސް އިން ހަތިޔާރު ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. މިއީ ހަމާސް އިން ކުރިން ދެކޮޅުހަދާފައިވާ ކަމެކެވެ. ހަމާސްއާ ގާތް މަޞްދަރެއް ބުދަ ދުވަހު ބުނެފައި ވަނީ، ހަމާސް އިން މި ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމަށެވެ.

ފޮކްސް ނިއުސްގެ "އެމެރިކާސް ނިއުސްރޫމް" ޕްރޮގްރާމުގައި، ހަމާސް އިން މި ހުށަހެޅުން ދޫކޮށްލީ ކަމަށް ބެލެވޭނެ ހިސާބެއް ކަނޑައެޅުމާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން، ވައިޓް ހައުސް ގެ ކެރޮލިން ލެވިޓް ވިދާޅުވީ އެއީ އެމެރިކާގެ ރައީސް ކަނޑައަޅުއްވަންޖެހޭނެ ރަތް ރޮނގެއް ކަމަށާއި އަދި އެކަން ރައީސް ކުރައްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 20 ނުކުތާގެ މައްޗަށް އެކުލެވޭ މި ޕްލޭނަކީ ތަފްޞީލީ، ފުރިހަމަ ޕްލޭނެއް ކަމަށާއި މި ޕްލޭނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޢުރީފުކޮށްފައިވާ ކަމަށެވެ.

މި ޕްލޭނުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ހަމާސްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި އިސްރާއީލުގެ ބެލުމުގެ ދަށުގައިވާ ފަލަސްޠީނު ގެ ގައިދީން ދޫކޮށްލުމާއި، ޣައްޒާ އިން އިސްރާއީލުގެ ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން ފަހަތަށް ޖެއްސުމާއި، ހަމާސް އިން ހަތިޔާރު ބެހެއްޓުމާއި، އަދި ބައިނަލްއަޤްވާމީ ފަރާތްތައް އެކުލެވޭ ގޮތައް އިންތިގާލީ ސަރުކާރެއް އުފެއްދުން ހިމެނެއެވެ.

މި 20 ނުކުތާގެ ތެރެއިން ގިނަ ކަންތައްތަކަކީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުންތަކެއްގައި ހިމެނިފައިވާ ކަންތައްތަކެކެވެ. މީގެ ތެރޭގައި އިސްރާއީލާއި ހަމާސް އިން އެކި މަރުހަލާތަކުގައި ޤަބޫލުކޮށް، އަދި ފަހުން ދެކޮޅުހަދާފައިވާ ކަންތައްތައްވެސް ހިމެނެއެވެ.

މަސްދަރު: ރޮއިޓަރސް/ބީބީސީ

އިސްރާއީލް-ހަމާސްޑޮނަލްޑް ޓްރަމްޕްޣައްޒާފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު