Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރަށް ތާއީދުނެތުން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

ލޫޓުވައިފި އެއްވުމަށް ގިނަ ރައްޔިތުން ބައިވެރިވާނެތީ ސަރުކާރުން އެއްވުން ހުއްޓުވަން މަސައްކަތް ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 06:53
ފަށާއިރު ޕްރޮގްރާމްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީ ނޫން ކަމަށާއި، ރައްޔިތުންގެ ތާއީދު ނެތް ކަމަށް އެނގޭތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ލޫޓުވައިފި އެއްވުމަށް އާއްމު ގިނަ ރައްޔިތުން ބައިވެރިވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށާއި، އެ މަންޒަރު ފެންނާނެތީ އެއްވުން ހުއްޓުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ. ސަރުކާރު ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީ ނޫން ކަމަށާއި، ރައްޔިތުންގެ ތާއީދު ނެތްކަން އެނގޭތީ ކަމަށެވެ.

އެއްވުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ އެބަޔާނަކީ ވެސް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ފުލުހުން ލައްވާ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ. މީގެ 30 އަހަރު ކުރިން ވެސް ކުރީގެ ރައީސް މައުމޫނު އަބްދުއްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާއަކާ ގުޅިގެން އެފަދަ ބަޔާނެއް ފުލުހުން ނެރުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަފާނެތީ ބިރަކުން ނޫން ސަރުކާރުން އުޅެނީއެއް އަޅުގަނޑު ދެކޭ ގޮތުގައި. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ބިރުން އުޅެނީ ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭ ސަރުކާރުގެ ބާރުވެރިކަން އޮތީމަ މީހުން މަޑުން ތިއްބަކަސް ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތްކަން. އެކަން އާމިރުމެން ތިކުރައްވާ ދަތުރުތަކުން ވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އަދި ދިމައެއް ނުވޭ ސީދާ ސަރުކާރުގެ ޕީއެންސީގެ އިސް މަގާމުތަކުގައި ތިބި މީހެއް ނޫނިއްޔާ މިސަރުކާރަށް ތާއިދެއް އޮތްތަން. އެހެންވީމަ ސަރުކާރުގެ ކަންބޮޑުން އޮތީ ސަރުކާރުން މިދައްކާ މަންޒަރަކީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިގެންނޭ. އަޅުގަނޑުމެން ނުކުމެ މި ވާހަކަ ދައްކަނީ ނޫނީ މީޑިއާއިން ދޮގު ވާހަކަ ދައްކަނީއޭ. އެހެންވީމަ ގިނަ މީހުންތަކެއް ފެނިއްޖެއްޔާ ސަރުކާރާ ދޭތެރޭގައި ހިތްހަމަ ނުޖެހުން އޮތްކަން މުޅި ރައްޔިތުންނަށް ފެންނާނެތީ އެކަން ހުއްޓުވަންވެގެން މީގައި ބިރުވެރި ކަންތައްތަކެއްގެ ވާހަކަ ދައްކަނީ
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ ލޫޓުވައިފި ނަމުގައި ނުކުންނަކީ ސަރުކާރު ވައްޓާލައި، މާލެތެރެ ހަލަބޮލި ކުރަން ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ލީޑަރުން ޖަލަށްލައި، ބިރު ދެއްކި ނަމަވެސް ރައްޔިތުންގެ ޝުއޫރު ނުހިފެހެއްޓޭނެ ކަމަށާއި، އެކަން މީގެކުރިން ވެސް ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން ނުކުންނަނީ ރައްޔިތުންނާއެކު، މުޒާހަރާއަށް ކަމަށާއި، އެ މުޒާހަރާގައި ކަންބޮޑުވުންތަކުގެ ވާހަކަތައް ދައްކައި، ޑިމާންޑް ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒުފައްޔާޒް އިސްމާއިލްއެމްޑީޕީލޫޓުވައިފި މުޒާހަރާފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު