Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސަރުކާރުގެ ހިޔާނަތް

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

ރައީސް މުއިއްޒާއި، ވަޒީރުންނަށް މާލީ ބަޔާން ހާމަކުރައްވަން ކެރިވަޑައިނުގަންނަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:38
ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ދަރުބާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ސަލާމްކުރައްވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ދަރުބާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ސަލާމްކުރައްވަނީ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ ކޮރަޕްޝަނާއި، ހިޔާނާތުގެ ވާހަކަތައް ދައްކަމުންދާއިރު، އެންމެ ފުރަތަމަ ފްރަންޓަށް ނުކުމެ، މާލީ ބަޔާންތައް ހާމަކުރަންވީ ސަރުކާރުގެ މަތިފަޑީގެ ބޭފުޅުންގެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓުގެ ވަޒީރުންނަށް އެމައުލޫމާތުތައް ހާމަކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އިބޫ ވަނީ މިސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެންސްޕާ ހިޔާނާތް، 55 ކައުންސިލެއް އިމާރާތް ކުރުމަށް ހިންގި ހިޔާނަތް ރައީސް އިބޫ ފާހަގަކުރެއްވިއެވެ.

ރައީސް އިބޫ ވިދާޅުވީ އެންސްޕާއިން ވެސް މިލިއަނުން ހަރަދުކޮށް، ޓީވީއެއް ހަދާފައިވާ ކަމަށާއި، އެޓީވީގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ. އަދި މިސަރުކާރުން 55 ކައުންސިލް އިމާރާތް ކުރުމަށް 600 މިލިއަން ރުފިޔާއަށް ބިޑް ކުރުމަކާ ނުލައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ދައުރުގައި ވެސް ކައުންސިލްތަކުގެ އިމާރާތްތައް އަޅާފައިވާކަން ފާހަގަކުރައްވައި ރައީސް އިބޫ ވިދާޅުވީ އެންމެ ގިނަވެގެން ވެސް ހަރަދުވެފައިވަނީ 5 ނުވަތަ 6 މިލިއަން ރުފިޔާ ކަމަށެވެ.

މިސާލަކަށް ވައްކަމުގެ ވާހަކަ ދައްކަން އެންސްޕާއިން 36 މިލިއަން ރުފިޔާ ނަގައިގެން ޓީވީއެއް ހަދައިގެން އޭގައި ތިބެގެން އެވާހަކަ ދެއްކީމަ ރަނގަޅެއް ނޫނެއްނުންތޯ. ރަނގަޅުތޯ އެވާހަކަ. މިއީ ކަންތައްތައް ހުރި ވަރަކީ އެނގޭތޯ. އަޅުގަނޑު މިއީ 1990ގެ ތެރޭގައި ފަސްޓް ޑިވިޝަންގެ ކުލަބެއް ހިންގަން އުޅުނު މީހެއް. ވަރަށް ކުރި. އޭރު ވެސް އަހަރެއްގެ މައްޗަށް 4 މިލިއަން 5 މިލިއަން ރުފިޔާ ކްލަބެއް ހިންގަން ހަރަދުވޭ. އަޅުގަނޑަށް އިހަށްދުވަހު މީގެ ދެދުވަސްކުރިން ނޫހަކުން މިފެނުނީ ރައީސް މުއިއްޒުގެ މަސްލަހަތު އޮންނަ އާއިލީ ކުންފުންޏަކުން ރާއްޖޭގެ ފަސްޓް ޑިވިޝަންގެ 4 ކްލަބު ސްޕޮންސަރ ކުރެއްވި ވާހަކަ. މިދަންނަވާހެން 6 މިލިއަންނާއި 10 މިލިއަންނާ ދޭތެރޭގައި އެއިން ކޮންމެ ކްލަބަކަށް ހަރަދުވާނެ. 28 އަކަށް 30 އަކަށް މިލިއަން ރުފިޔާ ހަރަދު ކުރައްވާ ވާހަކަ. ކިހިނެތްތޯ ބުއްދި ގަބޫލުކުރާނީ. މިއީ އަނެއްކާ ސައި ހޮޓަލަކުން ކަމަށްވަނީ. ފުރަތަމަ ފަށައިގެންއިރުގައި ޑްރޯންތަކެއް ގަތް ވާހަކަ. އޭރު ވިދާޅުވި ދައުލަތުގައި ލާރިއެއް ނެތޭ. ސަރުކާރުގައި ލާރިއެއް ނެތޭ. އެކަމާ ވެސް ވަރަށް ގިނަ ތުހުމަތުތައް ކުރި. ބަލަންޖެހިފައި ހުރިކަންތައް އެއީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރައީސް އިބޫ ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަނާއި، ހިޔާނާތް ލިސްޓު ކުރަން ވެއްޖެނަމަ ބައިވަރު ކަންކަން ފާހަގަކުރެވޭނެ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމަށް މިނިވަން މުއައްސަސާތައް ކޮޅަށް ތެދުވަން ޖެހޭ ކަމަށާއި، އޭސީސީން މިނިވަންކަމާއެކު މިމައްސަލަތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި އޮޑިޓަރ ޖެނަރަލް ހަށިފޮޅާލާފައި ނުކުމެ މިކަންތައްތައް ބެލުމަށް ރައީސް އިބޫ ގޮވާލެއްވިއެވެ.

އިބްރާހިމް މުހައްމަދު ސާލިހުމުޙައްމަދު މުއިއްޒުއެންސްޕާކޮރަޕްޝަން ފަށާއިރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު