Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ކޮންގްރެސް އަށް ބަޖެޓު ފާސް ނުކުރެވި، އެމެރިކާ ސަރުކާރު ހުއްޓުމަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސަރުކާރު ހުއްޓުމަށް ކުރިމަތިވި ޙާލަތުގެ ޒިންމާ ޑިމޮކްރަޓިކް ޕާޓީ އިން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެ، އެކަން އެ ޕާޓީގެ ބޮލުގައި އަޅުވައިފަ އެވެ. މި ހުއްޓުމުގެ ތެރޭގައި ޑިމޮކްރަޓިކް ޕާޓީ އިން އިސްކަން ދޭ ކަންތައްތަކަށް އަމާޒުކޮށް، ސަރުކާރުގެ ވަޒީފާ ތަކުން މުވައްޒަފުނ ދުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ސަރުކާރުގެ މަސައްކަތްތައް ވަނީ ބުދަ ދުވަހުގެ މެދުރޭ ފެށިގެން ވަގުތީގޮތުން ހުއްޓުމަކަށް އައިސްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 08:29
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް

އެމެރިކާގެ ކޮންގްރެސް އަށް ބަޖެޓު ފާސް ނުކުރެވި، އެ ޤައުމުގެ ސަރުކާރުގެ މަސައްކަތްތައް ހުއްްޓުމަކަށް އަތުވެއްޖެ އެވެ.

އެމެރިކާގެ ސަރުކާރުގެ ބައެއް ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައި ވަނީ، ބުދަ ދުވަހު ބަޖެޓު ފާސް ކުރުމަށް އޮތް ސުން ގަޑި ހަމަވީއިރު ވެސް ބަޖެޓު ފާސް ނުކުރެވުމުގެ ސަބަބުންނެވެ. މި ގޮތަށް ދިމާވެފައި ވަނީ ކޮންގްރެސްގައި ހިނގި ބަޖެޓާ ގުޅޭ މަޝްވަރާ ތަކުގައި ޑިމޮކްރަޓިކް ޕާޓީ އިން ޞިއްޙީ ޚިދުމަތްތަކަށް އިތުރު ފައިސާ ހޯދުމަށް ކުރި މަަސައްކަތާ ގުޅިގެންނެވެ.

މިއީ ގާތް ގަނޑަކަށް މީގެ ހަތް އަހަރު ކުރިން، އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުނު ހާދިސާ އަށް ފަހު، މި ފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ. އެފަަހަރު އެމެރިކާ ސަރުކާރުގެ ޚިދުމަތްތައް ހުއްޓިފައި އޮތީ 35 ދުވަހުގެ މުއްދަތަކަށެވެ. އެމެރިކާގެ ސަރުކާރު ހުއްޓުމަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން، ގިނަ އިދާރާތަކެއްގެ މަސައްކަތް ހުއްޓި، ސަތޭހަ ހާހަށް ވުރެ ގިނަ މުވައްޒަފުންނަށް އޭގެ އަސަރު ކުރާނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސަރުކާރު ހުއްޓުމަށް ކުރިމަތިވި ޙާލަތުގެ ޒިންމާ ޑިމޮކްރަޓިކް ޕާޓީ އިން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެ، އެކަން އެ ޕާޓީގެ ބޮލުގައި އަޅުވައިފަ އެވެ. މި ހުއްޓުމުގެ ތެރޭގައި ޑިމޮކްރަޓިކް ޕާޓީ އިން އިސްކަން ދޭ ކަންތައްތަކަށް އަމާޒުކޮށް، ސަރުކާރުގެ ވަޒީފާ ތަކުން މުވައްޒަފުނ ދުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ސެނެޓުގައި ބަޖެޓު ފާސް ކުރުމަށް ބޭނުން ވަނީ 60 މެމްބަރުންގެ ވޯޓެވެ. ނަމަވެސް، ރިބަޕްލިކަން ޕާޓީ އަށް ލިބިފައި ވަނީ 53 މެމްބަރުންގެ ވޯޓެވެ. ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އިން ހުށަހަޅާފައި އޮތީ ނޮވެމްބަރު މަހާ ހަމަ އަށް ބަޖެޓު އިތުރުކޮށް، އޭގެ ފަހުން ދިގު މުއްދަތުގެ ބަޖެޓަކަށް އެއްބަސްވުމަށެވެ.

އެހެން ނަމަވެސް، ޑިމޮކްރަޓުން ބޭނުން ވަނީ އޮބަމާކެއާގެ ދަށުން ދެވޭ ޞިއްޙީ އިންޝުއަރެންސް ޕްރޮގްރާމް އަށް ސަތޭކަ ބިލިއަން ޑޮލަރުގެ އިތުރު ފަންޑިން ހޯދުމަށެވެ. އެކި އެކި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ރާވާފައި އޮތީ އެ ޕްރޮގްރާމް އުވާލުމަށެވެ.

ބަޖެޓު ފާސް ނުކުރެވި އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައި ނަމަވެސް، މި ހުއްޓުވުމުގެ ސަބަބުން ޕޯސްޓަލް ސާވިސް، މިލިޓަރީ އަދި ސޯޝަލް ސެކިއުރިޓީ ފަދަ މުހިންމު ޚިދުމަތްތަކަށް އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ކޮންގްރެޝަނަލް ބަޖެޓު އޮފީހުގެ އަންދާޒާގައި، ގާތްގަނޑަކަށް 750،000 މުވައްޒަފުން ކޮންމެ ދުވަހަކު ގެއަށް ފޮނުވާލަން ޖެހިދާނެ ކަަމާއި، ހުއްޓުން ނިމެންދެން މުވައްޒަފުންގެ މުސާރަ ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާގެ ސަރުކާރަށް އައި މި ހުއްޓުން ކިހާ ދުވަހަކަށް ދެމިގެން ދާނެކަން މިވަގުތު ސާފެއް ނުވެ އެވެ. ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ މައުލޫމާތު ތަކަށް ބަލާއިރު، 1980 ވަނަ އަހަރުން ފެށިގެން 14 ފަހަރެއްގެ މަތިން ސަރުކާރުގެ ހިންގުން ހުއްޓިފައިވެ އެވެ. އޭގެ ތެރެއިން ގިނަ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ ވަރަށް މަދު ދުވަސް ކޮޅަކަށެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަަށް އައިސްފައި ވަނީ، 2018 ވަނަ އަހަރުގެ ފަހު ކޮޅާއި، 2019 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއީ ގާތް ގަނޑަކަށް 34 ދުވަހުގެ މުއްދަތަކަށެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާގެ ސަރުކާރުޑިމޮކްރެޓް-ރިޕަބްލިކަންކޮންގްރެސްސަރުކާރު ބަންދުވުންއެމެރިކާޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު