Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސަރުކާރު ހުއްޓިދާނެ ކަމުގެ ބިރާއެކު، ކޮންގްރެސްގެ ލީޑަރުންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

މި ބައްދަލުވުން ބާއްވަން ޓްރަމްޕް ނިންމަވާފައި ވަނީ، ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާގެ ބިލާ މެދު، ޑިމޮކްޓަރަޓުންނާއި، ރިޕަބްލިކަނުން ދެބަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސަރުކާރު ހިންގުމަށް ރިޕަބްލިކަން އިން ހުށަހެޅު ވަގުތީ ބިލު، މި މަހުގެ ކުރީ ކޮޅު ޑިމޮކްރަޓުން ވަނީ ބޭރު ކޮށްލައިފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސަރުކާރު ބަންދުވުމުގެ ބިރު އޮތް ދަނޑިވަޅެއްގައި ކޮންގްރެސްގެ އިސް ރިޕަބްލިކަން އަދި ޑިމޮކްރެޓިކް މެންބަރުންނާ ބައްދަލުކުރަން ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 07:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރިޕަބްލިކަން ޕާޓީ އާއި ޑިކޮމްރަޓިކް ޕާޓީގެ ލީޑަރުންނާ ބައްދަލު ކުރައްވަން، އެމެރިކާގެ ރައީސް ޑޮނަލްޑްް ޓްރަމްޕް ނިންމަވައިފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހުގެ ވަގުތެއްގައި ކޮންގްރެސްގެ ލީޑަރުންނާ ޓްރަމްޕް ބައްދަލު ކުރައްވާނެ އެވެ. ރިޕަބްލިކަން ޕާޓީ އާއި، ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުންނާ ޓްރަމްޕް ބައްދަލު ކުރައް ވަނީ، ބުދަ ދުވަހުން ފެށިގެން ސަރުކާރުގެ ބައެއް އިދާރާތައް ބަންދުވުމުގެ ބިރު އޮތްް ދަނޑިވަޅެއްގަ އެވެ.

މި ބައްދަލުވުން ބާއްވަން ޓްރަމްޕް ނިންމަވާފައި ވަނީ، ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާގެ ބިލާ މެދު، ޑިމޮކްޓަރަޓުންނާއި، ރިޕަބްލިކަނުން ދެބަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސަރުކާރު ހިންގުމަށް ރިޕަބްލިކަން އިން ހުށަހެޅު ވަގުތީ ބިލު، މި މަހުގެ ކުރީ ކޮޅު ޑިމޮކްރަޓުން ވަނީ ބޭރު ކޮށްލައިފަ އެވެ.

ޑިމޮކްރަޓުން ބުނާ ގޮތުގައި ސަރުކާރު ހިންގުމަށް ފާސް ކުރާ ބިލުގައި ޞިއްޙީ ޚިދުމަތްތައް ފުޅާ ކުރުމަށް ކަނޑައަޅާ މާއްދާ ތަކެއް ހިމަނަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ "ވަން ބިގް ބިއުޓިފުލް ބޮލި" އެކްޓުގެ ދަށުން މެޑިކެއިޑް އުނި ކުރުންތައް އަނބުރާ ރުޖޫއަ ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް، އެކަމާ ގުޅިގެން ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަނުން ބުނެފައި ވަނީ، ޞިއްޙީ ޚިދުމަތްތަކާ ގުޅޭ ކަންކަން ވަކިން މަޝްވަރާކޮށް، އެކަންކަމަށް ވަކި ބިލެއް ފާސް ކުރަން ޖެހޭ ކަމަށެވެ.

ސެނެޓުގެ ރިޕަބްލިކަން މެޖޯރިޓީ ލީޑަރު ޖޯން ތޫން އެންބީސީ ނިއުސް އަށް ވިދާޅުވެފައި ވަނީ، މިހާރު ސެނެޓުގައި އޮތް ބިލު މިއަދު މިއަދަށް ވެސް ފާސް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، ޑިމޮކްރަޓިކް ޕާޓީގެ މައިނޯރިޓީ ލީޑަރު ޗަކް ޝުމާ ވިދާޅުވެފައި ވަނީ އެ ބައްދަލުވުމަކީ މައްސަލަ ހައްލު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ޝުމާ ވިދާޅުވީ އެ މީހުން ބޭން ވަނީ ސީރިއަސް މަޝްވަރާއެއް ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސް ޓްރަމްޕް، ޑިމޮކްރަޓުންނާ ދިމާލަށް ހަޅޭ ލަަަވައި، އެ މީހުންނަށް ތުހުމަތު ކުރައްވަން ފައްޓަވައިފި ނަަމަ، އެ މީހުންނަށް އެކަމުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އައިސްފި ނަމަ، މިވަގުތު މުވައްޒަފުންނަށް މުސާރަ ނުދެވޭނެ އެވެ. އެހެން ނަމަވެސް، އެކަން ހައްލުވުމާ އެކު ފަހުން އެ މުސާރަ ލިބޭނެ އެވެ. އަދި ކޮންމެެހެން މުހިންމު މުވައްޒަފުން ނޫން އެހެން މުވައްޒަފުން، ވަގުތީ ގޮތުން ވަޒީފާ އިން ދުރު ކުރެވޭނެ އެވެ.

ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ މައުލޫމާތު ތަކަށް ބަލާއިރު، 1980 ވަނަ އަހަރުން ފެށިގެން 14 ފަހަރެއްގެ މަތިން ސަރުކާރުގެ ހިންގުން ހުއްޓިފައިވެ އެވެ. އޭގެ ތެރެއިން ގިނަ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ ވަރަށް މަދު ދުވަސް ކޮޅަކަށެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަަށް އައިސްފައި ވަނީ، 2018 ވަނަ އަހަރުގެ ފަހު ކޮޅާއި، 2019 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއީ ގާތް ގަނޑަކަށް 34 ދުވަހުގެ މުއްދަތަކަށެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޑިމޮކްރެޓް-ރިޕަބްލިކަންއެމެރިކާގެ ސަރުކާރުޗަކް ޝުމާޖޯން ތޫންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު