Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި

ރާއްޖޭގެ ހުރިހާ ބާރެއްގެ މިލްކުވެރި ފަރާތަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒެވެ. ވެރިކަން ހިންގަވަނީ ރައީސް މުއިއްޒެވެ. ގާނޫނު ހަދަނީ ވެސް އެމަނިކުފާނެވެ. އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 14:25
ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި

ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި

ގާނޫނު އަސާސީގައި ލިޔެވިފައި އޮތް ނަމަވެސް މިއަދު ދިވެހިރާއްޖޭގައި އޮތީކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ނޫނެވެ. ދިވެހިރާއްޖޭގެ މިއަދުގެ ހަގީގަތަކީ ވެރިކަން ހިންގުމުގެ ބާރާއި އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮތީ ވެސް އެކެއްގެ އަތް މަތީގައި ކަމެވެ.

ރާއްޖޭގެ ހުރިހާ ބާރެއްގެ މިލްކުވެރި ފަރާތަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒެވެ. ވެރިކަން ހިންގަވަނީ ރައީސް މުއިއްޒެވެ. ގާނޫނު ހަދަނީ ވެސް އެމަނިކުފާނެވެ. އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮއްވައި، ސުޕްރީމް ކޯޓު ހުއްޓުވާލައި، ފަނޑިޔާރުންތަކެއް ވަކިކޮށްލި މި ދުވަސް ތާރީހުގައި ލިޔެވޭނީ ކަޅު، އަނދިރި ދުވަހެއްގެ ގޮތުގަ އެވެ.

މެއި 14، 2025، އަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ މަރުވި ދުވަހެވެ. އޭގެ ބަދަލުގައި އުފަންވީ ޑިކްޓޭޓާޝިޕެކެވެ. ބާރުގަދަ ވެރިއެކެވެ. ވެރި މީހާ ދެއްވީމާ މެނުވީ ހައްގުތައް ނުލިބޭ ދުވަސްތައް އަލުން އިއާދަވީ އެވެ. ޑިމޮކްރަސީ ހޯދަން އަނެއްކާ ވެސް ދިވެހިން މަސައްކަތް ކުރަން ޖެހުނީ އެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި މިނިވަންކަން ގެއްލިއްޖެ އެވެ.

ވެރިކަމަށް ދެ އަހަރުވާއިރު ނުހައްގުން އެމީހަކަށް ކެވުނު ވަރަކަށް ކެވުނު ގޮތަކަށް ކާން ފަށައިފި އެވެ. ވޭތުވެދިޔަ ދުވަސްތަކަށް ބަލައިލިޔަސް އެކަން އޮތީ އެގޮތަށެވެ. ހިލޭ ދިން ރޯހައުސްތަކާއި ފެނަކައިން ކުރާ ވައްކަންތަކާއި އެޗްޑީސީގެ ވެރިން ކުރި ވައްކަންތަކާއި ސަރުކާރުގެ އެތެރެއިން ވެރި މީހާ ބުނެގެން ކުރިކަންކަން ވެސް މަދެއް ނޫނެވެ. ވައްކަމުގެ ވާހަކަ ދައްކަންޔާ ވާނީ ހަމަ ދައްކާހާ އެވެ.

ސަރުކާރު ބަންދު ދުވަހެއްގައި ދަންވަރުގެ ވަގުތު ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަވި ވައްކަންތަކުގެ ވާހަކަ ދައްކަން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ގެންދިޔައީ އެއްކަލަ ބާރަށު ދާއިރާގެ ސުޖާއު އެވެ. ބެސްފަރުވާގެ ކަންކަމުގެ ވާހަކަ ދައްކަން މޮޅުވާނީ ޑޮކްޓަރެއްތާއެވެ.

ދައުލަތުގެ މާލީ ހާލަތު މިވަގުތު އޮތީ ނުރައްކާތެރި ހިސާބެއްގައެވެ. ސަރުކާރު އޮތީ ދަރަނިން ބަރާވެފަ އެވެ. އަނެއްކޮޅުން ޑީފޯލްޓްވުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ. މި ހާލަތުގައި ވެސް ދައުލަތުގެ ހަރަދުތައް އެއްވެސް ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާއިރު، ސަރުކާރުން އަމިއްލައަށް އެކުލަވާލި "ހޯމް ގްރޯން ރިފޯމް" އެޖެންޑާ ވެސް މިހާރު ވަނީ އެއްފަރާތްކޮށްލާފައެވެ.

ވެރިކަމާ ހަވާލުވުމުގެ ކުރިން ސަރުކާރުން ދެއްކި ވާހަކަތަކުގައި ބޮޑަށް އަލިއަޅުވާލީ ހަރަދު ކުޑަކުރުމުގެ މުހިންމުކަމަށެވެ. ސިޔާސީ މަގާމުތަކާއި ސަބްސިޑީތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ކުރާ ބޭކާރު ހަރަދުތައް ހުއްޓާލަން ޖެހޭ ކަމަށް ވެސް މި ސަރުކާރުން ދެއްކީ މަދެއްކޮށް ނޫނެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު މި ވަޢުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ހާސިލުވެފައެއް ނުވެއެވެ.

ސަރުކާރުން ވެރިކަމާ ހަވާލުވީ، ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަކާ އެކުގައެވެ. ވެރިކަމާ ހަވާލުވުމުގެ ކުރިން އެ ބަޖެޓާ މެދު ރުހުނެވެ. އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ މާލީ ރިފޯމް އެޖެންޑާ ތަންފީޒުކުރާނީ "އެންމެ ރަނގަޅު ވަގުތު" ގައި ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ ކުންފުނިތައް ރިފޯމްކުރުމާއި، އާސަންދައިގެ ލީކްތައް ބަންދުކުރުމާއި، ސަބްސިޑީ ނިޒާމު ޓާގެޓެޑް ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ.

އަހަރު ނިމެން ކައިރިވަމުން ދިޔައިރު، ސަރުކާރުގެ ރާގު ބަދަލުވާން ފެށިއެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅޭނެ ކަމަށް ބުނަން ފެށިއެވެ. ބަހަނާއަކަށް ދެއްކީ ކުރީ ސަރުކާރުން ބަޖެޓުގައި ސިޔާސަތުތައް ހިމަނާފައި އޮތަސް، އެކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނެތް ކަމަށެވެ.

ސަަރުކާރުން ހަރަދުތައް ކުޑަކުރުމުގައި ފަސްޖެހިގެން ތިއްބައި، މޫޑީސް އާއި ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި އެވެ. އެ ތަންތަނުން ބުނީ ރާއްޖެ ޑީފޯލްޓް ވެދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑު ކަމަށެވެ. މިއީވެސް މިސަރުކާރު އައިފަހުން ދެވެހިންނަށް ދިން ލަނޑެކެވެ.

ހުރިހާކަމެއް މިދަނީ ގޯހުން ގޯހަށެވެ. އޮބި އަޅައިގެންވެސް ހައްލުވާނީ ބައެއް ކަންކަމެވެ. ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށް ސެލެކްޓިވް ޖަސްޓިސް ހިންގަން ފެށި އެވެ. ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދޭހަވާ ގޮތައް އެކި ސިޔާސީ މެހެފިލްތަކުގައި ގޮވާން ފެށި އެވެ. ރައްޔިތުން ކިތަންމެ ފެލުނަސް ދެން ވެރިމީހާ ބަދަލު ނުވާނެ ކަމަށް ބުނަން ފެށި އެވެ. އަދި ގާނޫނޫ އިސްލާހުކޮށް ވެރިކަން ދަންމާލަން އުޅޭ ކަމުގެ އަޑު ރަށު ތެރޭގައި ގަދަ ވި އެވެ.

ކްރިމިނަލް ކޯޓްޑރ. މުހައްމަދު މުއިއްޒުސަރުކާރުގެ އޮފީސްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު