Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަންގެ މައްސަލަތައް

މި ސަރުކާރުން ގާނޫނާއި ގަވާއިދު ބަދަލުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ދޮރުތައް ދަނީ ހުޅުވަމުން: ޑރ.ޑީޑީ

މިހާތަނަށް ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ރައީސް މުއިއްޒު ނުފުއްދަވާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 07:15
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ނުކުރި ނަމަވެސް ގާނޫނާއި ގަވާއިދު ބަދަލުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ދޮރުތައް ހުޅުވަަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ޑީޑީ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ރައްޔިތުން ވޯޓު ދީ ވެރިކަން ހަވާލުކުރީ ގިނަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންކަން ހައްލު ކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި ގައުމު ރަނގަޅު ރަނގަޅު މިސްރާބަށް ގެންދިއުމުގައި އަމާޒުގައި ކަމަށެވެ.

Advertisement - newsAdvertisement

ޑރ.ޑީޑީ ވިދާޅުވީ އެދުވަސްވަރު ރައީސް މުއިއްޒު ވެސް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވި ކަމަށާއި، އެ ވައުދުތައް ފުއްދަވާނެ ކަމަށް ރައްޔިތުން ގަބޫލުކުރި ކަމަށެވެ. ނަމަވެސް މިހާރު ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް އެއްވެސް އިހުތިރާމެއް ނެތްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރަށް ދެއަހަރުވާން ކައިރިވެފައިވާއިރު، ހއ.ތުރާކުނުން އައްޑޫ ސިޓީއާ ހިސާބަށް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދި މިހާތަނަށް ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް އެމަނިކުފާނު ނުފުއްދަވާ ކަމަށާއި، ރަށްރަށަށް ވަޑައިގަންނަވައި ވައުދުތައް ތަކުރާރު ކުރައްވާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށް ވެސް ނުލިބޭ ކަމަށެވެ. އަދި ގައުމުގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް މިސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ގާނޫނާ ގަވާއިދު ބަދަލުކޮށް އެކި ދިމަދިމާލުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޮރުތައް ހުޅުވަމުންދާ ކަމަށާއި، އެމަންޒަރު ފެންނަ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އަނެއްކާ ވެސް ހަމަ އާދައިގެ ބަހުން ދަންނަވާ ކަމަށް ވަންޏާ ކޮންމެ ރަށަކަށް ވަޑައިގެން ހަމަ ކަޑަ ޖައްސަވަމުން އެ ގެންދަވަނީ. ބައެއް ރަށްރަށަށް މިދިޔަ އަހަރު ވަޑައިގެންނެވި ރަށްރަށަށް ވަޑައިގެންފައި ވިދާޅުވެފައި އޮތީ މިއަހަރު މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް. މިއަހަރު ވަޑައިގެންފައި އެ ވިދާޅުވަނީ މިއަންނަ އަހަރު ފެށިގެން ކުރިއަށްދާނެ ކަމަށް. އެހެންވީމަ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަފުޅުތަކެއް ދައްކަވަމުން އެގެންދަވަނީ. ރައްޔިތުންގެ އިތުބާރު މިއަދު ސަރުކާރަށް ގެއްލިއްޖެ. ރައްޔިތުންނަށް ވެފައި ހުރި އެއްވެސް ވައުދެއް ފުއްދޭ މަންޒަރެއް ނުފެނޭ. އަދި އޭގެ އިތުރުން ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ ކަންތައްތައް ހުއްޓުވުމުގެ އެއްވެސް މަސައްކަތެއް ކުރައްވާ މަންޒަރެއް ވެސް ނުފެނޭ. އޭގެ އިތުރުން ދިމާ އިދިކޮޅަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ދޮރުތައް އެ ހުޅުވާ އެ ކަންތައްތަކަށް މަގުފަހި ކުރުވާ މަންޒަރު މިފެނިގެންދަނީ އެނގޭތޯ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް އިޝާރާތް ކުރައްވައި ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރުން އެބިލު ފާސްކޮށް، މީޑީއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަނީ ވެސް ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ސިއްރު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެއީ މިހާތަނަށް މިސަރުކާރުގެ ބޮޑެތި ކޮރަޕްޝަންތައް ކަމަށްވާ އެޗްޑީސީގެ ގޯތީގެ ވައްކަންފަދަ ބޮޑެތި މައްސަލަތައް ރިޕޯޓުކޮށްފައިވަނީ މީޑިއާތަކުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުޑރ. އިބްރާހިމް ދީދީއެމްޑީޕީކޮރަޕްޝަން ތަރައްގީގެ މަޝްރޫއުރައްޔިތުންގެ ހިދުމަތްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު