Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ އޮޑިޓް

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

ބިޑު ކުރުމުގެ އާންމު އުސޫލުތަކާ ހިލާފަށް ސަލާހު ޝަރީފުގެ ހިއްސާ އޮންނަ ކެންގޯ ޕްރައިވެޓް ލިމިޓެޑާއެކު ފެނަކައިން 8 އެއްބަސްވުމެއްގައި ސޮއިކޮށްފަވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 12:53
ރައީސް މުއިއްޒު އަދި މިފްކޯގެ ބޯޑު މެންބަރު ސަލާހު

ރައީސް މުއިއްޒު އަދި މިފްކޯގެ ބޯޑު މެންބަރު ސަލާހު

ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެންބަރު ސަލާހު ޝަރީފުގެ ކުންފުންޏަކަށް ފެނަކަ ކޯޕަރޭޝަނުން އާންމު ބީލަމުގެ އުސޫލުތަކާ ހިލާފަށް 19 މިލިއަން ރުފިޔާގެ މަސައްކަތް ދީފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ހުކުރުވިލޭރޭ އާންމުކުރި 97 ސަފްހާގެ މި ރިޕޯޓުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައަށް ބޭނުންވާ މުދަލާއި، ޚިދުމަތް ހޯދުމުގައި އަމަލު ކޮށްފައިވާ ގޮތާއި، ކޮށްފައިވާ ޚަރަދުގެ ތަފްސީލާއި، ކުންފުނީގެ މާލީ ހާލަތާއި ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލާއި، ކުންފުނިން ދަރަނި މެނޭޖުކޮށްފައިވާ ގޮތާއި، ޕްރޮކިއުމެންޓް އުސޫލުތަކަށް ތަފުސީލީ ގޮތެއްގައި ބަލާފައިވާނޭކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މުއްދަތުގައި ކުންފުނިން މުދަލާއި ހިދުމަތް ހޯދުމަށް 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި އެވަގުތަށް މުހިންމު ނޫން ގިނަ ކެޕިޓަލް މަސައްކަތްތަކަށް ޒިންމާދާރުކަމެއްނެތި ހަރަދުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން، ބިޑު ކުރުމުގެ އާންމު އުސޫލުތަކާ ހިލާފަށް ސަލާހު ޝަރީފުގެ ހިއްސާ އޮންނަ ކެންގޯ ޕްރައިވެޓް ލިމިޓެޑާއެކު ފެނަކައިން 8 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 19,456,100 ރުފިޔާއެވެ.

ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި ސަލާހުގެ އިތުރުން ކެންގޯ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރުމަށްފަހު ޖެހިގެން އައި މަހު އަލުން މަގާމު ދިން ތިން ޖެނެރަލް މެނޭޖަރުންގެ ތެރޭގައި ހިމެނޭ އައިމިނަތު ސަނިއްޔާ ޝަރީފު ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަލާހަކީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް މިލިއަނުން ހަރަދުކުރި ފަރާތެއް ކަމެވެ. އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ކެމްޕޭނުގެ މާލީ ބަޔާނުން އެނގޭގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ސަލާހު ވަނީ ޕީއެންސީގެ ރިޔާސީ ކެމްޕޭނަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި ފައިސާ ހަރަދުކޮށްފައިވަނީ ރައީސް މުއިއްޒުގެ ކެމްޕޭނު ދަތުރުތަކާއި، ހުރުމާއި، ކެއުމުގެ ހަރަދުގެ އިތުރުން ކެމްޕޭން މެޓީރިއަލްސް ހެދުމަށްކަމަށް މާލީ ބަޔާނުގައި ވެއެވެ. އޭގެ ތިން މަސް ފަހުން، 12 ޑިސެމްބަރު 2023 ގައި ރައީސް މުއިއްޒުވަނީ ސަލާހު މިފްކޯގެ ބޯޑަށް އައްޔަންކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަންރައީސް މުއިއްޒުފަލާހް ޝަރީފްމިފްކޯއޮޑިޓަރ ޖެނެރަލްޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު