Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

އދ ގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ވަފުދުތައް ނުކުމެގެން ހިނގައްޖެ

ނަތަންޔާހޫ އަކީ ޣައްޒާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އޭނާ އަމުރުކޮށްގެން ހިންގާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ދުވަހެއް ދުވަހަކަށް އެކަހެރިވަމުންދާ ވެރިއެއް. އޭނާ ވަނީ ފަލަސްޠީނުގެ ބަލައިގަންނަ ގައުމުތަކަށާއި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވާތީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މައްޗަށް ހަރުކަށި ޢިބާރާތުން ފާޑުކިޔާފައި.

ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 16:57
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަން ފެށުމުން ވަފުދުތައް މާލަން ދޫކޮށް ނުކުންނަނީ - 26 ސެޕްޓެމްބަރު 2025

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަން ފެށުމުން ވަފުދުތައް މާލަން ދޫކޮށް ނުކުންނަނީ - 26 ސެޕްޓެމްބަރު 2025

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހާ މުޚާޠަބު ކުރުމަށް ތެދުވުމާ އެކު ޖަލްސާގައި ހާޒިރުވެ ތިބި ވަފުދުތަކުގެ ތެރެއިން ގިނަ ބަޔަކު ނުކުމެގެން ހިނގައްޖެއެވެ.

ހުކުރު ދުވަހު އދ. ގެ އާންމު މަޖިލީހުން ކުއްލިއަކަށް ގިނަ އަދަދެއްގެ މަންދޫބުން މާލަން ދޫކޮށް ނުކުންނަން ފެށުމުން ނަތަންޔާހޫގެ މޫނުމަތިން ނުތަނަވަސްކަން ފެނުކަން ފާހަގަ ކުރެވުނެއެވެ.

ބައެއް ފަރާތްތަކުން މާލަމުން ނުކުމެގެން ދަމުން ނުރުހުމުގެ ޝުއޫރުތައް ފާޅު ކުރަމުން ގެންދިއުމުގެ ސަބަބުން މާލަމުގެ އިންތިޒާމު ގެއްލި ރިޔާސަތުން އިންތިޒާމު ވުމަށް ގޮވާލިކަން ވެސް ފާހަގަ ކުރެވުނެވެ.

ނަތަންޔާހޫ އަކީ ޣައްޒާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އޭނާ އަމުރުކޮށްގެން ހިންގާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެކަހެރިވަމުންދާ ވެރިއެކެވެ. އޭނާ ވަނީ ފަލަސްޠީނުގެ ބަލައިގަންނަ ގައުމުތަކަށާއި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވާތީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މައްޗަށް ހަރުކަށި ޢިބާރާތުން ފާޑުކިޔާފައެވެ.

މި ހަފްތާގެ ކުރީކޮޅު، ފްރާންސް އާއި އެތައް ޔޫރަޕުގެ ޤައުމުތަކަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތެވެ. މިކަމާ ވެސް ނަތަންޔާހޫ ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

އޭނާގެ ވާހަކައިގައި، ނަތަންޔާހޫ ބުނީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ދައުލަތެއް އޮތުމަށް ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް މި ހަފްތާގައި ޕެލަސްޓައިން އޮތޯރިޓީން ވަނީ ކުރިން އިސްރާއީލު ދައުލަތް ބަލައިގަތްކަން ދުނިޔެއަށް އަލުން ހަނދާންކޮށްދީފައެވެ.

ބެންޖަމިން ނަތަންޔާހޫއިޒްރޭލް-ފަލަސްޠީންއދޣައްޒާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު