Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަޙްމޫދު އައްބާސް

ޔޫއެން ތަގުރީރުގައި މަހްމޫދު އައްބާސް ގެ ކޯޓުގައި ޖައްސަވާފައިވާ ޕިން އެއްގެ ސަބަބުން އިސްރާއީލު ރުޅިގަދަ ވެއްޖެ

ތަޅުދަނޑި އަކީ ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދިޔުމުގެ ޙައްޤުގެ ނިޝާނެއް ކަމުގައިވީ ނަމަވެސް، އިސްރާއީލުން ދެކެނީ އެއީ އިސްރާއީލު ފުހެލުމުގެ ނިޝާނެއްގެ ގޮތުގައެވެ.

ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 09:05
ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް

ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް

އދ. ގެ އާންމު މަޖިލީހުގެ ހަވާސާ ގައި ބޭއްވުނު ޖަލްސާއެއްގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ތަޤްރީރު ކުރެއްވި އިރު އޭނާ ތުރުކުރައްވައިގެން ހުންނެވި ކޯޓުގައި ޖައްސަވާފައިވާ ތަޅުދަނޑިއެއްގެ ބައްޓަމުގައި އިން ޕިން އަކާ ހެދި އިސްރާއީލުން ރުޅި ގަދަ ވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ތަޅުދަނޑި ރަމްޒު ކޮށްދެނީ 1948 ގައި ހިނގި އެމީހުންގެ ގެދޮރުން ނެރެ ބޭރު ކުރެވުނު ހިތްދަތި ހާދިސާގެ ނިޝާނެކެވެ. އަދި އެމީހުންގެ ބިންތަކަށް "އަނބުރާ ދިޔުމުގެ ޙައްޤު" އޮތް ކަމަށް ދޭހަކޮށްދޭ ނިޝާނެކެވެ.

ނަމަވެސް އިސްރާއީލުން ބުނާގޮތުގައި ތަޅުދަނޑި ރަމްޒު ކޮށްދެނީ "އެއްވެސް ޝައްކެއްނެތް" ގޮތުގައި އިސްރާއީލު ފުހެލުމުގެ ނިޝާނެއްގެ ގޮތުގައެވެ.

ތަޅުދަނޑީގެ މި ނިޝާނަކީ ގަދަކަމުން އެތައް ހާސް ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ނެރެ ބޭރު ކޮށްލިި އިރު އެމީހުންގެ އަތުގައި އެމީހުންގެ ގޭގެ ތަޅުދަނޑި އޮތް ކަމަށާއި، އަދި އެމީހުންގެ ގެތައް އެމީހުންގެ ބިމުގައި ހުންނާނެ ކަމުގެ އުންމީދުގައި ތިބި ހުރިހާ ފަލަސްތީނު ރައްޔިތުންނަށް ކުރެވޭ އިޙްތިރާމެއްގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެކެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން އެކްސްގައި ޕޯސްޓްކޮށްފައިވަނީ މަހްމޫދު އައްބާސް ގެ މި އަމަލަކީ "އިސްރާއީލު ނައްތާލުމުގެ އެދޭ އެދުމެއް" ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންނަށް އަރަބި ޤައުމުތަކުން އެމީހުންނަށް ރައްޔިތުކަން ދިނުމަށް ގޮވާލާފައިވެއެވެ. މިއީ ފަލަސްތީނުގެ ރެފިއުޖީން އަނބުރާ އެމީހުންގެ ވަޒަނަށް ދިޔުމުގެ ޙައްޤަށް އިސްރާއީލުން ދެކޮޅުހަދާކަން ދައްކުވައިދޭ ކަމެކެވެ.

ބުރާސްފަތި ދުވަހު ދެއްވި ރެކޯޑް ކޮށްފައިވާ ތަގުރީރުގައި، އައްބާސް ގޮވާލައްވާފައިވަނީ ޙަމާސް އިން ހަތިޔާރު ބެހެއްޓުމަށާއި، މިހާރު ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، އިސްރާއީލާއި ފަލަސްތީނު އެކުއެކީގައި ދެމިއޮތުމަށްޓަކައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމު ކުރުމަށެވެ.

އެމެރިކާ އިން ވަނީ އައްބާސް އދ ގެ އާންމު މަޖިލީހުގެ ޖަލްސާ ގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގަތުމަށް ބޭނުންވާ ވިސާ ނުދީފައެވެ.

މަޙްމޫދު އައްބާސްއިޒްރޭލް-ފަލަސްޠީންފަލަސްތީނު ރެފިއުޖީން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު