Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއައްސަސާތައް ބަލިކަށިވުން

ފާއިތުވި އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ ފާރަވެރިވުމުގެ ނިޒާމު ވަނީ ކަންބޮޑުވާ މިންވަރަށް ބަލިކަށިވެފައި ކަމަށް އދ އިން ބުނެފި

މީޑިއާ ކޮންޓްރޯލު ކުރަން ސަރުކާރުން ގާނޫނެއް ހެދީ ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު ކަންބޮޑުވާ މިންވަރަށް ބަލިކަށިވެފައި ވަނިކޮށް

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 17:10
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަސްދީގު ކުރެއްވީ 2025 ސެޕްޓެމްބަރު 18 ވަނަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަސްދީގު ކުރެއްވީ 2025 ސެޕްޓެމްބަރު 18 ވަނަ ދުވަހު

ފާއިތުވި އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ ފާރަވެރިވުމުގެ ނިޒާމު ވަނީ ކަންބޮޑުވާ މިންވަރަށް ބަލިކަށިވެފައި ކަމަށް އދ. އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މި ކަންބޮޑުވުން ފާޅު ކުރީ ސެޕްޓެމްބަރު 18 ގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އާ މީޑިއާ ގާނޫނަކީ، އެ ގާނޫނު އަނބުރާ ނުގެންގޮސްފިނަމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ގާނޫނެއް ކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އދ. އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ މި އާ ގާނޫނު އައިސްފައި ވަނީ ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މުއައްސަސާތަކުގެ "ޗެކް އެންޑް ބެލެންސް" ނިޒާމަށް ކަންބޮޑުވާ މިންވަރަކަށް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައި ކަމުގައެވެ.

އދ. އިން މިކަން ފާހަގަ ކޮށްފައިވާއިރު، ރައީސް މުއިއްޒު ވަނީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު ކަމާ މެދު ސުވާލު އުފެދޭ ގޮތައް ގާނޫނަށް ބަދަލުތައް ގެނެސް، އެ ބަދަލުތައް ތަންފީޒު ކުރަން ފަށާފައެވެ. އެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި އިލެކްޝަންސް ކޮމިޝަން (އީ.ސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރަމުން އައި އުސޫލަށް ސަރުކާރުން ހުށަހަޅައިގެން ވަނީ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސްފައެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭ.ސީ.ސީގެ އަދި އީ.ސީގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު އެ ކޮމިޝަންތަކުގެ މެންބަރުންގެ ތެރެއިން ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބިގެންވެއެވެ.

އޭގެ އިތުރުން ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ސަރުކާރު ޖަވާބުދާރީ ކުރުމުގައި ނުކުޅެދިފައިވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ބުރާސްފަތި ދުވަހު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު ވޮލްކަރ ޓާކް، ވަނީ އަލަށް އެކުލަވާލި މީޑިއާ ރެގިއުލޭޓު ކުރުމުގެ ގާނޫނަކީ ރާއްޖެ އިން އަމަލު ކުރަންޖެހޭ ބައިނަލް އަގްވާމީ އިންސާނީ އަދި މަދަނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ޚިލާފު ގާނޫނެއް ކަމަށް ވިދާޅުވެ، އެ ގާނޫނު އުވާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ރައީސް މުއިއްޒުމީޑިއާ ޤާނޫނުއދއޭސީސީއިލެކްޝަންސް ކޮމިޝަންވޮލްކަރ ޓޫކް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު